ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 17:46
ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ
ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ރައީސް ނަޝީދުގެ ވާހަކަފުޅު
ރާއްޖޭގެ ތަރައްގީގެ ނާރެހަކީ އާއިލާ: ރައީސް ނަޝީދު
ތަރައްގީއަކީ މާ ދުރުގައި ތަރައްގީ ކުރާ އެސްއީޒެޑް ޒޯނެއް ނޫން
ތަރައްގީއަކީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ

ރާއްޖޭގެ ތަރައްގީގެ ނާރެހަކީ އާއިލާ ކަމަށާއި ރައްޔިތަކަށް އޭނާގެ އާއިލާއާ އެކު ތަނަވަސް ދިރިއުޅުމެއް އުޅުމަށްޓަކައި އެ އާއިލާތަކުގެ ޖީބަށް ވަންނަ ފައިސާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދެ އަހަރާއި ނުވަ މަސް ފަހުން ރާއްޖެވަޑައިގެން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވެ ތިބި އެތައް ހާސް ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ފަހިކޮށްދިނުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

"....ތިމަންނާ މެންނަކީ ތިމަންނާ މެންގެ އަމިއްލަ ގެދޮރުގައި ރަނގަޅު ވަޒީފާއެއް އަދާކޮށް، ތަނަވަސް އާމްދަނީއެއް ލިބި، ފަހުރުވެރިކަމާ އެކީގައި ދިރިއުޅޭ ފަހުރުވެރި ދިރިއުޅުމަކީ އާއިލާއެކޭ ބުނެވޭނެ ހައްގު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ތަރައްގީއަކީ މާދުރުތަނެއްގައި ހަދާފައި އޮންނަ އެސްއީޒެޑް ޒޯނެއް ނޫން ކަމަށާއި ތަރައްގީއަކީ ރައްޔިތުންނަށް އަންނަ ކުރިއެރުން ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާނީ އެކަންކަން ހާސިލު ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން އަމާނާތްތެރިކަމާ އެކު ކޮށްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނޭވާ ހިނގާހާ ހިނދަކު، ހިތުގާ ވިއްދު ހިނގާހާ ހިނދަކު، މި މަސައްކަތް ހުއްޓާ ނުލާނަން. އަޅުގަނޑުމެން ފަހަތަށް ނުޖެއްސޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް