Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދު މިނިވަން ކުރަން ހުށަހެޅި ގަރާރު ބަލައިގަނެ، ކޮމެޓީއަށް ފޮނުވައިފި

28 އޮކްޓޯބަރު 2018 | އާދީއްތަ 17:57

ގަރާރު ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 28 އޮކްޓޯބަރު 2018 | އާދީއްތަ 17:57
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ ތެރެއިން

ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފިއެވެ. ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް ސޮއިކޮށް މަޖިލީހަށް ހުށަހެޅި އެ ގަރާރު ބަލައިގެންފައި ވަނީ 48 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ފަސް މެމްބަރުންނެވެ. އަދި ހަތަރު މެމްބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ.

އެ ގާރާރު ދިރާސާ ކުރެއްވުމަށް ފޮނުވި ކޮމެޓީއަކީ ސަރުކާރުގެ އަގުލަބިއްޔަތު އޮތް ކޮމެޓީއެކެވެ. ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް މުގައްރިރުކަން ކުރައްވާ އެ ކޮމެޓީގައި ހިމެނެނީ އިދިކޮޅު ތިން މެމްބަރުންނެވެ. ދެން އެ ކޮމެޓީގައި ހިމެނޭ 8 މެމްބަރުންނަކީ ވެސް ޕީޕީއެމްގެ މެމްބަރުންނެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު މިނިވަން ކުރުމަށް ޖުމްލަ 49 މެމްބަރަކު ސޮއި ކުރި ގަރާރުގައި ޕީޕީއެމްގެ 12 މެމްބަރަކު ސޮއި ކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ގަރާރު ހުށަހަޅުއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތަކީ ސިޔާސީ ލީޑަރެއްގެ ހަސަދަވެރިކަމުގައި ހިންގި ސިޔާސީ ބޮޑު ޗަރުކޭހެއް ކަމަށެވެ.

"ހަވާ ފަޓާސް އަރުވާފައި އެ ހިންގި ޝަރީއަތަކީ، އެ އިއްވި ހުކުމަކީ ސިޔަސީ ލީޑަރެއްގެ ހަސަދަވެރިކަމުގައި ހިންގި ސިޔާސީ ބޮޑު ޗަރުކޭހެއްކަން ދިވެހި ހުރިހާ ރައްޔިތުން ލޯހުޅުވައިގެން ތިބި ހުރިހާ ރައްޔިތުންމެ، ހެކިވާނެ. އިއްޒަތްތެރި ރައީސް، އެއީ ސިޔާސީ ހުކުމެއްކަން މުޅި ދުނިޔެ ވެސް ހެކިވި،" އީވާ ވިދާޅުވިއެވެ.

ގަރާރުގެ ބަހުސްގެ މަރުހާލާގައި ވާހަކަފުޅު ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ ރައީސް ނަޝީދަށް ޝަރީއަތް ކުރީ އިންސާފުން ނޫން ކަމަށާއި އެމަނިކުފާނަށް އިއްވާފައިވާ ހުކުމް މުރާޖާ ކުރަންޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދަށް އިއްވާފައިވާ ހުކުމް ބާތިލު ކުރަން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރާއިރު، ބޭއިންސާފުން ޝަރީއަތްކޮށްފައިވާ މީހުންނަށް ވެސް އިންސާފު ހޯދަންޖެހޭ ކަމަށް ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން ވިދާޅުވިއެވެ.

"ވަރަށް އިހްލާސްތެރި ހެޔޮ ހިތަކާގެން މި ދަންނަވަނީ އެމަނިކުފާނު ވެސް މިނިވަންވާންވީއޭ. މިނިވަންވާން ބޭނުން ވެސް ވޭ. ހަމަ އެފަދައިން މިދެންނެވި ގޮތަށް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ބޭއިންސާފުން ކަންކަން ހިނގާފައި ހުރި މީހުން މިނިވަންވުން އެއީ އަޅުގަނޑު އެދޭ ގޮތް،" ބަހުސްގެ މަރުހަލާގައި އަލީ އާރިފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް