Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިހާބީ ރައީސް ސޯލިހު

ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް، ގައުމުތަކުގެ ވެރިންނަށް މިދަނީ ދައުވަތު ފޮނުވަމުން: މާރިޔާ

7 އޮކްޓޯބަރު 2018 | އާދީއްތަ 16:33

ހުވާ ކުރުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 އޮކްޓޯބަރު 2018 | އާދީއްތަ 16:33
އިންތިހާބީ ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ

އިންތިހާބީ ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި މިހާރު ވެސް ދައުވަތު ފޮނުއްވަމުން ގެންދަވާ ކަމަށް އިންތިހާބީ ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ސޯލިހުގެ އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އިންތިހާބީ ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވީހާ ވެސް ގިނަ ދިވެހި ރައްޔިތުން ބައިވެރިވެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން އިނޯގްރޭޝަން ކޮމެޓީން ކުރަމުންދާއިރު، ބޭރު ބައެއް ގައުމުތަކުގެ ވެރިންނަށް ވެސް ދައުވަތު ފޮނުއްވަމުން ގެންދަވާ ކަމަށެެވެ.

Advertisement - newsAdvertisement

ނަމަވެސް ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވެނީ ކޮން ބޭފުޅުންނެއްކަން އަދި މިހާތަނަށް އެނގިވަޑައި ނުގަންނަވާކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ ކޮންދުވަހެއްގައި ކަން އަދި މިހާތަނަށް ޔަގީން ނުވި ނަމަވެސް، ނޮވެމްބަރު 11 ނުވަތަ ނޮވެމްބަރު 17 ވަނަ ދުވަހު ބާއްވާނެއެވެ.

އިންތިހާބީ ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައި ވަނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

ރިޔާސީ އިންތިހާބު ސޯލިހު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ވެރިންނާއި އިސް ބޭފުޅުން ގެންދަވަނީ މަރުހަބާ ދަންނަވަމުންނެވެ.

އިންތިހާބީ ރައީސް ސޯލިހު އެންމެ ބައްދަލު ކުރައްވަން ބޭނުންފުޅުވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައި ވެއެވެ.

ޕާކިސްތާނު ޓުޑޭގައި ރިޕޯރޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ރައީސް އިމްރާހް ޚާން އަށް ފޯނުން ގުޅުއްވައި އިބޫ ވަނީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ. ޕާކިސްތާނު ޓުޑޭގައި ބުނެފައި ވަނީ އިބޫގެ ފޯންކޯލްގައި ދެ ފަރާތަށް ވެސް އެއްބަސްވެވޭ ތާރީޚެއްގައި ރާއްޖެ ވަޑައިގަތުމަށް އިބޫ އިމްރާން ޚާންގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށާއި އަދި އެ ދައުވަތު އިމްރާން ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
03 މެއި 2017

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި އެބަ އޮތް: ހޯމް މިނިސްޓްރީ

03 މެއި 2017
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި އެބަ އޮތް: ހޯމް މިނިސްޓްރީ
01 މެއި 2017

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ

01 މެއި 2017
ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ
20 އެޕްރީލު 2017

ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ

20 އެޕްރީލު 2017
ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ
11 އެޕްރީލު 2017

މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު

11 އެޕްރީލު 2017
މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު
10 އެޕްރީލު 2017

ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ

10 އެޕްރީލު 2017
ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް