Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓު އޮޅުވާލުމުގެ ތުހުމަތު، ޝަރީފް ކުރައްވަނީ ރައީސް ޔާމީންއަށް!؟

16 އޮކްޓޯބަރު 2018 | އަންގާރަ 09:07

ވޯޓު ބަދަލުކުރަން ޝަރީފް އަނގޮޓިތަކެއް ގެންނެވި ކަމަށް ރައީސް ޔާމީން ތުހުމަތުކުރައްވާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 އޮކްޓޯބަރު 2018 | އަންގާރަ 09:07
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލަން މަސައްކަތް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ކުރެއްވި ޓްވީޓްތަކެއް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ރީޓްވީޓު ކުރައްވައިފިއެވެ.

މެމްބަރު އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަނގޮޓި އަމިއްލައަށް އެތެރެކޮށްގެން އޭގެ ފޮޓޯ ނަގައިގެން ހެކީގެ ގޮތުގައި ހުށަހަޅައިގެން، އިންތިހާބު އޮޅުވާލަން އަމިއްލައަށް ކުރަން ރާވާފައި ހުރި ކަންކަން ވާހަކަ ހެކީގެ ގޮތުގައި ހުށަހަޅައިގެން ރައީސް ޔާމީން ހިންގަން އުޅެނީ ޖަރީމާއެއް ކަމަށެވެ.

Advertisement - newsAdvertisement

ދާދި ފަހަކާ ޖެހެންދެން ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވި ޝަރީފު ވަނީ އަމީތުގެ އެޓްވީޓް ރީޓްވީޓް ކުރައްވާފައެވެ. އަމީތުގެ އެ ޓްވީޓް ޝަރީފް ރީޓްވީޓް ކުރެއްވިއިރު، ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލާގައި، އަނގޮޓިތަކެއް ރާއްޖެ އެތެރެކުރި ކަމަށް ތުހުމަތުކޮށްފަ އިވަނީ ޝަރީފުގެ މައްޗަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަން ސާބިތު ކުރަން ސިއްރު ހެކީންގެ ގޮތުގައި ބަޔަކު މީހުން ހުށަހަޅާފައި ވެއެވެ. ނަމަވެސް އެމީހުންގެ ހެކި ބަސް ނުނަގަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

ޝަރީފް އޭނާގެ ޓްވީޓަރ އެކައުންޓުން ކުރެއްވި ރީޓްވީޓް (ސްކްރީންޝޮޓް)

މީގެ އިތުރުން، ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވައި، އަދި ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ދެ ފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް އެމަނިކުފާނުގެ ޕީޕީއެމުން ވެސް ބުނުމަށް ފަހު، ހަފްތާއެއް ފަހުން ވަނީ އެކަން ބަދަލުކޮށް، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މައްޗަށާއި ހާއްސަކޮށް އެކޮމިޝަނުގެ ރައީސް ޝަރީފްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. މީގެ އިތުރުން، ރައީސް ޔާމީން ވަނީ މާލެ އާއި މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ގޮވާލައްވާފައެވެ. އެހެން ނަމަވެސް މުޒާހަރާ ކުރަމުންދަނީ ކޮންމެ ރެއަކު ވިއްސަކަށް މީހުން އެއްވެ ޕީޕީއެމް އޮފީސް ދޮރުމަތީގައެވެ. އެ މުޒާހަރާތަކުގައި އިސްކޮށް ހުންނަވަނީ ވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީއެވެ. އަދި މުއާޒު ވަަނީ ސިލްސިލާކޮށް ޕީޕީއެމުން ކުރަމުންދާ މުޒާހަރާގައި ތަކުރާރުކޮށް ޝަރީފަށް ވަގަށް ގޮވާފައެވެ. އަދި އެ މަންޒަރުތައް ބައެއް ޓީވީ ޗެނެލްތަކުން ދައްކާފައި ވެސް ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް