ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 14:55
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން
ޓްވިޓަރ
ގައިދީންގެ ކޮންޓެންޓް މަނާކުރުން
ގައިދީންގެ ކޮންޓެންޓް ގެނެސްދިނުން މަނާކުރި މައްސަލައިގެ އެންމެ ފަހު އަޑު އެހުން ނިންމާލައިފި
ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުން
މައްސަލަ ދިރާސާ ކުރުމަށް ވަގުތު ބޭނުންވޭ

ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ހައްޔަރުކޮށްފައި ތިބޭ މީހުންގެ އިންޓަރވިއު ބްރޯޑްކާސްޓު ނުކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެންގުމާ ގުޅިގެން އެ އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށް ބުނެ ސިވިލް ކޯޓަށް ރާއްޖެޓީވީން ހުށަހަޅާފައިވާ މައްސަލައިގެ އެންމެ ފަހު އަޑުހެންތައް ނިންމާލައފިއެވެ.

ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ބްރޮޑްކާސްޓިންގ ކޮމިޝަނުގެ ފަރާތުން ވާހަކަދެއްކި ގާނޫނީ ވަކީލު ވަނީ އެ ނިންމުމަކީ އިސްލާމްދީނާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނާ އެއްގޮތަށް އެންގި އެއްގުމެއް ކަމަށެވެ. އެހެން ނަމަވެސް އުސޫލުތަކާ ހިލަފު ލުވަނީ ކީއްވެގެން ކަމެއް ބްރޮޑްކާސްޓިންގ ކޮމިޝަނަށް ކިޔާދެވިފައެއް ނުވެއެވެ.

ރާއްޖެޓީވީގެ ގާނޫނީ ވަކީލު ނިޝާން އިބްރާހީމް ވިދާޅުވީ، ޖަލު ހުކުމުގައި ތިބޭ ފަރާތްތަކުގެ އިންޓަރވިއު މީޑިއާތަކުން ގެނެސްދިނުމުގައި އިސްލާމްދީނާއި ބްރޮޑްކާސްޓިންގ ގަވައިދާ ހިލާފު އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. މީގެ އިތުރުން ބްރޯޑްކާސްޓިންގ ގާނޫނާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނާއި ޖަލުތަކާ ޕެރޯލް ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް އުސޫލަކާ ވެސް ހިލާފު ނުވާނެ ކަމަށެވެ. މިފަދަ އެންގުމެއް އެކޮމިޝަނުން އަންގާފައި ވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އާއި 68 ވަނަ މާއްދާ އާއި 69 ވަނަ މާއްދާއާއި ހިލާފަށް ކަމަށެވެ. ގާނޫނު އަސާސީގެ 208 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ގާނޫނު އަސާސީއަށް ހިލާފަށް ނިންމާ ނިންމުންތަކަކީ ބާތިލް ނިންމުމެއް ކަމަށް ނިޝާން ވިދާޅުވިއެވެ.

މިއަހަރުގެ މެއި މަހު ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ބަންދުކޮށްފައި ތިބޭ ފަރާތްތަކުން މައުލޫމާތު ހޯދަން ޖެހޭނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށާއި އެނޫން ގޮތަކަށް ހޯދާ މައުލޫމާތު އާންމުކުރުމަކީ މަނާ ކަމެއް ކަމަށެވެ. ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ މަސްއޫލުވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހައްގު ހުކުމް ތަންފީޒު ކުރާ ފަރާތްތަކަށް ނޯންނާނެ ކަމަށް ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ކަމަށާއި އެފަދަ ފަރާތްތަކުގެ އިންޓަވިއުތައް ބްރޯޑްކާސްޓު ނުކުރުމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ފަސް ލައްކަ ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލައިގައި ވަނީ ބްރޮޑްކާސްޓިންގ ކޮމިޝަނާއި ރާއްޖެޓީވީއާ ދެމެދު ބަޔާން ބަދަލުކޮށްފައެވެ. އެ މައްސަލައިގައި ދެން އޮންނާނީ އަޑުއެހުންތަކެވެ. މީގެ އިތުރުން ރާއްޖެޓީވީގެ އާންމު ކޮންޓެންޓް މެދުކަނޑާލުމާ ގުޅިގެން ޖޫރިމަނާ ކުރި މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލާފައެވެ.

ބްރޮޑްކޮމް އިން ވަނީ ހަތަރު ފަހަރެއްގެ މަތިން 3.7 މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައެވެ. އެ މައްސަލަތައް ރާއްޖެ ޓީވީން ވަނީ ކޯޓަށް ހުށަހަޅާފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް