Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރުންގެ ގޮނޑީގެ މައްސަލަ

ސައުދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން 8 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2018 | ހޯމަ 18:49
މެމްބަރު ސައުދުﷲ

މެމްބަރު ސައުދުﷲ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، ސައުދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

މެމްބަރު ސައުދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ހުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ބޭއްވި ޝަރީއަތުގައި ސައުދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މެމްބަރު ސައުދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލުން މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ ސައުދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވަނީ "ފްލޯ ކޮރޮސިންގ"އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 13 ޖުލައި 2017 ކޮށްފައިވާ ހުކުމުގެ ފަހުން ޕީޕީއެމްގެ ސްލޫކީ ކޮމެޓީން ސައުދުﷲގެ ސްލޫކީ މައްސަލައެއް ބެލުމަށް ފަހު ޕީޕީއެމްގެ މެމްބަރު ކަމުން ސައުދުﷲ ވަކިކޮށްފައި ވާތީ، އެއީ ސުޕްރީމް ކޯޓުގެ 13 ޖުލައި 2017ގައި ކޮށްފައިވާ ހުކުމުގެ ފަހުން ހިނގާފައިވާ ކަމަކަށް ވާތީ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމެމްބަރަކު ނިސްބަތްވާ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ މެމްބަރު ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއަކަށް ގުޅިވަޑައިގެންފިނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

ސައުދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ ޕީޕީއެމް ސުލޫކީ ކޮމެޓީން ސައުދުﷲގެ މައްސަލައެއް ބަލައި ސައުދުﷲ އެ ޕާޓީން ވަކިކޮށްފައިވަނީ ސައުދުﷲ އެ ޕާޓީގެ މެމްބަރުކަމުން ވަކިވި ފަހުން ކަމަށެވެ. އަދި ސައުދުﷲ ޕީޕީއެމްގެ މެމްބަރު ކަމުން 10 ޖުލައި 2017ގައި ވަކިވެފައިވާކަން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.

މީގެއިތުރުން ސައުދުﷲ ޕީޕީއެމް މެމްބަރު ކަމުން ވަކި ކުރުމަށް ނިންމީ ކަމަށް ބުނާ މައްސަލައަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުރުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރުން ކަމަށްވާއިރު އެކަމެއް ހިނގާފައިވަނީ ވެސް 03 ޖުލައި 2017 ގައި ކަމަށެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތްކަމަށް ބުނާ މައްސަލާގައި ސޮއި ކޮށްފައިވަނީ ވެސް ސުޕްރީމް ކޯޓުން 13 ޖުލައި 2017ގައި ނެރެފައިވާ ހުކުމުގެ ކުރިން ކަމަށެވެ. އެހެންކަމުން 13 ޖުލައި 2017 ގެ ކުރިން ހިނގާފައިވާ ކަމަކަށް ރިއާޔަތްކޮށް، މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް މީގެ އެއް އަހަރުކުރިން ނިންމާފައިވާ ނިންމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ދާދި ފަހުން ބަދަލުކޮށް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައެވެ. ނަމަވެސް މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ކުރިއަށްދާތީ ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެނިންމުން ބާތިލް ކަމަށް ނިންމާފައެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާފައި ވަނީ ވެސް އެކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ނިންމުމުގެ މައްޗަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން 8 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިވަނީ ހުކުމް ކޮށްފަ އެވެ. ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް ހޯމަ ދުވަހު ނިންމާފައިވާ މެމްބަރުންނަކީ ސައުދުﷲ އިތުރުން، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އާއި އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ ގޮނޑި އެވެ.

މިމަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.

ސުޕްރީން ކޯޓުން ގޮނޑިއާ މެދު ގޮތެއް ނިންމާފައި ނުވާ ހަތަރު މެމްބަރުންނަކީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ގޮނޑީގެ މައްސަލަ އެވެ. އެ ހަތަރު މެމްބަރުން ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. ދެން އޮންނާނީ އެމައްސަލަތަކުގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު