ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު އިންތިހާބީ ރައީސް އިބޫގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
9 އޮކްޓޯބަރު 2018 | އަންގާރަ 04:47އިންތިހާބީ ރައީސް ގެންދަވަނީ ބޭރުގެ އެކި ފަރާތްތަކާ ބައްދަލުކުރައްވަމުން

އިންތިޚާބީ ރައީސް މިނިސްޓަރު ފައިޒަރުއާ އެކު
މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ އަރިހަށް ސްރީލަންކާގެ ސްޕޯޓް މިނިސްޓަރު ފައިޒަރު މުސްތަފާ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ފައިޒަރު, އިބޫއާ ބައްދަލުކުރައްވާފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ފައިޒަރު އިބޫގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާއިރު ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ވެސް ވަނީ އިންތިޚާބީ ރައީސާ ބައްދަލުކުރައްވާފައެވެ.
ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވުމާ ގުޅިގެން ބޭރުގެ ގައުމުތަކުގެ އިސްވެރިންނާއި، މަންދޫބުން އަންނަނީ އެމަނިކުފާނާ، ބައްދަލުކުރައްވައި މަރުހަބާ ދަންނަވަމުންނެވެ.
މީގެ އިތުރުން ސަރުކާރުގެ އިސް ވެރިންނާއި، ދައުލަތުގެ އިސްވެރިން ވެސް އަންނަނީ އިބޫއާ ބައްދަލު ކުރައްވަމުންނެވެ.








