Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތް

ގާސިމްއާމެދު ބޭންކުން ދައްކާ ވާހަކަތަކުން ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމުގެ ސަގާފަތެއް ގާއިމްކުރުމަށް ހުރަސްއެޅޭ: ޓީއެމް

31 އޮކްޓޯބަރު 2018 | ބުދަ 11:57

1.08 ބިލިއަން ރުފިޔާ ވަގަށް ނެގި ނެގުމުގެ ތަފްސީލް އެނގިގެން ދިޔައީ ގާސިމް ހާމަކުރި މައުލޫމާތުތަކުގެ ސަބަބުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 31 އޮކްޓޯބަރު 2018 | ބުދަ 11:57
ޤާސިމް އަބްދުލްކަރީމް

ޤާސިމް އަބްދުލްކަރީމް

ދިވެހިރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމުގައިވާ އެމް.އެމް.ޕީ.އާރް.ސީ ކޮރަޕްޝަން މައްސަލައިގެ ހަގީގަތް ހާމަކުރި ވިސްލްބްލޯވަރު ގާސިމް އަބްދުލްކަރީމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ދައްކާވާހަކައަކީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރާއެކު ތެދުވި މީހެއްގެ އަމަލުގެ މުހިންމުކަން ކަނޑުވާލައި ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމުގެ ސަގާފަތެއް ގާއިމްކުރުމަށް ހުރަސް އެޅިގެން ދާނެ ވާހަކަތަކެއް ކަމަށް ދެކޭކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އަންގާރަ ދުވަހު ބުނެފިއެވެ.

ޓީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބޭންކުގެ މުވައްޒަފުންނަށް ހިއްސާ ކޮށްފައިވާކަމަށް ބުނާ މެމޯ އަދި އޭގެ މައްޗަށް މީޑިޔާތަކުން ޝާއިއުކޮށްފައިވާ ލިޔުންތަކަކީކޮރަޕްޝަނާ ދެކޮޅަށް ހިތްވަރާއެކު ތެދުވި މީހެއްގެ އެ އަމަލުގެ މުހިންމުކަން ކަނޑުވާލައި ދިވެހިރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމުގެ ސަގާފަތެއް ގާއިމްކުރުމަށް ވެސް ހުރަސް އެޅިގެން ދާނެ ވާހަކަތަކެއްގެ ގޮތުގައި އެޖަމިއްޔާއިން ސިފަކުރާ ކަމަށެވެ.

Advertisement - newsAdvertisement

2016 ވަނަ އަހަރު އެސް.އޯ.އެފްގެ ބޭންކް.އޮފް. މޯލްޑިވްސް އެކައުންޓް މެދުވެރިކޮށް، ހިންގަމުން ގެންދިޔަ ޖަރީމާތަކުގެ ވާހަކަ ކުރީގެ އޮޑިޓް ރިޕޯރޓްތަކުގައި އޮތްނަމަވެސް، ރައްޔިތުންގެ ބައިތުލްމާލުން 1.08 ބިލިއަން ރުފިޔާ ވަގަށް ނެގި ނެގުމުގެ ތަފްސީލް އެނގިގެން ދިޔައީ ގާސިމް ހާމަކުރި މައުލޫމާތުތަކުގެ ސަބަބުންކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

އެ މައުލޫމާތުތައް ހާމަކުރުމުގެ ސަބަބުން ގާސިމަށް މާލީ އަދި އެހެނިހެން އެއްވެސް މަންފާއެއް ވެސް ލިބިފައިނުވާ ކަމަށާއި އޭގެ ބަދަލުގައި އޭނާގެ މި އަމަލަކީ 'ގާނޫނާ ހިލާފު' އަމަލެއްގެ ގޮތުގައި ކަނޑައަޅައި އޭނާ ވަނީ ފުލުހުންގެ ބަންދުގައި އެތައް ދުވަހެއް ހޭދަކޮށް އަދި ޖިނާއީ ކުށްވެރިއެއްގެ ލައްގަނޑު ޖެހި، ހުކުމަށް ވުރެ ދިގު މުއްދަތެއްގައި ޖަލުބަންދުގައި އޮންނަން ޖެހި، ނަފުސާނީ އަދި ޖިސްމާނީގޮތުން ބޮޑެތި ގޯނާތަކެއް ތަހައްމަލުކުރަން ޖެހިފައިވާކަމަށް ވެސް ބުނެފައިވެއެވެ.

އެސް.އޯ.އެފް އެކައުންޓަށް ވަންނަމުން ދިޔަ ބޮޑެތި އަދަދުތަކުގެ ވާހަކަ، ވިސްލްބްލޯވަރެއްގެ ހައިސިއްޔަތުން، ގާސިމް ފަޅާއަރުވާލިއިރު، މިކަން ހިނގާތާ އެތައް ދުވަހެއް ވެފައިވީނަމަވެސް، ބޭންކުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، އެކަމަކީ ބޭންކުގެ ބައިވެރިވުމާއެކު ހިނގަމުން ދިޔަ ކަމެއްތޯ ނުވަތަ ނޫންތޯ އޭނާޔަށް ޔަގީނެއް ނުވާކަމަށް ވެސް ޓްރާންސްޕޭރެންސީންވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް

22 ފެބުރުއަރީ 2017
ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް