Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ހުރިހާ އާރަކާއި ބާރެއް އޮވެ ބޮޑުތަނުން ބަލިވެ އަލުން އިންތިޚާބު ބޭއްވިއަސް މޮޅު ވުމަކީ ވަރަށް ދުރުކަމެއް: އީސީގެ ކުރީގެ ނާއިބު ފަޔާޒު

16 އޮކްޓޯބަރު 2018 | އަންގާރަ 04:45

ޕީޕީއެމުން ވޯޓުލި ދުވަހު ފޮށިތައް ބަލަހައްޓަން ތިބި މީހުން ދެން އަލުން ޔާމީނަށް ވޯޓު ނުލާނެ ކަމަށް ސޯޝަލް މީޑިއާގައި ބުނި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 އޮކްޓޯބަރު 2018 | އަންގާރަ 04:45
އިލެކްޝަންސް ކަމިޝަންގެ ކުރީގެ ނާއިބު ރައީސް އަހުމަދު ފަޔާޒު

އިލެކްޝަންސް ކަމިޝަންގެ ކުރީގެ ނާއިބު ރައީސް އަހުމަދު ފަޔާޒު

ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގައި ހުރިހާ އާރަކާއި ބާރަކާއި ވަސީލަތެއް އޮވެ، އިންތިޚާބުން "ބޮޑުތަނުން ބަލިވުމުން" ދެން އަލުން އެމަނިކުފާނު އިންތިޚާބުގައި ކާމިޔާބު ކުރެވުން އެއީ ދުރުކަމެއް ކަމަށް ކުރީގެ އިލެކްޝަންސް ކަމިޝަންގެ ނާއިބު ރައީސް އަހުމަދު ފަޔާޒު ވިދާޅުވެއްޖެއެވެ.

ފަޔާޒު ރާއްޖެޓީވީގައި ވިދާޅުވީ ދުނިޔޭގެ ތާރީޚުން އެނގޭ ގޮތުގައި އިންތިޚާބެއްގައި މީހަކު ބަލިވެއްޖެ ނަމަ އެ މީހަކަށް ލިބިފައިވާ ގާނޫނީ ހައިސިއްޔަތު ގެއްލުނީ ކަމަށެވެ. އަދި ރާއްޖެއަށް ބަލާއިރު ރައީސް އަބްދުﷲ ޔާމީނަށް ރާއްޖޭގެ ތަނަވަސް އަޣުލަބިއްޔަތަކުން ނޫނެކޭ ބުނެފައިވާ ކަމަށާއި ދުނިޔޭގެ އެއްވެސް ހިސާބެއްގައި އިންތިޚާބުން ނާކާމިޔާބު ވެފައިވާ ބޭފުޅަކަށް އެ އިންތިޚާބެއް ބާތިލް ކުރުމަށް ފަހު އަލުން އިންތިޚާބު ބޭއްވުމުން ކާމިޔާބު ވެފައި ނެތް ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި ފަޔާޒު ވިދާޅުވީ ރައީސް ޔާމީން ނިސްބަތްވާ ޕީޕީއެމުން ވޯޓުލި ދުވަހު ފޮށިތައް ބަލަހައްޓަން ތިބި މީހުން ދެން އަލުން އެމަނިކުފާނަށް ވޯޓު ނުލާނެ ކަމަށް ބުނެ ސޯޝަލްމީޑިއާގައި މިހާރު ވެސް އެތައް ބަޔަކު ހިއްސާކޮށްފައިވާ ވާހަކަތަކުން އެކަމަށް އެކި ދޭ ކަމަށެވެ.

Advertisement - newsAdvertisement
"އެއީ އޭނާގެ ލެޖިޓިމެސީ ގެއްލޭ ހިސާބުން އޭނާއަށް ވޯޓު ދިން މީހުންނެއް ވެސް އޭނައަކަށް ވޯޓެއް ނުދޭނެ. މިހާރު ސޯޝަލް މީޑިއާއަށް ބަލާއިރު އެ ދުވަހު ފޮށިތައް ބަލަހައްޓަން ތިބި ޕީޕީއެމަށް ސަޕޯޓު ކުރާ މީހުން އެބުނަނީ ދެން އެމީހުންނެއް އޭނައަށް ވޯޓެއް ނުދޭނަމޭ. އެހެންވީމަ މިއިން އެނގޭ އެއްޗަކީ އިންތިޚާބެއް ބާތިލް ކޮށްގެން އެ ދެވަނަ ފަހަރަށް ނުވަތަ ތިންވަނަ ފަހަރަށް ބޭއްވި ކަމުގައިވިއަސް ގާނޫނީ ލެޖިޓިމެސީ ގެއްލުނު ހިސާބުން ހޮވިފަކާނެތް އަދި މިހާތަނަށް،" ފަޔާޒު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލީ އެކަކު ވެސް ވޯޓުލުމަށް ފަހު އޭގައި ހުރި ގޯސްކަމެއްގެ ވާހަކައެއް ދައްކާފައި ނުވާ ކަމަށާއި ވޯޓުލުން ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށް އެންމެން ވެސް ފާހަގަކޮށްފައިވާ ކަމަށް ފަޔާޒު ވިދާޅުވިއެވެ.

2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބަކީ އެންމެ ލަސްކޮށް ދިޔަ އިންތިޚާބު ކަމަށްވީ ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާފައި ވަނީ ރައްޔިތުން އެތައް ގަޑިއިރު ކިޔުގައި އެއްވެސް ޝަކުވާއެއް ނެތި ތިބެ ކަމަށް ފަޔާޒު ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޔާމީން ބަލި ގަބޫލު ކުރައްވައި އޭގެ ދުވަސްކޮޅެއް ފަހުން ރާގު ބަދަލުވެ މިހިނގާދާ ކަންތައްތަކަކީ ގައުމު ހަލަބޮލިވެ މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަނުޖެހުމުގެ ތެރެއަށް ދާވަރުގެ އެއްވެސް ކަމެއް ދިވެހި އެއްވެސް ރައްޔިތަކު ކޮށްގެން ނުވާނެ ކަމަށް ފަޔާޒު ވިދާޅުވިއެވެ.

"މުޅި ގައުމު ނުތަނަވަސްކަމާއި ހަމަނުޖެހުމުގެ ތެރެއަށްދާފަދަ އެއްވެސް ކަމެއް އެއްވެސް ދިވެހި ރައްޔިތަކު ކޮށްގެން ނުވާނެ. މިހާރު މިއޮތް ހާލަތަކީ އަޅުގަނޑު އެންމެ ހިތާމަ ކުރާ ހާލާތެއް. އަޅުގަނޑު ވަރަށް ދެރަވާވެސް ހާލަތެއް." ފަޔާޒު ވިދާޅުވިއެވެ.

ފަޔާޒު ވިދާޅުވީ ޑިމޮކްރަޓިކް ގައުމެއްގައި އެންމެ ފުރަތަމަ އިންތިޚާބު ބާތިލް ކުރި ގައުމަކަށް ވެފައި ވަނީ ރާއްޖެ ކަމަށާއި އެކަމާއި ބޭރު ދުނިޔެއިން މަލާމާތް ކުރާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 މެއި 2017

ސަރުކާރުން ވަނީ މަސައްކަތް ތެރިންގެ ހައްގުތަކަށް ބޮޑުތަނުން އިހުމާލުވެފައި: ޝާހިދު

01 މެއި 2017
ސަރުކާރުން ވަނީ މަސައްކަތް ތެރިންގެ ހައްގުތަކަށް ބޮޑުތަނުން އިހުމާލުވެފައި: ޝާހިދު
15 އެޕްރީލު 2017

މިއައީ ހަ ދުވަހުގެ ސްކޮލަޝިޕެއްގައި އޮވެފައި: ގާސިމް

15 އެޕްރީލު 2017
މިއައީ ހަ ދުވަހުގެ ސްކޮލަޝިޕެއްގައި އޮވެފައި: ގާސިމް
13 އެޕްރީލު 2017

މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް

13 އެޕްރީލު 2017
މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް
10 އެޕްރީލު 2017

އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!

10 އެޕްރީލު 2017
އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!
06 އެޕްރީލު 2017

އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް

06 އެޕްރީލު 2017
އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް
27 މާރިޗު 2017

ސަރުކާރު ބަލިވެ ފިނޑިވެއްޖެ: ޑރ. ޖަމީލް

27 މާރިޗު 2017
ސަރުކާރު ބަލިވެ ފިނޑިވެއްޖެ: ޑރ. ޖަމީލް
26 މާރިޗު 2017

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

26 މާރިޗު 2017
މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން
09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
16 ފެބުރުއަރީ 2017

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް

16 ފެބުރުއަރީ 2017
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް