Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔާމީގެ ތަފާތު ރޯލެއް

ޔާމީ ގޯތަމްގެ ނުބައި ރޯލެއް ބަލަން ރިތިކް ހުރީ ކެތްމަދުވެފައި

ޔާމީގެ ރިޕްލައިގައި ވަނީ އެ ފިލްމު ދައްކާހިތުން ކެތްމަދުވެފައި ހުރި ކަމަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 3 މާރިޗު 2017 | ހުކުރު 09:34
 ރިތިކް ރޯޝަން އާއި ޔާމީ ގޯތަމް

ރިތިކް ރޯޝަން އާއި ޔާމީ ގޯތަމް

ރިތިކް ރޯޝަން އާއި އެކު "ކާބިލް" އިން ފެނިގެންދިޔަ ޔާމީ ގޯތަމްގެ "ސަރްކާރު3" ގައި ފެނިގެން ދާނީ ތަފާތު ރޯލަކުން ކަމަށް ވާތީ އެ ފިލްމު ބަލަން ކެތްމަދުވެފައި ހުރި ކަމަށް ރިތިކް ބުނެފި އެވެ.

ރިތިކް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ތަފާތު ޔާމީއެއް ދެކިލަން ކެތް މަދުވެފައި ހުރި ކަމަށެވެ. ރިތިކްގެ ޓްވީޓަށް ޔާމީ ކޮށްފައިވާ ރިޕްލައިގައި ވަނީ ރިތިކް އަށް އެފިލްމު ދައްކާހިތުން ކެތްމަދުވެފައި ހުރި ކަމަށެވެ.

މީގެ ކުރިން ޔާމީ ކުޅެފައިވާ އެހެން ފިލްމު ތަކުން މަޑުމަތިރި އަނެހެން ކުއްޖެއްގެ ރޯލުން ފެނިގެން ދިޔަ ނަމަވެސް "ސަރްކާރު3" އިން އޭނާ ފެނިގެން ދާނީ ނެގެޓިވް ރޯލަކުން ކަމަށް ޚަބަރުތައް ބުނެއެވެ.

ފިލްމު "ކާބިލް"ގައި ރިތިކް އާއި ޔާމީ ކުޅެފައިވާ ލޯ އަނދިރި ދެ މީހުންގެ ރޯލް ވަނީ ބެލުންތެރިންނަށް ވަރަށް ކަމުގޮސްފައެވެ.

އަންނަ އެޕްރީލް މަހުގެ 7 ގައި ރިލީޒް ކުރުމަށްހަމަޖެހިފައިވާ "ސަރްކާރު3" އަކީ ޕޮލިޓިކަލް ތްރީލާއެކެވެ. ފިލްމުން ޔާމީގެ އިތުރުން އަމީތާބް ބައްޗަން، އަމިތް ސާދް، މަނޯޖް ބަޗްޕާއި އަދި ޖެކީ ސްރޮފް ފެނިގެން ދެއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2019

ބާރަތްގެ ޓްރެއިލާ ބަލަން ތައްޔާރުވޭ!

26 މާރިޗު 2019
ބާރަތްގެ ޓްރެއިލާ ބަލަން ތައްޔާރުވޭ!
10 ނޮވެމްބަރު 2018

ޔާމީން ރަޝީދުގެ އެނިމޭޓެޑް ފިލްމު ބަގީޗާ ޕްރިމިއަރ ކޮށްފި

10 ނޮވެމްބަރު 2018
ޔާމީން ރަޝީދުގެ އެނިމޭޓެޑް ފިލްމު ބަގީޗާ ޕްރިމިއަރ ކޮށްފި
08 ޖުލައި 2018

'ފާސްޓް 9' ރިލީޒް ކުރުން 2020އަށް ލަސްކޮށް، 'ހޯބްސް އެންޑް ޝޯވ'ގެ ނުބައިބާ ރޯލަށް އިދްރިސް އެލްބާ

08 ޖުލައި 2018
'ފާސްޓް 9' ރިލީޒް ކުރުން 2020އަށް ލަސްކޮށް، 'ހޯބްސް އެންޑް ޝޯވ'ގެ ނުބައިބާ ރޯލަށް އިދްރިސް އެލްބާ
28 ޖޫން 2018

ބަލަމުން މިދަނީ ރަނގަޅު ރޯލެއް ލިބޭތޯ: ބޮބީ

28 ޖޫން 2018
ބަލަމުން މިދަނީ ރަނގަޅު ރޯލެއް ލިބޭތޯ: ބޮބީ
14 ޖޫން 2018

ވޯލްޑްކަޕް ބަލަން އަންނަ ބޭރުމީހުންނާ ޖިންސީގުޅުން ނުހިންގުމަށް ރަޝިއާ ރައްޔިތުންގެ ކިބައިން އެދެފި

14 ޖޫން 2018
ވޯލްޑްކަޕް ބަލަން އަންނަ ބޭރުމީހުންނާ ޖިންސީގުޅުން ނުހިންގުމަށް ރަޝިއާ ރައްޔިތުންގެ ކިބައިން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު