Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިހާބީ ރައީސްގެ ތަރުޖަމާނު

މާރިއާ، މިނިސްޓަރ މުއިއްޒުއަށް: ރައްޔިތުންނަށް އިތުރަށް ފުރައްސާރަ ކުރަން ނޫޅުއްވާ!

7 އޮކްޓޯބަރު 2018 | އާދީއްތަ 13:06

މިހާރު ހިނގަމުން ދަނީ ސަރުކާރު ބަދަލުކުރުމުގެ މަރުހަލާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 އޮކްޓޯބަރު 2018 | އާދީއްތަ 13:06
ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

ދިވެހި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރެއްވުމަށާއި، އިތުރަށް ރައްޔިތުންނަށް ފުރައްސާރަ ނުކުރެއްވުމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިއާއަހުމަދުދީދީ ގޮވާލައްވައިފި އެވެ.

އިންތިހާބީ ރައީސް ސޯލިހުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މާރިއާ އެގޮތަށް ގޮވާލެއްވީ ހުޅުމާލެ ފޭސް 2 އަކުން 400 ގޯތި ވިއްކުމަށް ނިންމާ އެކަން ހައުންސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement
"ރިޔާސީ އިންތިހާބުގައި ރައްޔިތުން އެވަނީ ގޮތެއް ނިންމާފައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކުރައްވާފަ އެވަނީ. ރައްޔިތުންގެ އެ ނިންމުމަށް ދެން އިތުރަށް ފުރައްސާރަ ނުކުރައްވާ. ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ދާއިމީކޮށް ތިއްބަވާ ބޭފުޅުންނެއް ނޫން. މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބަދަލުވާނެ، އެހެން އޮންނަ ކަމެއްމިއީ. އެހެންވީމައި މިގޮތަށް ނުއަގުގައި އަދި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކުރާކަމެއްމިއީ، މިއަދަކު ނޫން އެބިން ހިއްކާފައިވަނީ، އިންތިގާލީ މަރުހަލާގައި މިފަދަ ކަންކަން ކުރުމަކީ ކޮށްގެންވާނެ ކަމެއްވެސް ނޫން،" މާރިއާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވުމަށް އެންމެ 41 ދުވަހަށް ވެފައިވަނިކޮށް، ހުޅުމާލެ ފޭސް 2 އިން 400 ގޯތި ދޫކުރަން ހައުސިން މިނިސްޓްރީން ނިންމި ނިންމާފައިވަނީ އާދިއްތަ ދުވަހު އެވެ.

އެކަން މިނިސްޓަރު މުއިއްޒު އިއުލާން ކުރެއްވުމާއެކު، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ އިޖުތިމާއީ ކޮމެޓީން، ކުރީގެ ހައިންސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ހިމެނިވަޑާއިގަންނަވާ ގޮތަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަޑައިގެން އެކަން ހުއްޓުވުމަށް ވަނީ އެދިވަޑައިގަންނަވާފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވަނީ، އެ މަޝްރޫއުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރުމުން، އެކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން މަޑުޖައްސާލުމަށް ހައުންސިންގ މިނިސްޓްރީއަށް އަންގާފަ އެވެ.

ހައުސިން މިނިސްޓްރީން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ދޫކުރާނީ 1000 އަކަފޫޓްގެ ގޯތި ކަމަށާއި، އަކަ ފޫޓެއް ވިއްކަނީ 400ރ. އަށް ކަމަށެވެ. މި ރޭޓުން ބަލާއިރު، ގޯއްޗެއްގެ ޖުމުލަ އަގަކީ 400،000 ރުފިޔާ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް