ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 11:34
ތިނަދޫ ދެކުނު ދާއޮރާގެ މެންބަރު އަބްދުﷲ އަހުމަދު
ތިނަދޫ ދެކުނު ދާއޮރާގެ މެންބަރު އަބްދުﷲ އަހުމަދު
ޓްވިޓަރ
12 މެމްބަރުންގެ ގޮނޑި
މެންބަރު އަބުޅޯގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
ކުރިން ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ނިންމާފައި
މެންބަރުންގެ ގޮނޑި މައްސަލަ ފެންމަތިވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން
އިތުރު ތިން މެންބަރުންގެ ގޮނޑިއާ މެދު ގޮތެއް ނިންމުން ވަނީ ތާވަލްކުރެވިފައި

ތިނަދޫ ދެކުނު ދާއޮރާގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ)ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ ސުޕްރީމު ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަބުޅޯއާއި އެކު 12 މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ، ރައްޔިތުންގެ މަޖިލީހުގެ އެހެން ބައެއް މެންބަރުންގެ މައްސަލައިގައި ހުކުމް ކުރުން ވެސް މިއަދަށް ވަނީ ތާވަލްކޮށްފައެވެ. އެގޮތުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލައިގައި ހުކުމް ކުރުން ވަނީ ތާވަލް ކުރެވިފައެވެ.

ގޮނޑި ގެއްލުނު 12 މެންބަރުންގެ ތެރެއިން މި މަހުގެ 08 ވަނަ ދުވަހު ވެސް ސުޕްރީމް ކޯޓުން ވަނީ ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައެވެ. އެގޮތުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައި ވެއެވެ.

އެ ހަތަރު މެންބަރުން ވަނީ އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް