Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިކާބު

އިންތިޚާބު ބާތިލްކުރަން ހުށަހަޅުއްވާފައިވާ މައްސަލައަކީ ހަވާ ނަފްސަށް އީމާންވާ މީހެއްގެ ޚިޔާލީ ވާހަކަ:ހަސަން

17 އޮކްޓޯބަރު 2018 | ބުދަ 04:18

ހުށަހަޅުއްވާފައިވާ މައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅުއްވާފައިވާ މައްސަލައެއް ނޫން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 17 އޮކްޓޯބަރު 2018 | ބުދަ 04:18
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

ރައީސް ޔާމީންގެ ފަރާތުން އިންތިޚާބް ބާތިލުކުރަން ސުޕްރީމް ކޯޓްއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ހަވާ ނަފްސަށް އީމާންވާ މީހެއްގެ ޚިޔާލީ ވާހަކައެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން އިންތިޚާބް ބާތިލް ކުރަން ސުޕްރީމް ކޯޓްއަށް ހުށަހަޅުއްވާފައިވާ މައްސަލަ އަކީ އެ މަނިކުފާނުގެ ދެކެވަޑައިގަންނަވާ ގޮތުގައި ހަވާ ނަފްސަށް އިމާންވާ މީހެއްގެ ޚިޔާލީ ފޮލާއެއްގެ ގޮތުގައި ކަމަށެވެ.

Advertisement - newsAdvertisement

އިންތިޚާބް ބާތިލް ކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅުއްވާފައިވާ މައްސަލައެއް ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން އިންތިޚާބް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ މަނިކުފާނުގެ ވަކީލުން ސުޕްރީމް ކޯޓްގައި ސާބިތުކޮއްދޭން ޖެހުނު ކަމަކީ 38000 ވޯޓްގެ ތަފާތުން އިބްރާހިމް މުހައްމަދު ސޯލިހު ކުރީގައި އޮތް އިރު، އެ އަދަދުގެ ތަފާތެއް ނެތްކަން ދޭހަ ކޮއްދިނުން ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓް ތެރޭގައި މި މައްސަލައަށް ހަތަރު ދުވަސް ފާއިތުވެގެންގޮސް މައްސަލަ ނިމިގެންގޮސް ހުކުމާއި ހިސާބަށް ދިޔައިރުވެސް އެންމެ ހިސާބު އަކުރެއްވެސް ރައީސް ޔާމީންގެ ވަކީލުންނަށް ވިދާޅުވެނުދެއްވުނު ކަމަށާއި، އެންމެ ވޯޓް ފޮއްޓެއްގެ އަދަދުވެސް ވިދާޅުވެނުދެއްވުނު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ދެއްކިފައެއް ނެތް. އެހެންވީމަ އެ ބޭފުޅުން ހުށަހެޅުއްވި މައްސަލަ ވީކް އީ. ހިނގާފައި ހުރި ކަމެއްގެ ވާހަކަ ނުދައްކާ. އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ މިހެންވީމަ އެހެން ވުމުގެ ފުރުސަތު އެބައޮތޭ. ހުށަހެޅުއްވި މައްސަލަ ސާބިތުކުރެވޭ ވަރުގެ ހެއްކާއި، ގަރީނާއެއްވެސް ނެތް ހުށަހަޅާފައި،" ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތުން ރިޔާސީ އިންތިޚާބް ބާތިލް ކުރަން ސުޕްރީމް ކޯޓްއަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް އަންގާރަ ދުވަހު ނިންމާލާފައި ވާއިރު، ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުންއެވެ. ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް އޮންނާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ތާވަލްކޮށްފައެއް ނުވެއެވެ. އަންގާރަދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވިއިރު، މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް