Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމްގެ މައްސަލަ

ގާސިމްގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްކޮށްފި

އިސްތިއުނާފީ 13 ނުކުތާއެއް ހުށައަޅާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2018 | ހޯމަ 10:05
ގާސިމް އިބްރާހީމް ކުނޫޒުގައި ވާހަކަ ދައްކަވަނީ

ގާސިމް އިބްރާހީމް ކުނޫޒުގައި ވާހަކަ ދައްކަވަނީ

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް، ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލާގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކޮށްފައި ވަނީ ހޯމަ ދުވަހު ވެ.

Advertisement - newsAdvertisement

ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް އެ ބޭފުޅުން ނިސްބަތްވާ ޕާޓީން ޓިކެޓް ހަމަޖައްސައިދީ އިތުރު ދައުރަކަށް އިންތިހާބު ކޮށްދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައި ވާތީ ކަމަށް ބުނެ، އެއީ ރިޝްވަތު ހުށަހެޅުމުގެ އަމަލެއް ކަމަށް ސާބިތުވާ ކަމަށް ނިންމުމަށް ފަހުގައެވެ.

ނަމަވެސް ގާސިމް އެވާހަކަ ވިދާޅުވީ މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ މ. ކުނޫޒްގައި އާންމުކޮށް ހުޅުވާލައިގެން އަދި ޓީވީތަކުން ވަގުތުން ދުރަށް ދައްކަމުން ދިޔަ ޖަލްސާއެއްގައެވެ. ގާސިމުގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން، އަލުން އެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައި، ކުރި އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ބައެއް ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލުކުރުމަށް ފަހު، އޭރު ކްރިމިނަލް ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އާދަމް އާރިފް އެ މައްސަލަ ބައްލަވައިގެން ޝަރީއަތް ހިންގުމަށް ފަހުގައެވެ.

ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމް ހައިކޯޓުގައި ގާސިމްގެ ފަރާތުން އިސްތިއުނާފު ކުރުމުން މިމަހުގެ 11 ވަނަ ދުވަހު އެ ކޯޓުގައި ވަނީ އެ މައްސަލައިގެ ފަހު އަޑުއެހުން ބާއްވާފައެވެ. އަދި އެ އަޑުއެހުމުގައި ގާސިމްގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގި ގޮތަކީ ގާނޫނުތަކަށް ބަލާއިރު އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ގާނޫނީ ވަކީލާ ވަނީ ވިދާޅުވެފައެވެ.

ރިޝްވަތު ހުށައެޅުމުގެ ކުށުގައި ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކޮށްދޭން ހައިކޯޓަށް ހުށައެޅި މައްސަލައިގައި ގާސިމްގެ ވަކީލުން ވަނީ އެ ހުކުމް ބާތިލް ކޮށްދޭން އެދި 13 ނުކުތާއެއް ހުށައަޅާފައެވެ. އޭގެ ތެރެއިން އެއް ނުކުތާއަކީ ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގާ ހުކުމް ކޮށްފައި ވުމެވެ.

އެ ނުކުތާއާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އާއި ޖިނާޢީ އިޖްރާއަތުގެ ގާނޫނަށް ބެލި ނަމަވެސް އެކަން އެ ގޮތަށް ކުރެވޭނެ ކަމަށް ފެންނަން ނެތް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ދައުލަތުން ފެންނަ ގޮތް ވިދާޅުވުމަށް މައްސަލަ ބައްލަވާ ބެންޗްގެ އިސް ގާޒީ ޝުޖާއު އުސްމާން އެކި ފަހަރު އެދިވަޑައިގަތުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެގޮތަށް ކުރިއަށް ގެންދެވިދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެއާ އެކު އެކަން ދަށު ކޯޓުގައި ދައުލަތުގެ ވަކީލުން ފާހަގަކުރިތޯ ފަނޑިޔާރު އެއްސެވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެރޭ ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ގެންދަން ނިންމައި ދައުލަތައް އެންގީ ހުލާސާ ބަޔާން އިއްވަން ކަމަށެވެ. ނަމަވެސް ދަށު ކޯޓުގައި ޣައިރު ހާޒިރުގައި ޝަރީއަތް ނުގެންދެވޭނެ ކަމަށް ވިދާޅުނުވީ ކީއްވެތޯ އެކި ފަހަރު ސުވާލު ކުރުމުން ސީދާ ޖަވާބެއް ދައުލަތުން ނުދެއްކުމުން ފަނޑިޔާރު ވަނީ ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ވެސް ފާހަގަ ކުރައްވާފައެވެ.

މި މައްސަލައިގައި ދައުލަތުން ބޭނުންވަނީ ކޮން ގޮތައްކަށް ނިންމަންތޯ ކުރި ސުވާލަށް ވެސް ނިއުމާ ސީދާ ޖަވާބެއް ނުދެއްވިއެވެ. ހަމައެކަނި ވިދާޅުވަމުން ގެންދެވީ "އަދުލުވެރި، އިންސާފުވެރި ހުކުމެއް އިއްވައި ދިނުމަށް" ކަމަށެވެ. އެގޮތަށް އޭނާ ވިދާޅުވުމުން އިސް ފަނޑިޔާރު ޝުޖާއު ވަނީ "އަދުލުވެރި، އިންސާފުވެރި ގޮތަކީ ކޮބައިތޯ" ސުވާލު ކުރައްވާފައެވެ. މީގެ ކުރިން އެހެން މައްސަލަތަކުގައި ދައުލަތުން އެދެނީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރުމަށް ނުވަތަ ތާއީދު ކުރުމަށް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވަނީ ހައި ކޯޓުން މައްސަލަ ނިންމާނީ ގާނޫނާ އެއްގޮތަށް ކަމަށް ދައުލަތުން ގަބޫލު ކުރާ ކަމަށާއި އެގޮތަށް ދައުލަތުން އެދެނީ އެ ސަބަބާ ހެދި ކަމަށެވެ. ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ގާސިމްގެ ފަރާތުން ފާހަގަކުރި އެންމެ މުހިންމު ނުކުތާއަށް ދައުލަތުން އެއްބަސްވީ ކަމަށާއި އެހެންވެ އިތުރަށް ދައްކަން ބޭނުންވާ ވާހަކައެއް ނެތް ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

އެހެންކަމުން ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގެ ވާހަކަތާއި އަދި ދައުވަތުގެ ވާހަކަތަކަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުގައި ގާސިމްގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އިޖުރާއަތާއި ގާނޫނާ ހިލާފަށް ކަމަށް ވާތީ ހައިކޯޓުން ވަނީ ކްމިނަލް ކޯޓުން ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކޮށްފައެވެ.

ގާސިމް ރިޝްވަތު ހުށަހެޅި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތުގައެވެ.

އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީއެވެ. އެ މައްސަލަ ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ގާސިމް ހުންނެވީ މިނިވަންކޮށްފައެވެ. ޖަރުމަނު ވިލާތުގައި ހުންނެވުމަށް ފަހު އޭނާ ދާދި ފަހުން ރާއްޖެ ވަޑައިގަތީ ވެސް ކަފާލާތުގެ ދަށުން މިނިވަން ކުރުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު