Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމެރިކާގެ އެމްބެސެޑަރ

އެމެރިކާ އިން ރާއްޖެ އަށް އާ ސަފީރެއް އައްޔަން ކޮށްފި

23 އޮކްޓޯބަރު 2018 | އަންގާރަ 07:45

ޓެޕްލިޓްޒް އައްޔަން ކުރައްވާފައިވަނީ މިއަދު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 23 އޮކްޓޯބަރު 2018 | އަންގާރަ 07:45
އަލައިނާ ބީ ޓެޕްލިޓްޒް ސަފީރު ކަމުގެ ހުވާ ކުރައްވަނީ

އަލައިނާ ބީ ޓެޕްލިޓްޒް ސަފީރު ކަމުގެ ހުވާ ކުރައްވަނީ

ދިވެހިރާއްޖެއާއި ސްރީ ލަންކާ އަށް އެމެރިކާއިން ކަނޑައަޅުއްވާ ސަފީރު ކަމަށް އަލައިނާ ބީ ޓެޕްލިޓްޒް އައްޔަން ކުރައްވައިފިއެވެ.

ރާއްޖެއާއި ސްރީ ލަންކާގެ ސަފީރު ކަމަށް ޓެޕްލިޓްޒް އައްޔަން ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ރައީސް ޓްރަމްޕްގެ އެ ނިންމެވުމަށް ސެނެޓުން ރުހުން ދީފައިވަނީ ސެޕްޓެމްބަރު މަހުގެ 7 ގައެވެ.

Advertisement - newsAdvertisement

އަލައިނާ، މަގާމުގެ ހުވާ ކުރެއްވީ އެމެރިކާގެ އަންޑަ ސެކްރެޓަރީ ޑޭވިޑް ހޭލްގެ ކުރިފުޅުމަތީގައެވެ.

ޓެޕްލިޓްޒް އަކީ އެމެރިކާގެ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެކެވެ. އެމެރިކާގެ ޚާރިޖިއްޔާއާ ޓެޕްލިޓްޒް ގުޅިވަޑައިގަތީ 1991 ވަނަ އަހަރުއެވެ. ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ޓެޕްލިޓްޒް ވަނީ އެމެރިކާއިން ނޭޕާލްއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި އަފްޣާނިސްތާނާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން އޭޝިއާގެ ގައުމުތަކުގައި ވެސް ވަނީ މަސައްކަތް ކުރައްވާފައެވެ.

ޚާރިޖީ ދާއިރާގައި އޭގެ ފަހުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު އޭގެ ބޮޑު ބައެއް ހޭދަކުރައްވާފައި ވަނީ ދެކުނު އޭޝިއާގެ ގައުމުތަކާއި އެ ގައުމުތަކާ ގުޅުން ހުރި މަސައްކަތްތަކުގައެވެ.

ރާއްޖެއާއި ލަންކާއަށް އެމެރިކާއިން އާ ސަފީރެއް ހަމަޖައްސާފައި މިވަނީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަތުލް ކޭޝަޕްގެ ދައުރު ހަމަވަމުންނެވެ. ކޭޝަޕް އެ މަގާމަށް ހަމަޖެއްސެވީ 2015 ވަނަ އަހަރުގެ އޯގަސްޓް 21 ވަނަ ދުވަހުއެވެ. މަގާމުގެ ދައުރު ހަމަވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ކޭޝަޕް ފާހަގަކުރެވިގެން ގޮސްފައިވަނީ، އިންސާނީ ހައްގުތަކާއި ގާނޫނު އަސާސީއަށް ގެނެވުނު ބަދަލުތަކާއި ރާއްޖޭގެ ސިޔާސީ ބައެއް ކަންކަމަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް