Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓު އޮޅުވާލި ގޮތެއް ޕީޕީއެމްގެ ސަޕޯޓަރުންނަށް ވެސް ބުނެ ނުދެވުނު

17 އޮކްޓޯބަރު 2018 | ބުދަ 14:55

އޮޅުވާލި ގޮތް ކިޔައިދޭން ދިނުމަށް އެދުމުން ޖަވާބެއް ނުދިން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 17 އޮކްޓޯބަރު 2018 | ބުދަ 14:55
ވޯޓު އޮޅުވާލި ކަމަށް ބުނެ ސުޕްރީމް ކޯޓު ކައިރީގައި އަޑުއުފުލި ބައެއް ސަޕޯޓަރުން: ވޯޓު އޮޅުވާލި ގޮތް ކިޔައިދޭން އެދުމުން ޖަވާބެއް ނުދިން

ވޯޓު އޮޅުވާލި ކަމަށް ބުނެ ސުޕްރީމް ކޯޓު ކައިރީގައި އަޑުއުފުލި ބައެއް ސަޕޯޓަރުން: ވޯޓު އޮޅުވާލި ގޮތް ކިޔައިދޭން އެދުމުން ޖަވާބެއް ނުދިން

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ކޯޓުގެ ކައިރިއަށް އެއްވެ، އަޑުއުފުލި ޕީޕީއެމްގެ ސަޕޯޓަރުންނަށް ވެސް ވޯޓު އޮޅުވާލި ގޮތް ކިޔައި ނުދެވި، "ބޭޒާރު ވެއްޖެ"އެވެ.

އިންތިހާބާ ގުޅޭ އެންމެ ފަހު އަޑުއެހުން ސުޕްރީމް ކޯޓުގައި އަންގާރަ ދުވަހު ކުރިއަށް ދިޔަ ވަގުތު ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަނީ އެ ސަރަހައްދަށް ގޮސް، އިންތިހާބު ގަޑުބަޑު ކޮށްލާފައިވާ ކަމަށް ބުނެ އަޑުއުފުލާއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުގެ އިސްތިއުފާ އަށް ގޮވައި، އަލުން އިންތިހާބެއް ބޭއްވުމަށް ޕީޕީއެމުން ބަޔަކު ވަނީ އަޑުއުފުލާފައެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ވެސް ޖަމާވެފައި ތިބި ތަނުގައި، ތިބެގެން އަޑުއުފުލި ޕީޕީއެމްގެ ސަޕޯޓަރުންނާ، ރާއްޖެޓީވީގެ "ރައްޔިތުންގެ ހުކުމް"ގެ ކަވަރޭޖުގެ ތެރެއިން ވަނީ ސުވާލުކޮށްފައެވެ. ވޯޓު އޮޅުވާލީ ކިހިނެއްތޯ ރާއްޖެޓީވީން އެ މީހުންނަށް ސުވާލު ކުރުމުން ޖަވާބު ދިނުމަށް ވަނީ ފަސްޖެހިފައެވެ.

"ވޯޓު އޮޅުވާލީ އެތަނުގައި ތިބި އިލެކްޝަންސްގެ އޮފިޝަލުންނޭ... އަޅުގަނޑުމެންގެ މީހުންނެއް ނުތިބޭނެ އެތާކު [ވޯޓުލާ މަރުކަޒުތަކުގައި]. އަޅުގަނޑުމެންގެ މީހުން ލައްވާ އެގްރިމެންޓުގައި ސޮއެއް ނުކުރޭ. އަޅުގަނޑުމެންގެ މީހުންނަކަށް ފާހެއް ނުދޭ. އެ މީހުން ބޭނުން ބަޔަކަށް ބޭނުން ކަމެއް ކުރީ. ހަގީގަތް އެނގޭތީ މިބުނީ. ދެން އިތުރަކަށް އެއްޗެއް ބުނާކަށް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑުމެންގެ ކުރިމަތީގައި ވަނީ މަކަރު ހަދާފަ،" ސުޕްރީމް ކޯޓު ކައިރި އަށް އެއްވެފައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރެއިން އަންހެނަކާ ސުވާލުކޮށްލުމުން ބުންޏެވެ. ވޯޓު އޮޅުވާލި ގޮތް ކިޔައި ދިނުމަށް އޭނާއާ ތަކުރާރުކޮށް ސުވާލު ކުރުމުން ޖަވާބެއް ނުދިނެވެ.

ވޯޓު އޮޅުވާލި ކަމަށް ބުނެ، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ހިޔާލީ ވާހަކަތަކެއް ހިމެނޭ ކަމަށް ބުނަމުން ދަނިކޮށް، ޕީޕީއެމްގެ އެކްޓިވިސްޓުންނަށް ވެސް އެ ވާހަކަ ތަފްސީލު ނުކުރެވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަނެއްކާ ވެސް ދަނީ އެކަމަށް އަމާޒުވަމުންނެވެ. އެގޮތުން އަސާސެއް ނެތް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް، ހިޔާލީ ވާހަކަތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅެނީ ރައީސް ޔާމީނަށް ބަލި ގަބޫލު ނުކުރެވިގެން ކަމަށް ބުނެ ދަނީ ފާޑުކިޔަމުންނެވެ.

ސުޕްރީމް ކޯޓުގެ ސަރަހައްދަށް ޖަމާވި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާ ރާއްޖެޓީވީން ސުވާލު ކުރުމުން ބައެއް މީހުން ބުނެފައި ވަނީ ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަކީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި މިދިޔަ މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ނުކުމެ، ވޯޓުލައިގެން ނެރުނު ނަތީޖާ ބާތިލު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް އެ މީހުން ބުންޏެވެ.

"މިހާރު މިއޮތީ ވޯޓެއް ލައިގެން ވަރަށް ސާފުކޮށް ނިންމާފައި. ދުސްތޫރީ މައްސަލަ އެއް ގައި ޖިނާއީ ހެކި ހޯދާކަން ނުވެސް ޖެހޭ. މިކަމަކީ ކޯޓަށް ވެސް ދާންޖެހޭ ވަރު ކަމެއް ނޫން. މިއަށް ވުރެ ރަނގަޅު ވާނެ މިކަން ވެމްކޯއަށް ހުށަހެޅިޔަސް. އަހަރުމެން ދުލެއް ނުކުރާނަން. އަހަރުމެން ތިބޭނީ ބަންދުގައި. އަހަރުމެން ޖަލަށް ލިޔަސް މަރާލިޔަސް، މިތާކުން ނުދާނަން. ރައްޔިތުން ނުދާނެ މިތަނަކުން،" އެއްވުމުގެ ބައިވެރިންގެ ތެރޭގައި ހުރެ ރާއްޖެޓީވީއާ ވާހަކަ ދެއްކި ކ. މާފުށީ ގެސްޓްހައުސް ވިޔަފާރިވެރިޔާ މުހައްމަދު އާދިލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް