Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަންވަރު އިބްރާހިމް

ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް އަންވަރު ކާމިޔާބު ކުރައްވައިފި

އަންވަރު އިންތިޚާބް ކާމިޔާބު ކުރެއްވީ ހޮނިހިރު ދުވަހު

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 13 އޮކްޓޯބަރު 2018 | ހޮނިހިރު 15:57
މެލޭޝިއާގެ ވެރިކަން ކުރާ ޕީޕަލްސް ޖަސްޓިސް ޕާޓީގެ ފައުންޑަރ އަންވަރު އިބްރާހިމާއި މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު

މެލޭޝިއާގެ ވެރިކަން ކުރާ ޕީޕަލްސް ޖަސްޓިސް ޕާޓީގެ ފައުންޑަރ އަންވަރު އިބްރާހިމާއި މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު

މެލޭޝިއާގެ ވެރިކަން ކުރާ ޕީޕަލްސް ޖަސްޓިސް ޕާޓީގެ ފައުންޑަރ އަދި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު، އަޒީޒާ ވާން އިސްމާއިލްގެ ފިރިކަލުން އަންވަރު އިބްރާހިމް ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވައި، ބޮޑުވަޒީރުގެ މަގާމާއި ގާތަށް ޖެހިވަޑައިގެންފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ޕޯޓް ޑިކްސަން ސަރަޙައްދުގެ ބައި އިލެކްޝަންގައި ނަޒާރީ މުޚްތާރުގެ މައްޗަށް ކުރި ހޯއްދަވައި އަންވަރު އިންތިޚާބު ކާމިޔާބު ކުރެއްވީ 31،000 އަށް ވުރެ ގިނަ ވޯޓުންނެވެ. މުޚްތާރަށް ލިބިވަޑައިގަތީ 7456 ވޯޓެވެ. އަދި އިންތިޚާބުގައި ބައިވެރިވެވަޑައިގަތް އަމިއްލަ ކެންޑިޑޭޓް އީސާ ސަމަދަށް ލިބިވަޑައިގެންނެވީ ހަތަރު ހާހެއްހާ ވޯޓެވެ.

އަންވަރަށް ބައި އިލެކްޝަންގައި ބައިވެރިވެ ވަޑާއިގަންނަވަން ފުރުސަތު ލިބިވަޑައިގަތީ ޕޯޓް ޑިކްސަންގެ މެމްބަރު ކަމުގައި ހުންނެވި ދަންޔާލް ބަލަގޮޕާލް އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ. އެ މެމްބަރު އިސްތިއުފާ ދެއްވީ ގާނޫނު ހަދާ މަޖްލީހަށް އަންވަރު އިންތިޚާބު ކުރުމަށެވެ. ބައި-އިލެކްޝަން ކާމިޔާބު ވުމާއެކު ގައުމުގެ އެންމެ މަތީ މަގާމަށް ވަޑައިގަތުމަށް އަންވަރަށް ވަނީ މަގު ތަނަވަސްވެފައެވެ. މެލޭޝިއާއަކީ ބަރުލަމާނީ ރަސްކަމެއް އޮންނަ ޤައުމެއް ކަމުން އެ ޤައުމުގެ ބޮޑުވަޒީރަށް ވެވެނީ ގާނޫނު ހަދާ މަޖްލީހުގެ މެމްބަރުންނަށެވެ.

ބޮޑު ވަޒީރު ކަމުގައި މިހާރު ހުންނެވި މަހާތިރު މުހައްމަދު ވިދާޅުވެފައި ވަނީ ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވުމަށްފަހު އަންވަރަށް މަގާމު ހަވާލު ކުރައްވާނެ ކަމަށެވެ. އެއީ އެ ބޭފުޅާގެ ރިޔާސީ އެއް ވައުދެވެ. ބޮޑުވަޒީރު މަހާތީރުގެ އެދުމުގެ މަތިން މެއި 26 ވަނަ ދުވަހު އުމުރުން 71 އަހަރުގެ އަންވަރު ޖަލުން މިނިވަންވެވަޑައިގަތީ ރަސްގެފާނުގެ ޝާހީ މާފެއް ހޯއްދަވައިގެންނެވެ. އެހެންވެ ސިޔާސީ ދާއިރާގައި އުޅުއްވުމަށް އެމަނިކުފާނަށް ހުރަހެއް ނެތެވެ.

ވޭތުވިޔަ ދުވަސްތައް އަންވަރު ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަތީ އެމަނިކުފާނު ބަދުއަޚްލާގީ އަމަލެއް ހިންގެވިކަމަށް ސާބިތުވާ ކަމަށް، 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމައި، ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުންނެވެ. އެހެންނަމަވެސް އަންވަރު ވަނީ އެއީ ސިޔާސީ ގޮތުން ކުރި ދައުވާ އެއްކަމަށާއި އެއީ އެބޭފުޅާގެ "ދުވަސް ދުއްވާލަން" ކުރި ކަމެއް ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

ޓްރަމްޕްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް، އެއަށް އަމަލުކުރެވޭކަށް ނެތް: ކޯޓް

27 މެއި 2017
ޓްރަމްޕްގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް، އެއަށް އަމަލުކުރެވޭކަށް ނެތް: ކޯޓް
28 އެޕްރީލު 2017

ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި

28 އެޕްރީލު 2017
ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި
20 އެޕްރީލު 2017

އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި

20 އެޕްރީލު 2017
އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު