Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިގާލީ މަރުހަލާ

އަންނަ އަހަރަށް ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އެބަދޭ: ޝާހިދު

ބަޖެޓް ހުށަހަޅާނީ ސަރުކާރުން، ބަޖެޓާ ގުޅޭ މައުލޫމާތު ދޭނީ ވެސް ސަރުކާރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2018 | ހޮނިހިރު 13:52
އިންތިހާބީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަވާ ކޮމެޓީތަކުގެ ބައްދަލުވުމެއްގެ ތެރެއިން

އިންތިހާބީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަވާ ކޮމެޓީތަކުގެ ބައްދަލުވުމެއްގެ ތެރެއިން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތައްޔާރުކުރުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ސޯލިހު)ގެ ފަރާތުން ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ކުރެއްވުމަށް ސިޔާސީ ބޭފުޅެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވުމަށް ހޮނިހިރު ދުވަހު ސްޓެލްކޯގައި ހުންނަ ޑިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދުގެ އިތުރުން ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް (ސީވިޑް ލަތީފް) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން ވަކި ބަޖެޓެއް ކަނޑައެޅި މުވައްޒަފުން ވެސް ހިމެނޭ ގޮތަށް ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންއަށް އޮފީހެއް ސަރުކާރުން ގާއިމުކޮށްދޭން ޖެހެއެވެ. އެ އޮފީސް ކުރިއަށްދާނީ އިންތިހާބީ ރައީސް މަގާމުގެ ހުވާ ކުރައްވާ ދުވަހާ ހަމައަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އާ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ފެށިގެން ކުރިއަށް ދާތީ ބަޖެޓާ މެދު މިވަގުތު އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ އެކު ކުރިއަށްދާ ކަމަށާއި ބަޖެޓާ މެދު އެއްޗެއް ދަންނަވަން އެނގޭނީ ބަޖެޓް މަޖިލީހަށް ފޮނުވުމުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރަކު ވެސް ކުރިއަށް އޮތް އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައި، މަޖިލީހުން އެ ބެޖެޓް ދިރާސާކޮށް، ފާސް ކުރަންޖެހެއެވެ. މަޖިލީހަށް ބަޖެޓް ފޮނުވާނީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ފަހު ދައުރުގައި ކުރެވޭ އެންމެ ބޮޑު މަސައްކަތަކީ ބަޖެޓް ދިރާސާ ކުރުމާއި ފާސްކުރުމެވެ. މިހާރު ހިނގަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުއެވެ. މިދައުރު ކުރިއަށްދާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ޝާހިދު ވިދާޅުވީ ބަޖެޓް މަޖިލީހަށް ހުށަހެޅުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތައް ބުނާ ގޮތުން އެވަގުތަކު އޮންނަ ސަރުކާރަކުން ކުރާ ކަމަކަށް ވާތީ ބަޖެޓާ ގުޅޭ މައުލޫމާތު މިވަގުތު ހާމަކުރާ ނަމަ އެކަން ކުރާނީ ސަރުކާރުން ކަމަށެވެ.

އިންތިހާބީ ރައީސް ސޯލިހު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވާލުމުގައި އާ ސަރުކާރުގެ ސިޔާސަތުތައް ހިމެނޭ ގޮތަށް އަދި ގުޅިގެން އެމަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާފައެވެ.

އިންތިހާބީ ރައީސް ސޯލިހު އެގޮތަށް ވިދާޅުވުމާ ގުޅިގެން، އާ ސަރުކާރުން ބޭނުންވާ ގޮތަށް ފުރިހަމަ ބަޖެޓެއް ފޮނުއްވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ އެދިވަޑައިގެންފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމާއި ފާސްކުރުމަށް ސަރުކާރުން ހިންގާ ޕީޕީއެމުން ވަނީ ބުނެފައެވެ. އަދި ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވެސް އެވާހަކަތައް ދެކެވިފައި ވެއެވެ.

އިންތިހާބީ ރައީސް ސޯލިހު އާއި އިންތިހާބީ ނާއިބު ރައީސް ފައިސަލް ނަސީމްއަކީ މާލިއްޔަތު ކޮމެޓީގެ މެމްބަރުންނެވެ. އެންމެ ފަހުން އެކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެ ދެ ބޭފުޅުންވެސް ވިދާޅުވެފައިވަނީ ރައީސް ކަމުގެ ހުވާ ކުރައްވަންދެން މަޖިލީހުގެ ޖަލްސާތަކުގައާއި ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު