Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

މަލައިކާ އާއި އަރުޖުން އަންނަ އަހަރު ކައިވެނި ކުރަނީ؟

މި ދެތަރިންގެ ދެމެދުގައި ގުޅުމެއް އޮންނަ ކަމަށް އެއްބަސް ވެފައެއް ނުވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 އޮކްޓޯބަރު 2018 | ބުދަ 08:27
އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ

އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ

މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރު ޑޭޓް ކުރަމުންދާ ކަމަށް އަޑުފެތުރިފައިވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. ނަމަވެސް މި ދެތަރިންގެ ދެމެދުގައި ގުޅުމެއް އޮންނަ ކަމަށް އެއްބަސް ވެފައެއް ނުވެއެވެ.

ފަހަކަށް އައިސް މި ދެ މީހުން އެކުގައި އެކިއެކި ހަފްލާތަކުން ފެނިގެން ދާތީ މީޑިއާގައި ދެކެވޭ ވާހަކަ ތަކަށް ވަނީ އިތުރު ބާރަކަށް ވެފައެވެ.

ދާދި ފަހުން މިލާން އެއަރޕޯޓްގައި މި ޖޯޑު އަތުގައި ހިފައިގެން ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ ވައިރަލް ވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މިމަހުގެ 23 ވަނަ ދުވަހު މަލައިކާގެ 45 ވަނަ އުފަންދުވަސް އިޓަލީގައި ފާހަގަ ކޮށްފައި ވަނީ އަރުޖުން 33، އާ އެކުގައެވެ.

މަލައިކާ އާއި ސަލްމާން ޚާންގެ ކޮއްކޮ އަދި ބޮލީވުޑް އެކްޓަރ- ޑައިރެކްޓަރ އަރުބާޒް ޚާންގެ ކައިވެނި ރޫނުޅު ފަހުން މި ދެ ތަރިން ޑޭޓް ކުރާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ފިލްމް ފެއަރގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ދެތަރިން ދަނީ އަންނަ އަހަރު ކައިވެނި ކުރުމަށް ތައްޔާރު ވަމުންނެވެ.

ދާދި ފަހުން ޓީވީ ޝޯ "އިންޑިއާސް ގޮޓް ޓެލެންޓް"ގައި ވެސް މަލައިކާގެ އަތުގައި ހިފައިގެން ސްޓޭޖަށް އެރި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

މަލައިކާ އާއި އަރުބާޒް ޚާން ކައިވެނި ކޮށްފައި ވަނީ 1998 ވަނަ އަހަރުއެވެ.

މި ދެމީހުން ސެޕަރޭޓް ވެފައި ވަނީ 2016 ވަނަ އަހަރުގެ މާރޗް މަހުގައެވެ. އަދި އެ ދެމީހުން ވަރިވެފައި ވަނީ މިއަހަރުގެ މެއި މަހުއެވެ. މަލައިކާ އާއި އަރްބާޒް ޚާން އަށް ވަނީ ފިރިހެން ދަރިފުޅަކު ލިބިފައެއެވެ. ފިލްމް ޕރޮޑިއުސަރ ބޮނޭ ކަޕޫރުގެ ހަމައެކަނި ފިރިހެންދަރިފުޅު އަރުޖުން ކަޕޫރު އަދި ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
08 ފެބުރުއަރީ 2017

"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

08 ފެބުރުއަރީ 2017
"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ
08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
30 ޖެނުއަރީ 2017

"މީ ލޯތްބަކީ" އަންނަ އޭޕްރީލް މަހު އޮލިމްޕަހުގައި އަޅުވަނީ

30 ޖެނުއަރީ 2017
"މީ ލޯތްބަކީ" އަންނަ އޭޕްރީލް މަހު އޮލިމްޕަހުގައި އަޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު