Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު އިއްތިހާދު

ހިޔާލު ތަފާތުވުން ހުރެދާނެ، ނަމަވެސް ހައްލު ހޯދޭނެ: ރައީސް ނަޝީދު

11 އޮކްޓޯބަރު 2018 | ބުރާސްފަތި 16:03

ރާއްޖޭގެ ޝަރުއީ ނިޒާމްގެ އިސްލާހަށް ހިންގަންޖެހޭ ކަންކަމުގައި ޕާޓީތަކުގައި ހިޔާލު ތަފާތުވުންތައް ހުރެދާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 16:03
ރައީސް މުހައްމަދު ނަޝީދު އިންތިހާބީ ރައީސް އިބޫއާ އެކުގައި

ރައީސް މުހައްމަދު ނަޝީދު އިންތިހާބީ ރައީސް އިބޫއާ އެކުގައި

ޑިމޮކްރަސީގެ އަސާސްތަކާ އެއްގޮތަށް ހިޔާލު ތަފާތުވުންތަކާ އެކުގައި ކަންކަމަށް ހައްލު ހޯދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިއްތިހާދުގެ ތެރޭގައި ބައިބައިވުންތައް އުފެދިފައިވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގައި ހިމެނެނީ ތަފާތު ފިކުރު ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމްގެ އިސްލާހަށް ހިންގަންޖެހޭ ކަންކަމުގައި ޕާޓީތަކުގައި ހިޔާލު ތަފާތުވުންތައް ހުރެދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި ޑިމޮކްރަސީގެ އަސާސްތަކާއި އެއްގޮތަށް ހިޔާލު ތަފާތުވުންތަކާ އެކުގައި ހައްލު ހޯދެނެ ކަމަށެވެ.

ރައީސް ނަޝީދު އެފަދައިން ޓުވީޓްކުރައްވާފައި ވަނީ އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއް ޖުމްހޫރީ ޕާޓީގެ ބާނީ، ޤާސިމް އިބްރާހިމް ރީޓުވީޓްކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ސޕޯޓަރުން ރުޅިގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

އަލްހާންގެ އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. އަދި ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

އަލްހާންގެ އެ ޓުވީޓް ރީޓުވީޓްކުރެއްވުމަށް ފަހު ޤާސިމް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ އަލްހާންގެ ޓްވީޓް ރީޓްވީޓް ކުރެއްވީ އޭނާ ވިދާޅުވީ ޤާނޫނީ ގޮތުންނާއި، ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމުން ހައްޔަރުކުރައްވަންޖެހޭނެ މޭރުމަކުން އަލްހާން ކުރެއްވި އެ ޓްވީޓް ޤާސިމް ރީޓުވީޓްކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ޤާސިމަށާއި، ޖުމްހޫރީ ޕާޓީއަށް އަމާޒުވެގެން ގޮސްފައެވެ. ހާއްސަކޮށް އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ސޯޝަލް މީޑިއާގައި ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ރައީސް ނަޝީދު ވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން އަންނަނީ އެމަނިކުފާނަށް ަމރުހަބާ ދެންނެވުމަށް ތައްޔާރުވަމުންނެވެ. އެމްޑީޕީން ބުނީ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

ޝަރުއީ އުސޫލުތަކުގެ ބޭރުން ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުކޮށް 13 އަހަރުގެ ޖަލު ހުކުމެއް 2015 ވަނަ އަހަރު އިއްވުމާ އެކު 2016 ވަނަ އަހަރު އެމަނިކުފާނު ވަނީ ބޭސްފަރުވާއަށް އިނގެރޭސިވިލާތަށް ވަޑައިގެންފައެވެ. އަދި އެ ގައުމަށް ވަޑައިގެން އެ ޤައުމުގެ ސިޔާސީ ހިމާޔަތް ހޯދަވައި، ޤައުމު އިސްލާހުކުރުމުގެ މަސައްކަތް، އިނގެރޭސިވިލާތާއި، ސްރީލަންކާ އަދި އިންޑިއާގައި ހުންނަވާ އެމަނިކުފާނު ކުރައްވާފައެވެ.

އަބަދުވެސް ރައްޔިތުންނަށް ބާރުވެރިކަން ދިނުމަށާއި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދައިދީ، އިންސާފު ޤާއިމް ކުރުމަށް ވަކާލާތު ކުރައްވަމުން އަންނަ ރައީސް ނަޝީދު ވަނީ ޤައުމު ހަމަ މަގަށް އަޅުވައި، ރައްޔިތުނަނަށް ރައްޔިތުންގެ ހައްޤުތައް ހޯދައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އިސްލާހީ މަސައްކަތްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއިރު، އެ މަސައްކަތުގެ ތެރެއިން އެކި ފަހަރުމަތިން ޖަލަށްލެވި އެތައް އަނިޔާއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް