ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 09:00
މާލޭގެ މަގެއްގައި މިއަދު ފެންބޮޑުވެފައި
މާލޭގެ މަގެއްގައި މިއަދު ފެންބޮޑުވެފައި
ފާތިމަތު ޝަނާ މުހައްމަދު
މާލޭ މަގުތަކުގައި ފެންބޮޑުން
މާލޭގެ ގިނަ ޕަމްޕު ސްޓޭޝަންތަކަށް ވަނީ ގެއްލުންދީ ހަލާކުކޮށްލާފައި: މުއިއްޒު
ޕަމްޕު ސްޓޭޝަންތަކުގެ ޕެނަލް ބޯޑުތަކަށް ވަނީ ގެއްލުންދީފައި
ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން

ސްޓޯމް ވޯޓަރ ސިސްޓަމުގެ ގިނަ ޕަމްޕް ސްޓޭޝަންތައް ހަލާކުވެފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާ އިރު، ހައުސިންގ މިނިސްޓަރ މުއިއްޒު ވިދާޅުވީ، މާލޭގެ ސްޓޯމްވޯޓަރ ސިސްޓަމްގެ ގިނަ ޕަމްޕު ސްޓޭޝަންތަކުގެ ޕެނަލް ބޯޑްތަކަށް ގެއްލުންދީ، ހަލާކުކޮށްލާފައިވާ ކަމަށާއި އަދި ބައެއް ޕަމްޕު ސްޓޭޝަންތަކުގެ ކަރަންޓު ސަޕްލައި ކަނޑާލާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިކަން ކަން ކުރި ފަރާތްތަކުގެ ނާތަހުޒީބު އަމަލު މިނިސްޓަރު ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި ރައްޔިތުންނަށް ދިމާވާ އުންދަގުލަށްޓަކައި މިނިސްޓަރު ވަނީ މައާފަށް އެދިވަޑައިގެންފައެވެ.   ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުނެންނެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާ އިރު މާލެއަށްފަތިހުން ފެށިގެން ތިން ގަޑިއިރުގެ ތެރޭގައި ވަނީ 48 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.

މާލެއަށް ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމަށްތަކައި ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ފެން ހިންދާ ޕަމްޕު އިސްޓޯލު ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކަށް 4 މިލިއަން ރުފިޔާ ޚަރަދު ކުރެވުނު އިރު ދެވަނަ ފިޔަވައްސަށް 13.7 މިލިއަން ރުފިޔާ ޚަރަދު ކުރެވުނެވެ.

މީގެ އިތުރުން ތިން ވަނަ ފިޔަވައްސަށް 5.4 މިލިއަން ރުފިޔާ އަދި ހަތަރު ވަނަ ފިޔަވައްސަށް 20.1 މިލިއަން ރުފިޔާ ހޭދަކުރެވުނެވެ. މުޅި ޖުމްލަ ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތްތަކަށް 43.2 މިލިއަން ރުފިޔާ ވަނީ ޚަރަދު ކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 އޮކްޓޯބަރ 2018 | އަންގާރަ 05:33
ހައްވަ
ހަމަ ރަނގަޅަށްވެސް ތިއޮތީ މުއިއްޒު ވެފައި. އެއް މަސައްކަތެއް ތިން ހަތަރު ފަހަރު ނުކޮށް ހަމައަކަށް ނޭޅޭނެ! ރައްޔިތުންގެ އަތުން މިލިއަނުން މިގެއްލޭ ފައިސާތަ ތުރާތަކުގެ އަގު މުޢިއްޒު ދައްކަން ޖެހޭނެ! މަސްނުބޭނުނީމާ ކނޑު ނުބައި ކުރާނެ ކަމެއް ނެތް