Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައުރީސިއޯ ޕޮޗެޓީނޯ

މި ސީޒަނަށް ފަހު ޓޮޓެންހަމްގެ ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްލަނީ!

ޓޮޓެންހަމްގައި 2023 ވަނަ އަހަރުގެ ނިޔަލަށް ޕޮޗެޓީނޯ މަޑުކުރަންޖެހޭނެ

ލީވާން އަލީ
ލީވާން އަލީ | 31 އޮކްޓޯބަރު 2018 | ބުދަ 06:52
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

މި ސީޒަނަށް ފަހު ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުކަން މައުރީސިއޯ ޕޮޗެޓީނޯ ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ޓެލެގްރާފުން ބުނީ މި ސީޒަނަށް ފަހު ޓޮޓެންހަމްގެ ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްލާނެ ކަމަށާއި، މި ސީޒަނުގައި ވެސް ކޯޗުކަން ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން ސީޒަން ނިމުމުގެ ކުރިން ކޯޗުކަން ޕޮޗެޓީނޯ ދޫކޮށްފާނެތީ ޓޮޓެންހަމްގެ ކުޅުންތެރިން އެކަމާ ކަންބޮޑުވެގެން އުޅޭ ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ ޕޮޗެޓީނޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ޕޮޗެޓީނޯ ޓޮޓެންހަމް ދޫކޮށްލާނީ ކޮންއިރަކު ކަމެއް އަދި ކޯޗުކަން ދޫކޮށްލައިފި ނަމަ ބަދަލުވާނީ ކޮން ކްލަބަކާ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ޓޮޓެންހަމްއާ އެކު ޕޮޗެޓީނޯ ހަދާފައިވާ އެއްބަސްވުން މި އަހަރުގެ މެއި މަހު ފަސް އަހަރަށް ވަނީ އާކޮށްފައެވެ. އެގޮތުން އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް ޕޮޗެޓީނޯ އެ ކްލަބުގައި މަޑުކުރަން ޖެހޭނެއެވެ.

ޕްރިމިއާ ލީގަށް ބަލާއިރު، ޓޮޓެންހަމް އޮތީ ކުޅުނު 10 މެޗުން ލިބުނު 21 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. އެޓީމު ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ.

މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި އެސްޕަނިއޯލް އަދި ޕީއެސްޖީއަށް ވެސް ކުޅެފައިވާ ޕޮޗެޓީނޯ އޭނާގެ ކޯޗިން ކެރިޔަރު ފެށީ 2009 ވަނަ އަހަރު އެސްޕަނިއޯލް އިންނެވެ. އެ ކްލަބްގެ އިތުރުން އޭނާ ވަނީ ސައުތްހެމްޕްޓަން އަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ 2014 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ޓޮޓެންހަމް ކުޅުނު 232 މެޗުގެ ތެރެއިން 128 މެޗުން މޮޅުވެފައިވާއިރު، 52 މެޗުން ވަނީ ބަލިވެފައެވެ. ބާކީ 52 މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު