Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހުތާޒު މުހުސިން އާއި ގާޒީ ނިހާނު

މުހުތާޒު މުހުސިނާއި ގާޒީ ނިހާނުގެ ޝަރީއަތުގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި

ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ 11:30 ގަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2018 | އާދީއްތަ 03:20
މުހުތާޒު މުހުސިން އާއި ގާޒީ ނިހާނު

މުހުތާޒު މުހުސިން އާއި ގާޒީ ނިހާނު

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އާއި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.

މުހުތާޒުގެ މައްޗަށް ކުރާ ދެ ދައުވާ އަކާއި ނިހާނުގެ މައްޗަށްކުރާ ތިން ދައުވާއެއް ޝަރީއަތުގެ އަޑުއެހުންތައް ތާވަލް ކޮށްފައިވަނީ އާދީއްތަ ދުވަހުގެ 11:30 އަށެވެ.

Advertisement - newsAdvertisement

މިމަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ އެ ދައުވާތަކާއި ގުޅިގެން، ޝަރީއަތް ނިމެންދެން މުހުތާޒު އާއި ނިހާނު ޖަލުގައި ބަނދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތައް ވަނީ ބާތިލް ކޮށްފަ އެވެ.

މުހުތާޒު މުހުސިނު އާއި ނިހާނުގެ މައްޗަށް، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ނެރެފައިވާ އަމުރު ބާތިލް ކުރިނަމަ ވެސް އެ ދެ ބޭފުޅުންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރި ޓެރަރިޒަމްގެ ދައުވާ އާއި ގުޅިގެން ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި ގުޅިގެން އެ ދެ ބޭފުޅުން ތިއްބަވަން ޖެހިވަޑއިގެންފައި ވަނީ ޖަލުގަ އެވެ. ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި މުހުތާޒު އާއި ނިހާނުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާއެއް ވެސް ކޮށްފައި ވެއެވެ. އަދި އެމައްސަލަ ނިންމައި ކްރިމިނަލް ކޯޓުން ވަނީ 17 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެ ދެ ބޭފުޅުންގެ މައްޗަށް އިއްވާފަ އެވެ.

މިހާރު ކްރިމިނަލް ކޯޓުގައި މުހުތާޒު އާއި ނިހާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތް ތަކަކީ "ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުން" ކުށުގެ ދައުވާ އެއް މުހުތާޒު އާއި ނިހާނުގެ މައްޗަށް ކޮށްފައިވާ ދައުވާއާއި، "ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުން" ކުށުގެ ދައުވާ މުހުތާޒުގެ މައްޗަށް ކޮށްފައިވާ ދައުވާ އެވެ.

އިތުރަށް ނިހާނުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަަކީ "ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން" ކުށުގެ ދައުވާ އާއި "ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުން" ކަމަށް ބުނާ ދައުވާ އެވެ.

މުހުތާޒު އާއި ނިހާނުގެ މައްޗަށް މިހާތަނަށް ހުކުމް ކޮށްފައި ވަނީ ހަމައެކަނި ޓެރަރިޒަމުގެ ދައުވާގަ އެެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މި ދެ ބޭފުޅުން 17 އަހަރަށް ޖަލަށް ލުމަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެންމެފަހުން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ އެ ފަސް ދައުވާ އާއި ގުޅިގެން، ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންދެން އެ ދެ ބޭފުޅުން ބަންދުގައި ބޭތިއްބުމަށް މީގެކުރިން އެކޯޓުން ނެރެފައިވާ އަމުރުތައް ބާތިލު ކުރުމަށް ދައުލަތުން ވެސް އެދިފައިވާއިރު، ކްރިމިނަލް ކޯޓުގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ކުރިއަށްދާ ދައުވާތަކަކީ އެންމެ ރަނގަޅު ދައުވާތަކެއް ނޫން ކަމަށް ދައުލަތުގެ ގާނޫނީ ވަކީލުން ވަނީ އެއްބަސްވެ، އެ ދައުވާތަކަށް އަވަސް ހުކުމެއް އިއްވައި ދިނުމަށް ވެސް އެދިފަ އެވެ.

ނަމަވެސް މުހުތާޒާއި ނިހާނުގެ ބަންދުގެ މުއްދަތުތައް ކްރިމިނަލް ކޯޓުން ބާތިލު ކުރި ނަމަވެސް ދައުވާތަކެއް ބާތިލެއް ނުކުރެ އެވެ.

މުހުތާޒު އާއި ނިހާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޓެރަރިޒަމްގެ މައްސަލައިގެ ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އަދި ކަފާލާތުގެ ދަށުން އެ ދެ ބޭފުޅުން ދޫކޮށްދިނުމަށް އެދުމުން، ހައިކޯޓުން ވަނީ އެ ދެ ބޭފުޅުން ދޫކޮށްދެވެން ނެތްކަމަށް ނިންމާފަ އެވެ. ގާޒީ ނިހާން ހައްޔަރު ކުރުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަގާމުން މުހުތާޒު ވަކިކުރައްވާފައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އޭރުގެ ނާއިބު ރައީސް ހައްޔަރު ކުރުމަށް ފަހު އެވެ. ޕީޖީގެ މަގާމަށް މުހުތާޒު އައްޔަން ކުރައްވާފައި ވަނީ އަދީބުގެ ނުފޫޒުން ކަމަށް އޭރު ވާހަކަ ދެކެވިފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު