Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑް ކޮމްއިން މައްސަލަތައް ބެލުމުގައި ހަމަހަމަ ކަމެއްނެތް: ކޮމިޝަނުގެ ރައީސް ޝަހީބު

4 އޮކްޓޯބަރު 2018 | ބުރާސްފަތި 09:01

ރާއްޖެޓީވީގެ މައްސަލަތައް އެކޮމިޝަނުގެ މެމްބަރުން އަމިއްލައަށް ހުށަހަޅައި ބަލާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 އޮކްޓޯބަރު 2018 | ބުރާސްފަތި 09:01
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން

މޯލްޑިވްސް ބަރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން އަމިއްލަ އިސްނެގުމުގެ މަތިންނާއި ކޮމިޝަނުގެ ވަކިވަކި މެމްބަރުން ހުށަހަޅާ މައްސަލަތައް ބެލުުމުގައި ހަމަހަމަކަން ނެތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ސިޔާސީ ނުފޫޒު އެބޭފުޅުންގެ މައްޗަށް އޮތް މިންވަރު އެނގޭނީ ވެސް ހަމަ އެބޭފުޅުންނަށް ކަމަށް ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.

ބްރޯޑް ކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ބްރޯޑްކޮމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ކޮމިޝަނުގެ އިސްނެގުމުގެ މަތިންނާއި ވަކިވަކި މެމްބަރުން މައްސަލަތައް ހުށަހެޅި ބަލަމުންދާއިރު، އެ މައްސަލަތައް ހުށަހަޅާ ކޮމިޝަނުގެ މެމްބަރުންނަށް ސިޔާސީ ނުފޫޒު އޮތްކަން ނުވަތަ ނެތްކަން އެނގޭނީ ހަމަ އެ ބޭފުޅުންނަަށް ކަމަށެވެ. އަދި ކޮމިޝަނުގެ ރައީސް ޝަހީބަށް ސިޔާސީ އެއްވެސް ނުފޫޒެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އެންމެ ގިނަ މީހުންބަލާ ރާއްޖެޓީވީ ހަތަރު ފަހަރެއްގެ މަތިން ޖޫރިމަނާކޮށް، ޖުމްލަ 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި، އެހެން ޓީވީސްޓޭޝަންތަކުގެ މައްސަލަތައް ނުބަލަނީ ކޮންއުސޫލަކުންތޯ އާއި ދައުލަތުގެ މީޑިއާއިންނާއި ބައެއް އަމިއްލަ ޓީވީ ސްޓޭޝަންތަކުން ކުރީގެ ރައީސުންނާއި ސިޔާސީ ބައެއް ބޭފުޅުންގެ އަބުރަށް އަރައިގަންނައިރު، އެފަދަ މައްސަލަތައް ބެލުމަށް ފަސްޖެހެނީ ކީއްވެތޯ ރާއްޖެޓީވީން ސުވާލު ކުރުމުން ޝަހީބު ވިދާޅުވީ މައްސަލަތައް ބެލުމުގައި ހަމަހަމަކަން ނެތްކަން ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ތިވިދާޅުވާ ހަމަހަމަކަން ނެތް މައްސަލަތައް އެބަހުރި. ބައެއް މައްސަލަތަކަކީ ކޮމިޝަނުގެ އިސްނެގުމަށް ނުވަތަ ކޮމިޝަނުގެ ބައެއް މެމްބަރުން އިސްނަންގަވައިގެން ހުށަހަޅުއްވާފައިހުރި މައްސަލަތައް. ދެން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ އެބޭފުޅުންގެ މިނިވަންކަމާމެދު އެއްޗެއް ވިދާޅުވާން... އަޅުގަނޑު މިދަންވަނީ އަޅުގަނޑަށް އެއްވެސް ކަމެއްގައި އެއްވެސް ސިޔާސީ ފަރާތަކުން ނުފޫޒެއް ފޯރުވާފައެއް ނެތް،" ޝަހީބު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވީ ކޮމިޝަނުގެ އިސްނެގުމުގެ މަތިންނާއި ކޮމިޝަނުގެ މެމްބަރުން އިސްނަގައިގެން މައްސަލަތައް ބަލާކަމުގައިވާނަމަ މިއަށް ވުރެ ހަމަހަމަކޮށް ބެލެންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ކޮމިޝަނުން އިސްނަގައިގެން މައްސަލަތައް ބަލާކަމުގައި ވާނަމަ މިއަށް ވުރެ ހަމަހަމަކޮށް ބެލެންޖެހޭނެ ކަމަށް އަޅުގަނޑުވެސް ގަބޫލު ކުރަން. ހަމަ އެންމެ ޓީވީއެއްގެ މައްސަލައެއް ނޫން ކޮމިޝަނުން ބަލާނަމަ ފެންނަންޖެހޭނީކީއެއް. އެއަށް ވުރެ ހަމަހަމަކޮށް ހުރިހާ ޓީވީ ސްޓޭޝަންތައް ބަލައިގެން ކުރާނަމަ ތިސުވާލެއް ނުކުރައްވާނެކަން އަޅުގަނޑު ގަބޫލު ކުރަން،" ޝަހީބު ވިދާޅުވި އެވެ.

ޝަހީބު އެގޮތަށް ވިދާޅުވިއިރު، ރާއްޖެޓީވީ ހަތަރު ފަހަރެއްގެ މަތިން 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވެއެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް އަރައިގަނެފައިވާ ކަމަށް ބުނެ ބޮޑެތި އަދަދުތަކުން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވާއިރު، އެއީ އެކިއެކި ސިޔާސީ ބޭފުޅުން ސިޔާސީ ޕޯޑިއަމްތަކުގައި ނުވަތަ ޓީވީ ޕްރޮގްރާމްތަކުގައި ދައްކާފައިވާ ވާހަކަތައް ބްރޯޑްކާސްޓް ކުރުމާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާ ތަކެކެވެ.

ނަމަވެސް ދައުލަތުގެ މީޑިއާއިންނާއި ބައެއް އަމިއްލަ ޗެނަލްތަކުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ސިޔާސީ ބައެއް ފަރާތްތަކުގެ އަބުރަށް އަރައިގަނެ، ފާޑުފާޑުގެ ރިޕޯޓްތައް އެ ސްޓޭޝަނުން ގެނެސްދީފައިވާއިރު، އެމައްސަލަތައް އެކޮމިޝަނުގެ ނުވަތަ އެކޮމިޝަނުގެ މެމްބަރުންގެ ސަމާލު ކަމަށް އައިކަމަކަށް ނުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް