Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެއިން ގޯތި ދޫކުރުން

ފޭސް 2 އިން ދޫކުރާ ގޯއްޗަށް ކުރިމަތިލާ ފޯމަށް އިސްލާހު ގެނެސް މިމަހުގެ 14 އާ ހަމައަށް ބަލައިގަންނަން ނިންމައިފި

9 އޮކްޓޯބަރު 2018 | އަންގާރަ 12:53

މާލެއިން 600 އަކަފޫޓް ނުވަތަ އެ އަށް ވުރެ ބޮޑު ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައިނުވުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 އޮކްޓޯބަރު 2018 | އަންގާރަ 12:53
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ދަނީ

ހުޅުމާލެ ފޭސް 2 އިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމަށް ހަތް އިސްލާހެއް ގެނެސް އަލުން ގެޒެޓް ކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރިން އޮތީ ގޯއްޗަށް އެދި ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 11 ވާ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅާފައެވެ. އެހެން ނަމަވެސް އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ) އިން އެކަން މެދުކަނޑާލުމަށް އަންގައި ބައެއް ކަންކަން އިސްލާހުކުރުމަށް އެންގުމުން އެ މިނިސްޓްރީން ވަނީ މިމަހުގެ 14 ވާ އާދީއްތަ ދުވަހަކީ ފޯމުލާންޖެހޭ އެންމެ ފަހު ދުވަސް ކަމަށް ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

ހައުސިން މިނިސްޓްރީން ގެނެސްފައިވާ 7 އިސްލާހަކީ :

1. ފޯމު ހުށަހަޅާ ތާރީޚުގައި ކައިވެންޏެއް ކޮށްގެން އުޅޭ ފަރާތަކަށްވުން ނުވަތަ ފޯމު ހުށަހަޅާ ތާރީޚުގައި ވަރިވެފައިވާ ފަރާތެއް ނަމަ ފުލެޓަށް އެދޭ ފަރާތުގެ ދަރިއަކު ހުރުން ނުވަތަ އެއް ދަރިއަށް ވުރެ ގިނަ ދަރިން ބަލަމުންދާ ފަރާތަކަށް ވުން ނުވަތަ ފޯމު ހުށަހަޅާ ތާރީޚުގައި އަނބި/ފިރިމީހާ ނިޔާވެފައިވާ ފަރާތެއް ނަމަ ގޯއްޗަށް އެދޭ ފަރާތުގެ ދަރިއަކު ހުރުން ނުވަތަ އެއް ދަރިއަށް ވުރެ ގިނަ ދަރިން ބަލަމުންދާ ފަރާތަކަށްވުން

2. ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީ (ވަރިވެފައިވާ ނަމަ ވަރީގެ ސެޓްފިކެޓުގެ ކޮޕީ، އަނބި/ފިރިމީހާ ނިޔާވެފައިވާނަ ނިޔާވިކަމުގެ ލިޔުން)

3. މާލެއިން 600 އަކަފޫޓް ނުވަތަ އެ އަށް ވުރެ ބޮޑު ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައި ނުވުން އަދި އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗަކުން 600 އަކަފޫޓް ނުވަތަ އެ އަށް ވުރެ ބޮޑު ބައެއް ލިބިފައިނުވުން އަދި 600 އަކަފޫޓް ނުވަތަ އެ އަށް ވުރެ ބޮޑު ފުލެޓެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާ އެކު ސޮއިކޮށްފައިނުވުން

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކަށް ގެނެވުނު އިޞްލާޙް: ތިމާގެ އަމިއްލަ ނަމުގައި މާލޭގައި ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައިވާ ނަމަ އަދި/ނުވަތަ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މާލޭގެ ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއްގެ މިލްކުވެރިޔަކު ކަމުގައިވާ ނަމަ އެ އެތަނެއްގެ ރަޖިސްޓްރީ/މައްސަލަ ނިމުނު ގޮތުގެ ގަޒިއްޔާ/އެގްރީމެންޓްގެ ކޮޕީ

4. ތިމާގެ މަންމަ ނުވަތަ/އަދި ބައްޕައަށް މާލެއިން ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައިވާ ނަމަ އެތަނެއް މަންމަ/ބައްޕަގެ ދަރިންގެ މެދުގައި ބަހާލުމުން ތިމާއަށް ލިބޭ ބައި 600 އަކަފޫޓު ނުވަތަ އެ އަށް ވުރެ ބޮޑު ނުވުން

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކަށް ގެނެވުނު އިޞްލާޙް: ފޯމު ހުށަހަޅާ ފަރާތުގެ މަންމަ އަދި/ނުވަތަ ބައްޕައަށް މާލެއިން ގޯއްޗެއް ލިބިފައިވާ ނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ މައްސަލަ ނިމުނު ގޮތުގެ ގަޒިއްޔާ ނުވަތަ ފޯމު ހުށަހަޅާ ފަރާތުގެ މަންމަ އަދި/ނުވަތަ ބައްޕައަށް މާލެއިން ފުލެޓެއް/ރޯހައުސްއެއް ލިބިފައިވާނަމަ އެތަނެއްގެ އެގްރީމެންޓް ނުވަތަ ރަޖިސްޓްރީގެ ކޮޕީ

5. ވިޔަފާރި އުސޫލުން ފުލެޓު ނުވަތަ ރޯހައުސް ވިއްކާ ފަރާތަކާ އެކު، ފުލެޓެއް ނުވަތަ ރޯހައުސްއެއް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވުން، އުނިކުރެވިފައި

ހައުސިން މިނިސްޓްރީން ބުނީ ފޯމް ބަލައިގަންނާނީ 8 އޮކްޓޯބަރު 2018 ވާ ހޯމަ ދުވަހުން ފެށިގެން 14 އޮކްޓޯބަރު 2018 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އަދި 16:00 އިން 18:00 އަދި 20:00 އިން 23:00 އާއި ދެމެދު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކައުންޓަރުން ކަމަށެވެ. ފޯމު ހުށަހަޅާ މުއްދަތަށް ނުވަތަ ގަޑިއަށް އެއްވެސް ބަދަލެއް ގެނެވޭ ނަމަ އެކަން އާންމުކޮށް އަންގާ އިއުލާން ކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ފޯމުގައި ކަނޑައެޅިފައިވާ ހުރިހާ ޝަރުޠެއް ފުރިހަމަވާ ފަރާތްތަކަށް ޖުމްލަ 100 ޕޮއިންޓް ދެވި، ކަނޑައެޅިފައިވާ 400 ގޯއްޗަށް މީހުން ހޮވޭނީ، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިމް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 400 މީހުންގެ އިތުރުން އިތުރު 100 މީހުން ގުރުއަތުން ނަގާނެ ކަމަށާއި ގުރުއަތުން ހޮވޭ 400 މީހުންގެ ތެރެއިން އެކި ސަބަބުތަކާ ހުރެ އުނިކުރެވޭ ފަރާތްތަކުގެ ބަދަލުގައި ގުރުނަގާ ތަރުތީބުން އެ 100 މީހުންގެ ތެރެއިން ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ޖޫން 2017

އެމްޑީޕީގެ އަހަރީ ދުވަހާއި ކުރިމަތިލާއިރު، ޑިމޮކްރަސީ އޮތީ މަގުން ކައްސާލާފައި: ރައީސް ނަޝީދު

25 ޖޫން 2017
އެމްޑީޕީގެ އަހަރީ ދުވަހާއި ކުރިމަތިލާއިރު، ޑިމޮކްރަސީ އޮތީ މަގުން ކައްސާލާފައި: ރައީސް ނަޝީދު
29 އެޕްރީލު 2017

އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި

29 އެޕްރީލު 2017
އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި
28 އެޕްރީލު 2017

މިސަރުކާރަށް އިންތިހާބަކާ ކުރިމަތިލާކަށް ނުކުރޭނެ: ނިޒާރު

28 އެޕްރީލު 2017
މިސަރުކާރަށް އިންތިހާބަކާ ކުރިމަތިލާކަށް ނުކުރޭނެ: ނިޒާރު
04 އެޕްރީލު 2017

ރަސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓް އަނިލް ހައްޔަރު ކޮށްފި

04 އެޕްރީލު 2017
ރަސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓް އަނިލް ހައްޔަރު ކޮށްފި
09 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި

09 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
05 މާރިޗު 2017

ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

05 މާރިޗު 2017
ފޭސްބުކުން ބަތޫލަށް ފުރައްސާރަ ކުރި ފުލުސް މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް