Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

100 އެމްބީޕީއެސްގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މުޅި އައްޑޫ ސިޓީ އަށް

އައްޑޫގެ ހުރިހާ ރަށަކަށްވެސް ހަލުވި ސްޕީޑާއިއެކު އިންޓަނެޓް ލިބޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 އޮކްޓޯބަރު 2018 | އާދީއްތަ 13:23
އުރީދޫއިން އައިޕީއޯ ތަޢާރަފް ކުރުމަށް ބޭއްވޭ ރަސްމިއްޔާތުގެ ތެރެއިން

އުރީދޫއިން އައިޕީއޯ ތަޢާރަފް ކުރުމަށް ބޭއްވޭ ރަސްމިއްޔާތުގެ ތެރެއިން

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ތައާރަފް ކޮށްފިއެވެ.

މިކަމަށްޓަކައި އައްޑޫސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، އުރީދޫގެ ސީއީއޯ ނަޖީބް ޙާން، ސީސީއޯ ބާލާޖީ ސްރިނިވާސަން އަދި ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒުގެ ބައިވެރިވެރިވިއެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް، އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން މަގުފަހި ކޮށްދިނުމުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ކުޅެމުންދާ މުހިއްމު ދައުރު މި ދަނީ ފެންނަމުން ކަމަށާއި މިގޮތުން، ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާއި އެކު، އެންމެ މުހިއްމު އެއް އަމާޒަކަށް ވެގެންދިޔައީ ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، "ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. މިއަދު، އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައިވެސް ރާއްޖޭގެ އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް." ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫއިން ވަނީ ސުޕަރނެޓް ޚިޔާރު ކުރަށްވާ އައްޑޫ ސިޓީގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރ އެއް ތައާރަފް ކޮށްފައެވެ. ހަމައެހެންމެ އައްޑޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑެޕޮސިޓެއް ނުހިމެނުމަށް ވަނީ ހަމަޖައްސާފަ އެވެ.

2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ.

އަދި މި ޕެކޭޖުތަށް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ.

މި ޚިދުމަތާއި އެކު، އައްޑޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށާއި ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2017

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ހދ. ކުޅުދުއްފުއްޓަށް !

29 ނޮވެމްބަރު 2017
އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ހދ. ކުޅުދުއްފުއްޓަށް !
05 ނޮވެމްބަރު 2017

"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!

05 ނޮވެމްބަރު 2017
"ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަނަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!
30 ސެޕްޓެމްބަރު 2017

އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

30 ސެޕްޓެމްބަރު 2017
އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
29 ސެޕްޓެމްބަރު 2017

ދިރާގު ފައިބާ ބްރޯޑްބޭންޑް ގެ ޚިދުމަތް އަރި އަތޮޅަށް

29 ސެޕްޓެމްބަރު 2017
ދިރާގު ފައިބާ ބްރޯޑްބޭންޑް ގެ ޚިދުމަތް އަރި އަތޮޅަށް
28 އޯގަސްޓު 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ވ. އަތޮޅުގެ 3 ރަށަކަށް ދޭން ފަށައިފި

28 އޯގަސްޓު 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ވ. އަތޮޅުގެ 3 ރަށަކަށް ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު