ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 18:20
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މުހައްމަދު ޝަރުހާން
ދައުލަތުގެ ބަޖެޓް 2019
އަންނަ އަހަރަށް ހުށަހެޅީ 29 ބިލިއަން ރުފިޔާގެ ބަޖެޓެއް
މަޖިލީހަށް ބަޖެޓް ވަނީ ހުށަހަޅާފައި
ބަޖެޓް އެކުލަވާލީ އިންތިހާބީ ރައީސްގެ ސަރުކާރާ މަޝްވަރާ ކޮށްގެން

އަންނަ އަހަރަށް ލަފާ ކުރާ 29 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތުދީފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް އުޅެނީ 29 ބިލިއަން ރުފިޔާގައެވެ. މަޖިލީހަށް ބަޖެޓު ފޮނުވާފައިވާ ކަން ފިނޭންސް މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފައެވެ. މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވާ އިރު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލާފައިވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެންނެވެ. ބަޖެޓް މަޖިލީހަށް ހުށަހަޅަނީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރުގެ ނަމުގައެވެ.

2018 ވަނަ އަހަރަށް ލަފާކޮށްފައިވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ގާނޫނުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން އޮކްޓޫބަރު 31 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅަންޖެހެއެވެ.

ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ހަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީ ގެ ހިސާބު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ގަނޫނުގައި ބަޔާންކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް