Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް

ބަލި ގަބޫލުނުކޮށް، ޕީޕީއެމުން ޕޮލިހަށް މައްސަލަ ހުށަހަޅަނީ

22 އޮކްޓޯބަރު 2018 | ހޯމަ 02:04

ހުކުމް ބަލައިގަންނަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 22 އޮކްޓޯބަރު 2018 | ހޯމަ 02:04
ޕީޕީއެމުން އާދީއްތަ ދުވަހުގެރޭ ބޭއްވި ޕްރެސްކޮންފަރެންސް

ޕީޕީއެމުން އާދީއްތަ ދުވަހުގެރޭ ބޭއްވި ޕްރެސްކޮންފަރެންސް

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ހިންގާފައިވާ ޖިނާއީ މައްސަލަތައް ތަހުގީގް ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް އިންތިޚާބު ބޮޑުތަނުން ނާކާމިޔާބުވި ރައީސް ޢަބްދުﷲ ޔާމީންގެ ޕީޕީއެމުން ނިންމައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއް ރަހީމް ޢަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ޙުކުމަށް އިހްތިރާމް ކުރައްވާ ކަމަށާއި އެހެންނަމަވެސް އެހުކުމުގައިވާ ގޮތަށް އިންތިޚާބުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ކަންކަން ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅުއްވައިގެން ޙައްޤު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޢަބްދުއްރަހީމް ވިދާޅުވީ ހުކުމުގެ ސަބަބުން ލިބުނީ އިތުރު ދިރުމެއް ކަމަށާއި ރައީސް ޔާމީން ހުންނެވީ ސާބިތުކަމާ އެކުގައި ކަމަށެވެ. އަދި ހުކުމުން ވަރަށް ބޮޑުއެއްޗެއް ބުނެދީފިކަމަށާއި އިންތިޚާބުގައި ހިންގާފައިވާ ޖިނާއީ ކުށްތައް ތަހުގީގް ކުރުމަށް ފުލުހުންނަށް ހުށަހެޅިދާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ހުކުމަށް ޕީޕީއެމުން ފުރިހަމައަށް އިހްތިރާމް ކުރަން. އަބަދުވެސް މި ޕާޓީއަކީ ކޯޓުގެ ހުކުމްތަކަށް އިހްތިރާމް ކުރާ ޕާޓީއެއް. އަޅުގަނޑުމެންގެ ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވަނީ އޭގެ މާނައަކީ އަޅުގަނޑުމެން އިންސާފް ހޯދުމަށް މިކުރަމުންދާ މަސައްކަތް ހުއްޓާލީއަކީއެއް ނޫނޭ. ސުޕްރީމް ކޯޓުގެ ހުކުމުގައި އެބައޮތް އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ދޮރެއް ހުޅުވައިދީފައި. ހުކުމުގައި އެބަބުނޭ އަޅުގަނޑުމެން ހުށަހެޅި މައްސަލައިގާ ހިމެނޭ ޖިނާއީ ކަންކަން ތަހުގީގް ކުރެވެންހުރި އިދާރާތައް މެދުވެރިކޮށް އެކަން ކުރެވޭނެކަމަށް. ހަމައެއާއެކު ކޮރަޕްޝަން ހިމެނޭ ކަންކަން ކޮރަޕްޝަނާ ބެހޭ އިދާރާތައް މެދުވެރިކޮށް ކުރެވޭނެކަމަށް. އެހެންވީމާ މިއޮތީ އަޅުގަނޑުމެންނަށް ވަރަށްބޮޑު ދޮރެއް ހުޅުވިގެން ގޮސްފައި. ސަޕޯޓަރުންނަށް ދަންނަވާލާނީ މިހާހިސާބުން އަޅުގަނޑުމެންގެ މަސައްކަތް ހުއްޓައެއް ނުލަމޭ ސުޕްރީމް ކޯޓުގެ އެހުކުމުން ލިބިދޭ ފުރުސަތު ބޭނުން ކޮށްގެން މި އިންތިޚާބުން ގެއްލިގެން މިއުޅޭ ހައްޤުތައް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާނަމޭ،" ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ރާއްޖެ އެމްވީން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ޢަބްދުއްރަހީމް ސާފުކޮށް ވިދާޅުވެފައިވަނީ އިންތިޚާބާ ގުޅޭ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުން ލިބިދޭ ފުރުސަތު ބޭނުން ކޮށްގެން ގެއްލިގެން ދިޔަ ކަމަށް ޕީޕީއެމްއިން އަމިއްލަ އަށް ތުހްމަތުކުރާ ހައްޤުތައް ހޯދަން މަސައްކަތްކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި ނަމަވެސް، އިންތިޚާބު ބާތިލުކުރުމާ ގުޅޭ ގޮތުން ގާނޫނުގައި ހުރި ހުރިހާ ދޮރެއް މިހާރު ވަނީ ބަންދުވެފަ އެވެ. އެހެންވެ، ދެން އިންތިޚާބު ބާތިލުކުރުމުގެ މަރުހަލާއަކަށް އެއްވެސް ކަމެއް ނުގެންދެވޭނެ ކަަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.

މިއިންތިޚާބުގައި ރައީސް ޔާމީނަށްވުރެ މާ ގިނަ ވޯޓު ލިބި ފަރަގު އެހާ ބޮޑުވެގެން ދިޔައީ ކީއްވެތޯއޭ ދެންނެވުމުން ޢަބްދުއް ރަހީމް ވިދާޅުވީ އެއީ ވޯޓު އޮޅުވާލުމުގެ ސަބަބުން ވީ ކަމެއް ކަމަށެވެ. ނަމަވެސް، ވޯޓު އޮޅުވާލުމާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަޅާފައެއް ނެތެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް