Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައުސިންގ މިނިސްޓްރީ

ޓެކްނޮލޮޖީ ފަސޭހަކަން އޮއްވައި ރައްޔިތުން 24 ގަޑިއިރު ކިޔުގައި ޖެއްސުމަކީ ކުރަމުންދާ ފުރައްސާރައެއް: އަމީން

ގޯއްޗާއި، ފްލެޓް އެންމެނަށް ވެސް ދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2018 | ހޮނިހިރު 05:30
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް

ޓެކްނޮލޮޖީ ފަސޭހަކަން އޮއްވައި ރައްޔިތުން 24 ގަޑިއިރު ކިޔުގައި ޖެއްސުމަކީ ކުރަމުންދާ ފުރައްސާރައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އިއުލާން ކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ މިނިސްޓްރީ ކައިރީގައި ކިޔު ހަދާފައެވެ. ނަމްބަރު ހޯދައި ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ގަތުމަށް ފޯމު ހުށަހެޅުމަށް އެއް ދުވަސް ކުރިން، އެތަނުގައި ގޮނޑި އަޅައިގެން ބައެއް މީހުން ވަނީ ކިޔުގައި ޖެހިފައެވެ. މާލޭ ފުޑްކޯޓުތައް ހިމެނޭ ސަރަހައްދުގައި ހުންނަ ހައުސިން މިނިސްޓްރީ ކައިރީގައި ހަދާފައިވާ ކިޔު ކަޅުތުއްކަލާ ކޮއްޓާ ހިސާބަށް ދެމިގެން ގޮސްފައިވާ އިރު، ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޯއްޗާއި، ފްލެޓް އެންމެނަށް ވެސް ދޭން ޖެހޭ ކަމަށާއި، ނަމަވެސް ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ނަމުގައި 24 ގަޑިއިރު ކިޔުގައި ބައިތިއްބަން ނުޖެހޭ ކަމަށެވެ.

އަމީން ވިދާޅުވީ ރައްޔިތުންނަށް ތަކުލީފު ތިބޭ ގޮތަށް މިފަދަ ކަންކަން އިންތިޒާމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ސަރުކާރުން މިކުރާ މަސައްކަތްތަކަކީ ހެޔޮ ނިޔަތުގައި ކުރާ ކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

ފޯމް ލުމުގެ ކަންކަން އެއްވެސް އިންތިޒާމެއް ނެތި ހައުސިންގ މިނިސްޓްރީން ކުރަމުން ދާތީ ގިނަ ރައްޔިތުންތަކެއް ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން 1000 އަކަފޫޓްގެ 400 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގޯއްޗެއްގެ ޖުމްލަ އަގަކީ 400،000 (ހަތަރުލައްކަ) ރުފިޔާއެވެ. ޑައުން ޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަންޖެހޭ އިރު ބާކީ ބައި ދެއްކުމަށް 10 އަހަރު ލިބިގެންދާނެއެވެ. އެހެންކަމުން ގޯއްޗަކަށް މަހަކު ދައްކަންޖެހޭނީ 3،125ރ. އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު