އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ނޫސް އަދި ސީއެންއެމް ނޫހަށް ޒިޔާރަތް ކުރައްވައިފިއެވެ
އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ އެހެން ބައެއް މީޑިޔާތަކަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ މީޑިއާ އަކަށް ވަޑައިގަތީ ރާއްޖެޓީވީ އަށެވެ. އެއަށް ފަހު ވީޓީވީ އާއި ސަންގަށް ވެސް ވަޑައިގެންނެވިއެވެ.
އިންތިހާބީ ރައީސް ސޯލިހު ގެންދަވަނީ މީޑިޔާތަކުގެ އިތުރުން އާންމު ރައްޔިތުންނާ ވެސް ބައްދަލު ކުރައްވަމުންނެވެ.

ރާއްޖެޓީވީ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތުމަކީ އަބަދު ވެސް ދެކިވަޑައިގެންނެވި ހުވަފެނެއް ކަމަށާއި ނޫސްވެރިކަމުގެ އެންމެ ބިރުވެރި ދުވަސްވަރު އެކަމުގެ ތެރޭގައި ހަރަކާތްތެރި ވެވަޑައިގަތުމުން އެކަމުގެ ނުރައްކާ ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާ ކަމަށެވެ.
ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ވެސް ހުޅުވަނީ ރާއްޖެޓީވީ ކަމަށާއި އެންމެ ގިނަ ބަޔަކު ބަލާ ޗެނަލް އަކީވެސް ރާއްޖެޓީވީ ކަމަށް އންތިހާބީ ރައީސް ވިދާޅުވިއެެވެ.