Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަމާލް ޚަޝޯގީ

ޖަމާލް ޚަޝޫގީ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް އޮފީހުގައި މަރާލާފައި ވާނަމަ ހަރުކަށި އަދަބެއް ދޭނަން: ޓްރަމްޕް

ޚަޝޫގީ ގެއްލިފައި ވަނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2018 | އާދީއްތަ 14:44
ަޖަމާލް ޚަޝޫގީ

ަޖަމާލް ޚަޝޫގީ

ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ، ޖަމާލް ޚަޝޫޤީ އިސްތަންބޫލް ގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް އޮފީހުގައި މަރާލާފައި ވާނަމަ, ސައޫދީ ސަރުކާރަށް ހަރުކަށި އަދަބެއް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސީބީއެސް އަށް ދެއްވި އިންޓަރވިއު އެއްގައި ޓްރަމްޕް ވިދާޅުވީ ޚަޝޫޤީގެ ކޭސް އަކީ ޚާއްސަ ކޭސް އެއް ކަމަށާއި، މި ކޭސް ޚާއްސަވެގެން ދަނީ އޭނާ އަކީ ނޫސްވެރިއަކަށް ވާތީ ކަމަށެވެ.

ޓްރަމްޕް މިހެން ވިދަޅުވެފައި ވަނީ ޚަޝޫޤީ އިސްތަންބޫލް ގައި ހުންނަ ސައޫދީ ކޮންސިއުލޭޓް އޮފީހުގައި އޭނާ މަރާލާފައިވާ ކަމުގެ ވީޑިޔޯ އާއި އޯޑިއޯ ހެކި ތުރުކީގެ އޮފިޝަލުންގެ އަތުގައި އެބަހުރި ކަމަށް ތުރުކީގެ އޮފިޝަލަކު ބީބީސީ ގައި ބުނެފައި ވަނިކޮށެވެ.

ޚަޝޫޤީ ގެއްލިފައިވާ މައްސަލަ ތަހްގީގް ކުރަމުންދާ ތަހްގީގީ ޓީމާއި ގާތް ފަރާތަކުން ބުނެފައި ވަނީ ތުރުކީގެ އިންޓެލިޖެންސްގެ އަތުގައި"ކިތާބީ ހެކި" އެބަ ހުރި ކަމަށެވެ. ނަމަވެސް ސައުދީ އަރަބިއްޔާގެ އިންޓީރިއަރ މިނިސްޓަރ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

ސައުދީގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވާ ގޮތުގައި ޕްރިންސް އަބްދުލް އަޒީޒް ބިން ސައުދު ބިން ނާއިފް ބިން އަބްދުލް އަޒީޒް ވަނީ ޚަޝޯގީ "މަރާލަން އަމުރުކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް އަދި އަސާސެއް ނެތް ތުހުމަތުތަކެއް" ކަމަށް ވިދާޅުވެފައެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން މަރާލުމާއި އަނިޔާކުރުމުގެ ކަންކަން ހިނގާފައި ވަނީ ކޮންސިއުލޭޓްގެ ތެރޭގައެވެ.

ތުރުކީގެ ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތްކުރާ އޮފިޝަލަކު ވަނީ ވީޑިއޯ އާއި އޯޑިއޯ އޮތްކަން ބީބީސީ އަރަބިކް އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ސާފު ނުވާ ކަމަކީ ތުރުކީގެ އޮފިޝަލުން ނޫން ބަޔަކަށް އެ ފެނި ނުވަތަ އަޑުއިވިފައި ނުވާ ވާކަމެވެ.

ވޮޝިންގޓަން ޕޯސްޓުގައި ވާހަކަ ދައްކާފައިވާ މީހަކު ބުނެފައިވާ ގޮތުގައި ޚަޝޫޤީގެ ގައިގައި ތަޅާ އަޑު އިވެއެވެ. އަދި އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އެ ރެކޯޑިންގ އިން ދައްކާ ގޮތުގައި ޚަޝޫޤީ މަރާލުމަށް ފަހު ވަނީ ކޮށާލާފައެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔާ ޚަޝޫޤީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސިއުލޭޓް އިމާރާތަށް ވަން ފަހުން ފެނިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

22 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު