Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޑެން ހަޒާޑް

ބާންލީ މެޗަށް ހަޒާޑް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

ހަޒާޑްގެ ބުރަކައްޓަށް ވަނީ އަނިޔާވެފައި

ލީވާން އަލީ
ލީވާން އަލީ | 27 އޮކްޓޯބަރު 2018 | ހޮނިހިރު 05:38
ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް

ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް

ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ބާންލީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް ޗެލްސީގެ ބެލްޖިއަމް ކެޕްޓަން އެޑެން ހަޒާޑް ފިޓްވާނެކަމާ މެދު ސުވާލު އުފެދިއްޖެއެވެ.

ޔުއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހު ބޭޓް ބޮރިސޮވް އަތުން 0-3 ގެ ނަތީޖާއިން ޗެލްސީ މޮޅުވި މެޗުގައި ވެސް އަނިޔާގެ ސަބަބުން ހަޒާޑް ކުޅެފައިނުވާއިރު، އެ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ބޮރިސޮވްއާ ދެކޮޅަށް ބުރަކައްޓަށް ހަޒާޑް އަށް ނުކުޅެވުނަސް ބާންލީ މެޗަށް އޭނާ ފިޓުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް ހުކުރު ދުވަހު ޗެލްސީން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި އަނިޔާވެފައިވާ ހަޒާޑް ބައިވެރިވެފައިނުވާއިރު، އޭނާ ބާންލީ މެޗަށް ފިޓުވާނެކަމާ މެދު ސުވާލު އުފެދެއެވެ.

ހަޒާޑް އަށް އަނިޔާވީ 2-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް އަތުން ޗެލްސީ އެއްވަރުވި މެޗުގައެވެ. އޭނާ އެ މެޗުގައި ފުރިހަމަ ވަގުތު ހަމަކުރި ނަމަވެސް މެޗުގައި ބުރަކައްޓަށް ތަދުވެގެން އަތް އަޅައިގެން އުޅުނު މަންޒަރު ވަނީ ފެނިފައެވެ.

ޗެލްސީއާ އެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށްލުމަށް ފަހު އޭނާ ރެއާލް އަށް ބަދަލުވާނެއެވެ.

ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 310 މެޗުގައި 97 ލަނޑު ކާމިޔާބުކޮށްފައެވެ. ޗެލްސީއާއެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 95 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
15 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

15 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު