Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - މެކްސިކޯ

އެމެރިކާ - މެކްސިކޯ ބޯޑަރު ކައިރިއަށް އިތުރު ސިފައިން ފޮނުވަނީ

25 އޮކްޓޯބަރު 2018 | ބުރާސްފަތި 23:18

7 ހާހެއްހާ ރެފިއުޖީން ވަނީ އެމެރިކާއަށް އެތެރެވުމަށް މިސްރާބު ޖަހާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 25 އޮކްޓޯބަރު 2018 | ބުރާސްފަތި 23:18
އެމެރިކާ - މެކްސިކޯ ސަރަހައްދީ ރޮނގުގައި ފޯރިމަރަން ހުރި ސިފައިންގެ މީހެއް

އެމެރިކާ - މެކްސިކޯ ސަރަހައްދީ ރޮނގުގައި ފޯރިމަރަން ހުރި ސިފައިންގެ މީހެއް

އެމެރިކާއަށް އެތެރެވުމަށް ފައި މަގުގައި ދަތުރުކުރަމުންދާ މެދުތެރޭ އެމެރިކާ ސަރަހައްދުގެ ޤައުމުތަކުގެ އެތައް ހާސް ރެފިއުޖީން ހިމެނޭ ޤާފިލާ ހުއްޓުވުމަށް އެމެރިކާގެ އާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް 800 ސިފައިން ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

މެދުތެރޭ އެމެރިކާގެ އެކި ޤައުމުތަކަށް ނިސްބަތްވާ 7000 އެއްހާ މީހުން މި ޤާފިލާގައި ތިބިކަމަށް އިންޓަރނޭޝަނަލް މައިގްރޭޝަން އޯގަނައިޒޭޝަނުން ލަފާކުރެއެވެ. އެމީހުން މިވަގުތު ތިބީ މެކްސިކޯގެ ކިއާޕަސް ސްޓޭޓްގެ ތެރޭގައެވެ. އެމީހުންނަށް އެމެރިކާގެ ސަރަހައްދީ އިމާއި ހިސާބަށް ދާން އަދި ހަފްތާތަކެއް ނަގާނެއެވެ. މީގެ ތެރޭގައި ގިނައިން ތިބީ ގުއަޓަމާލާ، ހޮންޑިއުރަސް އަދި އެލް ސެލްވަޑޯރ ފަދަ ޤައުމުތަކުގައި ހިނގަމުންދާ އެކިއެކި ހަމަނުޖެހުންތަކުން ސަލާމަތްވެ، ރައްކާތެރި ދިރިއުޅުމެއް ހޯދުމަށް އެމެރިކާއަށް މިސްރާބު ޖަހާފައިވާ މީހުންނެވެ.

ޙިމާޔަތް ހޯދުމުގެ ނިޔަތުގައި އެމެރިކާގެ ސަރަހައްދީ ރޮނގަށް އައިސް ޙިމާޔަތަށް އެދިއްޖެ ކޮންމެ މީހެއްގެ ވާހަކަތައް އަޑު އެހުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ސޮއެކޮށްފައިވާ މުޢާހަދާތަކުގެ ދަށުން އެމެރިކާއަށް މަޖުބޫރު ކަމެކެވެ. އެހެންނަމަވެސް މިސްރާބު ބަދަލުކޮށް، އަނބުރާ ޤައުމަށް ދިޔުމަށް އެމީހުންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި 800 އެއްހާ ސިފައިން ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަަށް ޕެންޓަގަންއިން ނެރޭނެއެވެ. އެހެން ނަމަވެސް ސިފައިން ނެރެނީ އާއްމު ސިފައިންގެ ތެރެއިންކަމެއް ނުވަތަ ނޭޝަނަލް ގާޑުންކަމެއް އަދި ކަށަވަރެއް ނޫނެވެ. މިހާރުވެސް ބޯޑަރ ޕެޓްރޯލް އޮފިސަރުންނަށް އެހީވުމަށް 2 ހާހަށްވުރެ ގިނަ ސިފައިން އެމެރިކާ - މެކްސިކޯ ސަރަހައްދީ ރޮނގުގައި ހަރަކާތްތެރި ވަމުންދެއެވެ.

ގިނަ އަދަދެއްގެ ރެފިއުޖީން އެޤައުމުތަކުން އެމެރިކާއަށް އެތެރެވާ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގުއަޓަމާލާ، ހޮންޑިއުރަސް އަދި އެލްސެލްވަޑޯރ އަށް ދެމުންދާ އެހީތައް ހުއްޓާލާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ޓްރަމްޕްއަކީ ފަޤީރު ޤައުމުތަކުންނާއި ހަމަނުޖެހުންތައް ހިނގަމުންދާ ޤައުމުތަކުން، އަދި މުސްލިމް ޤައުމުތަކުން އެމެރިކާއަށް މީހުން އެތެރެވުމާއި ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް