Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

'ނަމަސްތޭ އިންގްލެންޑް' އާއި 'ބަދާއީ ހޯ' ރިލީޒްކުރާ ދުވަސް އަވަސްކޮށްފި

މި ދެ ފިލްމް ރިލީޒްކުރުން އޮކްޓޯބަރު 18 އަށް ވަނީ އަވަސް ކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 17 އޮކްޓޯބަރު 2018 | ބުދަ 15:00
\'ނަމަސްތޭ އިންގްލެންޑް\'ގެ ޕޯސްޓަރަކާއި \'ބަދާއީ ހޯ

\'ނަމަސްތޭ އިންގްލެންޑް\'ގެ ޕޯސްޓަރަކާއި \'ބަދާއީ ހޯ

ބޮލީވުޑްގެ ބޮޑު ދެ ފިލްމް ކަމަށްވާ "ނަމަސްތޭ އިންގްލެންޑް" އަދި "ބަދާއީ ހޯ" ރިލީޒްކުރާ ދުވަސް އަވަސް ކޮށްފިއެވެ.

މި ދެ ފިލްމް ރިލީޒް ކުރުން އޮކްޓޯބަރު 18 އަށް އަވަސް ކޮށްފައި މި ވަނީ ފޭނުންނަށް މިހާރު އިންޑިއާ ގައި ކުރިއަށްދާ ނަވްރާތުރީ ފެސްޓިވަލްގެ ފަހު ދުވަސް ކަމަށްވާ ދަސުހްރާ ދުވަހާއި ގުޅުވައިގެން ދޭ ހަދިޔާއެއްގެ ގޮތުގައެވެ.

"ނަމަސްތޭ އިންގްލެންޑް" ރިލީޒްކުރާ ތާރީޚް ބަދަލުވި ކަން އިއުލަން ކޮށްފއި ވަނީ އެފިލްމްގެ ލީޑް ރޯލުން ފެނިގެންދާ އަރުޖުން ކަޕޫރު ކޮށްފައިވާ ޓްވީޓެއްގައެވެ.

މީގެ އިތުރުން "ބަދާއި ހޯ" ގެ ތަރި އަޔުޝްމަން ކުރާނާ ވެސް ވަނީ އޭނާގެ ފިލްމް ރިލީޒްކުރާ ތާރީޚް ބަދަލުވި ޚަބަރު ޓްވިޓާ މެދުވެރިކޮށް ފޭނުންނަށް ދީފައެވެ.

މި ދެ ފިލްމް ވެސް ރިލީޒް ކުރުން އަވަސް ކުރަން ނިންމާފައި މި ވަނީ ދަސުހްރާ ސެލެބްރޭޝަން އާ ގުޅުވައިގެން ލިބޭ ދިގު ޗުއްޓީއާ ދިމާކޮށް ރިލީޒް ކުރުމަށް ފިލްމް އުފައްދާ ފަރާތްތަކުން ނިންމައިގެން ކަމަށް ޚަބަރުތައް ބުނެފައެވެ.

"ނަމަސްތޭ އިންގްލެންޑް" ގައި ފެނިގެން ދާނީ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާއެވެ. މި ފިލްމްގެ މަންޒަރުތައް ނަގާފައި ވަނީ ޕަންޖާބް އަދި ލަންޑަންގައެވެ. ވިޕުލް އަމްރުތުލާލް ޝާހު ޑައިރެކްޓްކުރާ މި ފިލްމަކީ 2007 ވަނަ އަހަރު ރިލީޒް ކޮށްފައިވާ އަކްޝޭ ކުމަރާއި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެން ގޮސްފައިވާ ފިލްމް "ނަމަސްތޭ ލަންޑަން" ގެ ސީކުއެލް އެކެވެ.

"ނަމަސްތޭ އިންގްލެންޑް" އަކީ އަރުޖުން އާއި ޕަރިނީތީ އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. މި ދެތަރިން އެންމެ ފުރަތަމަ ކުޅެފައި ވަނީ މި ދެ ތަރިން ވެސް ބޮލީވުޑަށް ތަޢާރަފް ވެގެން ދިޔަ ފިލްމް "އިޝަގް ޒާދޭ" އެވެ.

"ބަދާއީ ހޯ" އަކީ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި އަޔުޝްމަންއާ ފެނިގެން ދާނީ "ޑަންގަލް" އިން ފެނިގެންދިޔަ ސަނާޔާ މަލޯތްރާ އެވެ. މީގެ އިތުރުން ނީނާ ގުޕްތާ އާއި ސުރޭޚާ ސިކްރީ، ގަޖްރާޖް ރާއޯ އަދި ޝީބާ ޗައްދާ ފެނިގެންދާނެއެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ "ތޭވަރް" ގެ ޑައިރެކްޓަރ އަމިތް ޝަރްމާއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު