Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިޚާބުގެ ކާމިޔާބީ

މާފަންނު މެދު ދާއިރާއިން އިންތިޚާބީ ރައީސާއި ނައިބު ރައީސަށް ހޫނު މަރުހަބާއެއް

24 އޮކްޓޯބަރު 2018 | ބުދަ 19:02

އިންތިޚާބީ ރައީސާއި ނައިބުގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުން މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 24 އޮކްޓޯބަރު 2018 | ބުދަ 19:02
ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ފަހަގަކުރުމަށް މާފަންނު މެދު ދާއިރާގައި ބޭއްވި ހަފްލާގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ފަހަގަކުރުމަށް މާފަންނު މެދު ދާއިރާގައި ބޭއްވި ހަފްލާގެ ތެރެއިން

އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކޮށް މަރުހަބާ ކިޔުމަށް މާފަންނު މެދު ދާއިރާއިން ބޮޑު ހަފްލާއެއް ބާއްވައިފިއެވެ.

ބުދަ ދުވަހުގެ ރޭ މުއިވެޔޮ މަގުގެ ބޮޑު ބައެއްގައި ބޭއްވި މި އުފާފާޅުކުރުމުގެ ހަފްލާގައި އިންތިޚާބީ ރައީސާ ސޯލިހް އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމާއި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތެެވެ.

Advertisement - newsAdvertisement

އިންތިޚާބީ ރައީސް ސޯލިހާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް

ތަފާތު ކެއުންތަކާއި ބޮޑުބެރާއި ނެށުމުގެ އައިޓަމްތަކާއިއެކު ކުރިއަށް ގެންދިޔަ މި ހަފްލާގައިވެސް އިންތިޚާބީ ރައީސާއި ނައިބު ރައީސާއި އެކު ފޮޓޯނެގުމަށްޓަކައި ވަރަށް ގިނައަދަދެއްގެ އާއްމުން ޖަމާވިއެެވެ.

އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބީ ރަމްޒުކޮށްދޭ ބޮޑު ކޭކެއްވެސް ކުޑަކުދިންނާއެކު މި ހަފްލާގައި އިންތިޚާބީ ރައީސް ސޯލިހް އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ވަނީ ފަޅައިފައެވެ.

މިހާރުގެ ރައީސް އަބްދުﷲ ޔާމީނު ބަލިކޮށް، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުންނާއި ރަށްރަށުގައި އަންނަނީ އުފާފާޅުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ. އޮފީސްތަކާއި ޖަމާއަތްތަކުން ގެންދަނީ އިންތިޚާބީ ރައީސް އާއި އިންތިޚާބ ނައިބު ރައީސް އަށް މަރުޚަބާ ކިޔަމުންނެވެ.

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ގުޅިގެން މާލެއާއި އަތޮޅުތެރޭގައި ދަނީ އުފާފާޅުކުރުމުގެ ހަފްލާތައް ބާއްވަމުންނެވެ.

މިއިންތިޚާބު ސޯލިހާއި ފައިސަލް ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. ވޯޓުލީ މީހުންގެ 58.4 ޕަސެންޓް މީހުން އިބޫ އަށް ތާއީދުކޮށްފައި ވެއެވެ. އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވެސް އެ މަނިކުފާނަށް ވަނީ ނާކާމިޔާބީ ލިބިވަޑައިގެންފަ އެވެ. އިންތިޚާބު ބާތިލުކުރަންޖެހޭ ވަރުގެ ހެއްކެއް ގަރީނާއެއް ހުށަހަޅުއްވާފައި ނުވާ ކަމަށް ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް