Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީސީގެ ޝަރީފް

އަޅުގަނޑެއް ނުފުރަން، ފުރަންވީ ސަބަބެއް ނެތް: އީސީ ޝަރީފް

13 އޮކްޓޯބަރު 2018 | ހޮނިހިރު 01:59

ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހުށައަޅުއްވާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 އޮކްޓޯބަރު 2018 | ހޮނިހިރު 01:59
އީސީގެ ރައީސް ޝަރީފް

އީސީގެ ރައީސް ޝަރީފް

އިލެކްޝަންސް ކަމިޝަންގެ ރައީސް އަހްމަދު ޝަރީފް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

ޝަރީފު ވިދާޅުވީ އޭނާ ފުރާވަޑައިގަންނަވަންޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާ ހުންނެވީ މާލޭގައި ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ޝަރީފު ފިއްލަވައި ވަޑައިގެންނުވާނެ ކަމަށާއި އޭނާ ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭކަމަށެވެ.

"ބަލަ ޝަރީފޫ. އަނެއްކާ މިކަލޭގެ ހުރީ އަޑު އިވޭ ހިސާބުގަ ބާ. ނޫންނަމަ މިއޮތް ނަލަ ސަޅި ބްރިޖް މަތިންލާފައި ފިލަން ދަނީބާ މިކަލޭގެ. މިކަހަލަ ވާހަކަތަކެއް ވެސް އިވޭ ތީއޭ ދަންނަވަން ޖެހުނީ. ނިކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ވަގުތު ހުންނެވި ނަމަވެސް މިވާހަކަތަކަށް އެބަ ޖަވާބެއް ދެއްވަންޖެހޭ ނޫންތޯ. މިތަނަށް ޖަވާބުދާރީވެވަޑައި ނުގަނެވިއްޖިއްޔާ ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ ތަންތަން ވެސް އެބަ ހުއްޓެއް ނޫންތޯ. އެހެންވީމަ ޝަރީފު ވެސް އެއްގޮތަކަށްވެސް ފިއްލަވައި ވަޑައިގަންނަވައިގެން ނުވާނެ. ފިއްލަވައި ވަޑައިގަންނަވަން ހިތްޕުޅަށް އަރައިގެން ވެސް ނުވާނެ،" މުއާޒު ވިދާޅުވިއެވެ.

ޝަރީފު ޖަވާބުދާރީވުމަށް މުއާޒު ގޮވާލައްވާފައިވާއިރު މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް، އެ އިންތިޚާބު ބޮޑު ތަފާތަކުން ބަލިވެ ވަޑައިގެންނެވި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށައަޅާފައެވެ. އެމައްސަލާގައި ހޮނިހިރު ދުވަހު(މާދަމާ) ޖަވާބުދާރީ ވުމަށް އިލެކްޝަންސް ކަމިޝަނަށް ވަނީ އަންގާފައެވެ. އެމައްސަލައިގެ ޝަރީޢަތް އަންނަ އާދީއްތަ ދުވަހު ފަށާނެއެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށްފަހު ކޮމިޝަންގެ މެމްބަރުންނަށް ލިބުނު މަރުގެ އިންޒާރުތަކާއި ގުޅިގެން ޝަރީފު ފިޔަވައި އެހެން މެމްބަރުން ވަނީ އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގެންފައެވެ.

ލަންކާގައި މި ވަގުތު ތިއްބެވީ އިލެކްޝަންޝް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި އަލީ ނަޝާތުގެ އިތުރުން މެމްބަރު އިސްމާއިލް ހަބީބެވެ. މަރުގެ އިންޒާރުތަކާއި ގުޅިގެން އެމައްސަލަވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް