Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގައްޒާއަށް ހަމަލާދިނުން

އިސްރާއީލުން ގައްޒާއަށް ވައިގެ ހަމަލާ ދޭން ފަށައިފި

17 އޮކްޓޯބަރު 2018 | ބުދަ 07:07

ގައްޒާއިން އިސްރާއީލަށް 2 ރޮކެޓް ހަމަލާ ދީފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 17 އޮކްޓޯބަރު 2018 | ބުދަ 07:07
ގައްޒާއަށް ދިން ހަމަލާއެއްގައި ހަލާކުވި އިމާރާތަކުން ދުން އަރަނީ

ގައްޒާއަށް ދިން ހަމަލާއެއްގައި ހަލާކުވި އިމާރާތަކުން ދުން އަރަނީ

އިސްރާއީލުން ފަލަސްޠީނުގެ ގައްޒާއަށް ވައިގެ ހަމަލާ ދޭން ފަށައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ މި ހަމަލާތަކަކީ އަންގާރަ ދުވަހުގެ ރޭ ފަތިހު ގައްޒާއިން އިސްރާއީލުގެ ދެކުނުގެ ޝަހަރެއް ކަމަށްވާ ބީރް ޝެވާއަށް ފޮނުވާލި ރޮކެޓު ހަމަލާއެއް އެ ޝަހަރުގެ ގެއަކަށް އަމާޒުވުމާ ގުޅިގެން އޭގެ ރައްދުގައި ދޭން ފެށި ހަމަލާތަކެއް ކަމަށެވެ. އަދި ހަމަލާ ދެމުންދަނީ ޓެރަރިސްޓުންގެ ޖަގަހަތަކަށް ކަމަށެވެ.

ގައްޒާގެ ރައްޔިތުންނާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އިސްރާއީލުން ހަމަލާ ދިނީ ގައްޒާގެ ތިން ސަރަޙައްދަކަށް ކަމަށާއި، ނަމަވެސް އެ ހަމަލާތަކުގައި މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.

އިސްރާއީލުން ބުނީ ބީރް ޝެވާއަށް ދިން ހަމަލާއާ ގުޅިގެން ޝޮކްގައި ތިބި ހަތަރު މީހަކަށް ފަރުވާދެމުންދާ ކަމަށެވެ. އިސްރާއީލުން އިތުރަށް ބުނެފައި ވަނީ ޔަހޫދީ ދައުލަތުގެ ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ފަތިހު ގައްޒާގެ ސަރަޙައްދުގެ ތެރެއިން އިސްރާއީލަށް ދިން ހަމަލާއަކީ ގިނަ ދުވަސްތަކަކަށް ފަހު އިސްރާއީލަށް ދިން ފުރަތަމަ ހަމަލާއެވެ. އަދި މިއީ 2014 ވަނަ އަހަރުގެ ފަހުން ގައްޒާގެ ތެރެއިން ދިން މިފަދަ ހަމަލާއެއް އިސްރާއީލުގެ ގެއަކަށް އަމާޒުވި ފުރަތަމަ ފަހަރެވެ.

ބީރް ޝެވާއަށް ދިން ރޮކެޓް ހަމަލާގެ އިތުރުން ގައްޒާއިން އިސްރާއީލުގެ ތެރެއަށް އިތުރު ހަމަލާއެއް ވެސް ފޮނުވާލާފައިވާއިރު، އެ ހަމަލާގައި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނަގާފައި ނުވާއިރު، އިސްރާއިލުން ވަނީ މި ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ހަމާސް ޖަމާޢަތުން ކަމަށް ބުނެފައެވެ.

މި ހަމަލާ ދިން އިރު އިސްރާއީލުން ފަލަސްޠީނަށް އަޅާފައިވާ ދަތިކުރުމާއި ހިޞާރު ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފަލަސްޠީނާއި އިސްރާއީލާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުން ވަނީ އިތުރުވެފައެވެ. އަދި މާޗް މަހުން ފެށިގެން ފަލަސްޠީނު – އިސްރާއީލު ބޯޑަރު ސަރަޙައްދުގައި ފަލަސްޠީނުގެ ރައްޔިތުން މުޒާހަރާކުރަމުންދާއިރު ނިމިގެންދިޔަ ހަފްތާގެ މުޒާހަރާތަކުގައި 14000 ރައްޔިތުން ވަނީ ބައިވެރި ވެފައެވެ. އަދި އޭގެ ތެރެއިން 20 މީހަކު ބޯޑަރު ހުރަސްކުރަން މަސައްކަތް ކުރުމުން އިސްރާއީލު ސިފައިން ބަޑިޖަހައި، އޭގެ ތެރެއިން 7 މީހަކު ވަނީ މަރާލާފައެވެ.

ގައްޒާއިން އަންގާރަ ދުވަހުގެ ރޭ ފަތިހު ފޮނުވާލި ރޮކެޓް ހަމަލާއާ ގުޅިގެން 4 މީހަކު ހޮސްޕިޓަލަށް ގެންގޮސް "ސިހުމަށް" ފަރުވާ ދެމުންދާއިރު، މާޗް މަހުން ފެށިގެން އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ 205 މީހަކު ވަނީ މަރާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް