Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެޖިސްޓްރޭޓް ނިހާންގެ މައްސަލަ

ނިހާން ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތް: ހައިކޯޓް

10 އޮކްޓޯބަރު 2018 | ބުދަ 11:43

އޭނާ ދޫކޮށްލެވެން ނެތީ ޓެރަރިޒަމްގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކަމަށް ހައިކޯޓުން އަންގާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 އޮކްޓޯބަރު 2018 | ބުދަ 11:43
މެޖިސްޓްރޭޓް އަހުމަދު ނިހާނު ކޯޓުން ނުކުމެވަޑައިގަންނަވަނީ

މެޖިސްޓްރޭޓް އަހުމަދު ނިހާނު ކޯޓުން ނުކުމެވަޑައިގަންނަވަނީ

ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބުދުﷲ ޔާމީން ހައްޔަރުކޮށް ރަހީނު ކުރަން އުޅުނު ކަމަށް ބުނެ ޖަލު ހުކުމެއް އިއްވާފައިވާ އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތް ކަމަށް ހައިކޯޓުން އޭނާގެ ވަކީލުންނަށް އަންގައިފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ނިހާން ދޫކޮށްލެވެން ނެތް ކަމަށް ބުނެ ހައިކޯޓުން ވަކީލުންނަށް އެގޮތަށް އަންގާފައި ވަނީ ބުދަ ދުވަހުގެ މެންދުރު ފަހުއެވެ. އަދި އޭނާ ދޫކޮށްލެވެން ނެތީ ޓެރަރިޒަމްގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކަމަށް ހައިކޯޓުން އަންގާފައި ވެއެވެ.

Advertisement - newsAdvertisement

ޓެރަރިޒަމްގެ ކުށް ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ނިހާންގެ ހުކުމް ބާތިލް ކުރުމަށް ނިހާންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ބުދަ ދުވަހުގެ ހެނދުނު ވަނީ އަޑުއެހުމެއް ބާއްވާފައެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ މައްސަލާގައި ޖަވާބުދާރީވެފައެވެ. އަދި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ހަފްތާގެ ހޯމަ ދުވަހަށް ޝެޑިއުލް ކޮށްފައިވާ ކަމަށް ވަކީލުންނަށް ވަނީ އަންގާފައެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް އަމުރެއް ނެރުނު މައްސަލައާ ގުޅިގެން ނިހާނުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައި ވެއެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވަނީ ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދި ކަމުގެ ދައުވާ އާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ބައިވެރިވުމުގެ ދައުވާއެވެ.

ނިހާނު 17 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހުއެވެ. އެ ހުކުމް ނިހާންގެ މައްޗަށް އިއްވާފައި ވަނީ އާ ޓެރަރިޒަމްގެ ގާނޫނުގެ ހަވަނަ މާއްދާގެ (ނ) އާ ހަވާލާދީއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް