Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު

ސުޕްރީމް ކޯޓަށް ހުށައެޅި އިންތިހާބާ ގުޅޭ މައްސަލައިގެ އަޑުއެހުން އާދިއްތަ ދުވަހު

އަޑުއެހުން އޮތީ މެންދުރު ފަހު 13.00ގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2018 | ހުކުރު 05:41
ރިޔާސީ ބަހުސްގައި ރައީސް އަބްދުﷲ ޔާމިން ބަހުސް ކުރައްވަނީ:-އެމަނިކުފާނު ވަނީ އިންތިހާބާ ގުޅޭ މައްސަލައެއް ކޯޓަށް ހުށައަޅާފައި

ރިޔާސީ ބަހުސްގައި ރައީސް އަބްދުﷲ ޔާމިން ބަހުސް ކުރައްވަނީ:-އެމަނިކުފާނު ވަނީ އިންތިހާބާ ގުޅޭ މައްސަލައެއް ކޯޓަށް ހުށައަޅާފައި

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ. އެ މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ އެ ދުވަހުގެ މެންދުރު ފަހު 13.00ގަ އެވެ.

މިދިޔަ ބުދަ ދުވަހު ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށައެޅުއްވީ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ޖުޑީޝަލް ސާރވިސް ކޮމިޝަން ކަނޑައަޅުއްވާފައިވާ މުހައްމަދު ސަލީމް (ރޭނީސް ސަލީމް) އާއި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒެވެ. ރޭނީސް ސަލީމު ވިދާޅުވީ އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް ޕީޕީއެމް އޮފީހަށާއި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅުންނަށް، ރައީސް ޔާމީންއަށް ސަޕޯޓް ކުރާ ފަރާތްތަކުން ހުށަހަޅާފައިވާތީ އިންތިހާބީ ޝަކުވާގެ ގޮތުގައި ސުޕްރީމް ކޯޓަށް ދުސްތޫރީ އެ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެދިފައި ވަނީ ކޮންކަމަކަށް ކަމެއް ރޭނީސް ސަލީމް ވިދާޅެއް ނުވެއެވެ. ސަލީމު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތަކެއް ކަމަށެވެ. ރޭނީސް ސަލީމަކީ ރައީސް ޔާމީންގެ އަރިސް ޤާނޫނީ ވަކީލެކެވެ.

Advertisement - newsAdvertisement

ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ ރޭނީސް ސަލީމަކީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޖޭއެސްސީގައި އިންނަވާ މެމްބަރެވެ. އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އިން ސުވާލު ކުރުމުުން ސަލީމް ވިދާޅުވީ އެއީ ޤާނޫނީ އެއްވެސް މައްސަލައެއް ދިމާވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ އަށް އެ މައްސަލައިގައި ވަކާލާތު ކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބީ ޝަކުވާގެ ދުސްތޫރީ މައްސަލަ އެއް ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ އިރު، އެމަނިކުފާނު ވަނީ ރަސްމީކޮށް، ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޕާޓީ ކަމަށްވާ ޕީޕީއެމް އިން ވެސް ރަސްމީކޮށް، އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކޮށް، އިންތިހާބުގެ ނަތީޖާ ގަބޫލު ވެސް ކޮށްފައެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ވެސް އަދި ޕީޕީއެމުން ވެސް ގެންދަވަނީ އިންތިހާބުގައި ގަބޫލު ނުކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވިދާޅުވަމުންނެވެ.

އިންތިހާބާ ގުޅޭ ގޮތުން ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގާ ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް ބުރާސްފަތި ދުވަހުވަނީ އަންގާފަ އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން އިލެކްޝަން ކޮމިޝަނަށް އންގާފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ 11:00ގެ ކުރިން އެމައްސަލައިގާ އެކޮމިޝަނުން ޖަވާބުދާރީ ވުމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހެނދުނު އިބްތިދާއީ އަޑުއެހުން ބާއްވައި ލިޔުންތައް ހަވާލުކޮށްފައިވާ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމިނަށް 41.6 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިރު އެމްޑީޕީގެ ކެންޑިޑޭޓް،އިބްރާހިމް މުހައްމަދު ސޯލިހް މި އިންތިހާބު ކާމިޔާބު ކުރެއްވީ 58.4 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވެ. މި މި އިންތިހާބުގެ ނަތީޖާއާމެދު އިންތިހާބުން ބަލިވި ކެންޑިޑޭޓާއި އެ ކެންޑިޑޭޓް ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ފިޔަވާ އެހެން ބަޔަކު ފާހަގަ ވެސް ކުރައްވާފައިނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު