Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓަރ ޖެނަރަލް އޮފީސް

މާލީ ބަޔާން ހުށަހެޅުމާއި ގުޅޭގޮތުން މުއާޒު ދެއްކެވި ވާހަކައަށް އޮޑިޓަރ ޖެނަރަލް އޮފީހުން ރައްދުދީފި

1 ނޮވެމްބަރު 2018 | ބުރާސްފަތި 00:08

މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް މަތިކުރެވިފައިވާ މީހުން ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅުއްވަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 1 ނޮވެމްބަރު 2018 | ބުރާސްފަތި 00:08
އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ

އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ

މާލީ ބަޔާން ހުށަހެޅުމާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ގޮތަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ދެއްކެވި ވާހަކައަށް އޮޑިޓަރ ޖެނަރަލް އޮފީހުން ސާފުކޮށްދީފިއެވެ.

ރައީސް ޔާމީން މާލީ ބަޔާން ހުށަނާޅުއްވާތީ އެކަން ދިފާއުކުރައްވާ މުއާޒު ވިދާޅުވެފައިވަނީ މާލީ ބަޔާން ހުށަނާޅުއްވާން ރައީސުން އެބަ ތިއްބެވިކަމަށާއި އެ ބޭފުޅުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ. އަދި ރައީސްގެ މަލީ ބަޔާންގެ އެންމެހާ މަޝްވަރާތައް އޮޑިޓަރ ޖެނެރަލްގެ ލަފާފުޅާ އެއްކޮށް ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މުއާޒުގެ މިވާހަކަތަކަށް ރައްދުދެއްވައި އޮޑިޓަރ ޖެނަރަލް އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ވަކި މަގާމުތަކެއްގައި ތިއްބަވާ ނުވަތަ ދައުލަތުގެ ވަކި މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް މަތިކުރެވިފައިވާ ފަރާތްތަކުން، ގާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަރާތެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް މާލީ ބަޔާން އޮޑިޓަރ ޖެނަރަލަށް ކޮންމެ އަހަރަކު ހުށަހަޅުއްވަންޖެހޭ ކަމަށެވެ.

މާލީ ބަޔާންތައް ހުށަހަޅުއްވަން ޖެހޭ ފަރާތްތަކުން ހޯދުމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ކެނޑިނޭޅި އެކި ސިފަސިފަގައި މަސައްކަތް ކުރަމުން އަންނަކަން ފާގަހަކުރައްވައި މިބަޔާނުގައި ބުނެފައިވަނީ މާލީ ބަޔާން އޮޑިޓަރ ޖެނެރަލަށް ހުށަހެޅުމަށް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ކަނޑައަޅާފައި އޮންނަ ވަގުތު ނުވަތަ މުއްދަތަށް ބަދަލު ގެނެސް، އެމުއްދަތު ކުރުކޮށް، ނުވަތަ ދިގުކޮށްދިނުމަކީ އޮޑިޓަރ ޖެނެރަލަށް ގާނޫނުން ލިބިދީފައިވާ ބާރެއް ނޫން ކަމަށެވެ. އަދި މާލީ ބަޔާން ހުށަހެޅުމަށް އޮންނަ މުއްދަތަށް ބަދަލެއް ގެނައުމަށް އެއްވެސް ފަރާތަކަށް އޮޑިޓަރ ޖެނެރަލް ފުރުސަތު ދީފައެއްނުވާނެ ކަމަށް ވެސް މިބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރަށް މިބަޔާނުގައި ބުނެފައިވަނީ ހުށަހަޅުއްވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅުއްވާ ފަރާތްތަކަށް، އެފަރާތެއްގެ މާގަމުގެ ދައުރު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅުއްވަން ދަންނަވާ ދެންނެވުމަކީ، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވުމަށް ފަހު ވެސް މާލީ ބަޔާން ހުށަހެޅުއްވުމަކީ މަގާމުގައި ހުންނަވައިގެން ކުރައްވައި ނިންމެވުން ގާނޫނީ ގޮތުން މުހިންމުކަމެއް ކަމަކަށްވާތީ އެކަން އެފަރާތެއްގެ ސަމާލުކަމަށްޓަކައި ދެންނެވުމުގެ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާ ގޮތެއް ކަމަށެވެ.

އޮޑިޓަރ ޖެނަރަލަށް މާލީ ބަޔާން ހުށަހަޅުއްވަ ފަރާތްތަކާ އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ މުއާމަލާތްކުރަމުން ގެންދާނީ އެބޭފުޅަކު ނިސްބަތްވާ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ނޫން ކަމަށާއި، މާލީ ބަޔާނާ ބެހޭ އެންމެހައި މުއާމަލާތްތައް ހިންގަމުން ގެންދަނީ ސީދާ އެމާލީ ބަޔާން ހުށަހަޅުއްވާ ފަރާތްތަކާ އެކުގައިކަން ކަމަށް ވެސް އޮޑިޓަރ އޮފީހުގެ މިބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި އޮޑިޓަރ ޖެނަރަލް މާލީ ބަޔާން ހުށަހަޅަމުންދާ ގޮތާ ބެހޭ ގޮތުން ގާނޫނީ ބާރު ލިބިގެންވާ ތަހުގީގީ އިދާރާއެއް ފިޔަވައި އެހެން އެއްވެސް ފަރާތަކާއެކު އޮޑިޓަރ ޖެނަރަލްގެ އޮފީހުން މައުލޫމާތު ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް