Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބު ބޭސްފަރުވާ

އަދީބު ގޭބަންދަށް ބަދަލުކޮށްދިނުމަށް ކަރެކްޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެޗްއާރުސީއެމްގެ ކިބައިން އެދިއްޖެ

25 އޮކްޓޯބަރު 2018 | ބުރާސްފަތި 06:58

އެޗްއާރުސީއެމްއަށް ސިޓީ ފޮނުވާފައި ވަނީ ބުރާސްފަތިދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 އޮކްޓޯބަރު 2018 | ބުރާސްފަތި 06:58
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަކޮޅު ހުރި ގޮތުން ގޭބަންދަށް ބަދަލުކޮށްދިނުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވާތީ، ބަންދުގައި ބަހައްޓައިގެން މިހާރުން މިހާރަށް އެކަން ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ނެރުމަށް އެދި ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ކިބައިން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އެދިވަޑައިގެންވިއެވެ.

އެޗްއާރުސީއެމް އަށް ބުރާސްފަތިދުވަހު ނަޝްވާ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އެންމެ ފަހުން ހަދާފައިވާ ސީޓީ ސްކޭނުން ދައްކާ ގޮތުން އެތެރެހަށީގައި އުފެދިފައިވާ ސިސްޓްތައް އިތުރުވެފައިވާ ކަމަށް ދައްކާ ކަމަށާއި ސިއްހީ ހާލަތު މާބޮޑަށް ގޯސްވެފައިވާތީ އަދީބު ގޭބަންދަށް ބަދަލުކޮށްދިނުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ބޭސްފަރުވާގެ ކަންކަމަކީ ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ވެފައި އެކަމުގައި ޖަލު ހުކުމެއްގައި ހުރި މީހެއް އިސްތިސްނާ ނުވާ ކަމަށް ނަޝްވާގެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.

އެންމެ ފަހުން އަދީބު ޑޮކްޓަރަށް ދައްކަން މާލެ ގެނެސްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހު ހެދި ޓްސްޓުތަކުގެ ނަތީޖާތައް ލިބިފައިވާއިރު، އެ އަށް ބެލުމަށް ފަހު އަދީބު ގޭބަންދުގައި ބެހެއްޓުމަށް ޑޮކްޓަރ ލަފާ ދެއްވާފައިވާ ކަމަށް ނަޝްވާ ވިދާޅުވިއެވެ. ނަޝްވާ ވިދާޅުވީ އަދީބުގެ އެތެރެހަށީގައި އުފެދިފައިވާ ސިސްޓުތައް އިތުރުވެފައިވާ ކަމަށް ޑޮކްޓަރ ވިދާޅުވެފައިވާ ކަމަށެވެ. އަދި ޖަލުގެ ހާލަތު ހުންނަ ގޮތުން އެހާލަތުގައި އަދީބު ގެއަށް ބަދަލުކުރަންޖެހޭ ކަމަށް ޑޮކްޓަރ ވިދާޅުވެފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.

އަދީބު ޖަލަށްލީ ފަހުން ސިއްހީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ޑޮކްޓަރުން އަދީބަށް ލަފާ ދެއްވާފައިވާއިރު، ސަރުކާރުން ދަނީ އެކަމަށް ހުރަސް އަޅަމުންނެވެ. އަދީބުގެ ހަށިގަނޑުގައި ސިސްޓެއް އުފެދިފައިވާ ކަމަށާއި ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޮމާ އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް އަދީބުގެ އާއިލާއިން ދަނީ ބުނަމުންނެވެ. ފަރުވާ ހޯދަން އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަށް އެތައް ފަހަރެއްގެ މަތިން އެދުނެވެ. އެހެން ނަމަވެސް އެ ފުރުސަތު ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް