Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

'ބާޒާރު' އަށް ލިބެމުންދާ ތަރުހީބުން ސައިފް ހުރީ ހިތްހަމަޖެހިފައި

ފިލްމަށް ޖުމްލަ މިހާތަނަށް ވަނީ ބޮކްސް އޮފީހުގައި 13.63 ކްރޯޑް ރުޕީސް ލިބިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2018 | ބުދަ 04:03
ސައިފް އަލީ ޚާން

ސައިފް އަލީ ޚާން

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ސައިފް އަލީ ޚާންގެ ފިލްމް "ބާޒާރު" ކުޅުމަކީ ބޮޑު ރިސްކެއް ކަމަށާއި އަދި އެ ފިލްމަށް ލިބެމުންދާ ކާމިޔާބީއާ ދޭތެރޭ ވަރަށް އުފާވާކަމަށް އޭނާ ބުނެފިއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ބުނެފައިވާ ގޮތުން ފިލްމް ރިލީޒް ކުރި ހުކުރު ދުވަހު މި ފިލްމަށް ބޮކްސް އޮފީހުގައި 3.07 ކްރޯޑް ރުޕީސް ލިބިފައި ވެއެވެ. ހޮނިހިރު ދުވަހު 4.10 ކްރޯޑް ރުޕީސް ލިބިފައިވާ އިރު އާދިއްތަ ދުވަހު މި ފިލްމަށް ލިބިފައި ވަނީ 4.76 ކްރޯޑް ރުޕީސްއެވެ. އަދި ހޯމަ ދުވަހު މި ފިލްމަށް ވަނީ 1.70 ކްރޯޑް ރުޕީސް ލިބިފައެވެ. މި ފިލްމަށް ޖުމްލަ މިހާތަނަށް ވަނީ ބޮކްސް އޮފީހުގައި 13.63 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

ގައުރަވް ކޭ. ޗައުލާ ޑައިރެކްޓްކޮށް ނިކިލް އަދްވާނީ އާއި އަޖޭ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ މާލީ މައްސަލަތަކެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ކްރައިމް ތްރީލާއެކެވެ.

ސައިފް އާއި ރާދިކާ އަޕްޓޭގެ އިތުރުން މި ފިލްމުގައި ދެން ފެނިގެންދާނީ ރޯހަން މެހެރާ އާއި ޗިތްރަންގަޑާ ސިންގްއެވެ. އަދި މި ފިލްމަކީ މި ދެ ތަރިންގެ ފުރަތަމަ ފިލްމެވެ.

ފަހަކަށް އައިސް އުމުރުން 48 އަހަރުގެ ސައިފް ކުޅެފައިވާ ފިލްމްތައް ވަނީ ފްލޮޕް ވެފައެވެ. ނަމަވެސް އޭނާ ކުޅެފައިވާ ނެޓް ޕްލިކްސް އިން ދެއްކި ސީރީޒް "ސެކްރެޑް ގޭމްސް" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އޭގެ ދެވަނަ ސީޒަނެއްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މީގެ އިތުރުން "ހަންޓާ" ކިޔާ ފިލްމެއްގައި ވެސް ސައިފް ދަނީ މަސައްކަތް ކުރަމުންނެވެ. ސައިފް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ޝެފް" އިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތައިމޫރުގެ އުފަން ދުވަހަށް ސައިފް އާއި ކަރީނާ އިންޑިއާގެ ޕަޓައުޑީއަށް

ތައިމޫރުގެ އުފަން ދުވަހަށް ސައިފް އާއި ކަރީނާ އިންޑިއާގެ ޕަޓައުޑީއަށް

19 ޑިސެމްބަރު 2017
ތައިމޫރުގެ އުފަންދުވަހާ ދިމާކޮށް ސައިފް ޖިޕެއް ގަނެފި

ތައިމޫރުގެ އުފަންދުވަހާ ދިމާކޮށް ސައިފް ޖިޕެއް ގަނެފި

16 ނޮވެމްބަރު 2017
ސައިފް އާއި ކަރީނާ 2 ހަފްތާގެ ޗުއްޓީއަކަށް

ސައިފް އާއި ކަރީނާ 2 ހަފްތާގެ ޗުއްޓީއަކަށް

26 ޖުލައި 2017
ހުއްދަ ނުހޯދައި ޕާކް ކުރުމުން ސައިފް ޖޫރިމަނާ ކުރަނީ

ހުއްދަ ނުހޯދައި ޕާކް ކުރުމުން ސައިފް ޖޫރިމަނާ ކުރަނީ

10 ޖޫން 2017
ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު