Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަނުގެ ހަނގުރާމަ

ޔަމަނުގެ ސަންއާ ޔުނިވާސިޓީ ބަންދުކޮށް، 50 އަށް ވުރެ ގިނަ ދަރިވަރުން ރަހީނުކޮށްފި

ހޫޘީ ހަނގުރާމަވެރިން ވަނީ އެ ސިޓީގެ މެދުގައިވާ ތަހްރީރް ސްކޮއާ ވެސް ބަންދުކޮށްފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2018 | އަންގާރަ 04:39
ޔަމަނުގެ ސަންއާ ޔުނިވާސިޓީގެ މައި ދޮރު ކުރިމަތީގައި ބެރިކޭޑް ވަނީ ޖަހާފައި

ޔަމަނުގެ ސަންއާ ޔުނިވާސިޓީގެ މައި ދޮރު ކުރިމަތީގައި ބެރިކޭޑް ވަނީ ޖަހާފައި

ހޫޘީ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ސަންއާގެ 'ސަންއާ ޔުނިވާސިޓީ' ބަންދުކޮށް، 50 އަށް ވުރެ ގިނަ ދަރިވަރުން ރަހީނުކޮށްފިއެވެ.

އަލް އަރަބިއްޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޫޘީ ހަނގުރާމަވެރިން ހޮނިހިރު ދުވަހު ޔަމަނުގެ ވެރިރަށުގެ އެ ޔުނިވަސިޓީ ބަންދުކޮށްފައި ވަނީ ބަރުހަތިޔާރާއި ޓޭންކަރުތަކާއި ހަނގުރާމަމަތީ އުޅަނދު ފަހަރުތައް ބޭނުން ކޮށްގެނެއެވެ. އެ މީހުން ވަނީ އެ އުޅަނދު ފަހަރުތަކުގައި ޔުނިވާސިޓީ ވަށާޖަހާފައެވެ. އެ އަށް ފަހު ޔުނިވާސިޓީގެ މައި ދޮރު ކުރިމަތީގައި ބެރިކޭޑް ޖަހައި 55 ދަރިވަރުން ރަހީނުކޮށްފައެވެ.

ވެރިރަށުގެ ރައްޔިތަކާ ހަވާލާދީ އަލްއަރިއްޔާ އިން ބުނީ ހޫޘީ ހަނގުރާމަވެރިން އެ ސިޓީގެ މެދުގައިވާ ތަހްރީރް ސްކޮއާ ވެސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ސްކޮއާ އާ ދިމާއަށް އެއްވެސް މީހަކަށް ނުދެވޭ ކަމަށާއި މުޅި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަރު ހަތިޔާރު ހިފައިގެން ތިބި ސިފައިން ވަރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތައް ޖަހައި އެ މީހުންނަށް އެއްބާރުލުން ނުދޭ ރައްޔިތުން ހައްޔަރު ކުރަމުންދާ ކަމަށެވެ.

ހޮޓެލްތަކާއި ފިހާރަތައް ފާސްކޮށް އެތައް ޒުވާނުންނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ޒުވާނުން ހައްޔަރުކުރީ ކީއްވެ ކަމެއް އަލްއަރަބިއްޔާއަކުން ނުބުނެއެވެ.

ހޫޘީންނަކީ 1992 ވަނަ އަހަރު “އަންޞާރުﷲ”ގެ ނަމުގައި އުފެދުނު ޝިއީންގެ ޖަމާއަތެކެވެ. އެ ޖަމާއަތުން ދަނީ ބައިނަލްއަގްވާމީ މުޖްތަމައިން ބަލައިގެންފައިވާ ޔަމަނުގެ ރައީސާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އެއާއެކު ސައުދީ އިސްވެ އުފައްދާފައިވާ ކޯލިޝަނުން ދަނީ ޔަމަނުގެ ސަރުކާރަށް އެހީވުމުގެ ގޮތުން ހޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވާގިވެރިވަމުންނެވެ. މިއީ ސައުދީގެ ކޯލިޝަނުން ހޫޘީންނާއި ހަނގުރާމަ ކުރާތާ ހަތަރުވަނަ އަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުން އައިއެސްއަށް 200 އަށްވުރެ ގިނަ ހަމަލާ ދީފި

އިނގިރޭސިވިލާތުން އައިއެސްއަށް 200 އަށްވުރެ ގިނަ ހަމަލާ ދީފި

16 އެޕްރީލު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު