Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ޕީޕީއެމްއިން ބުނެފި

5 އޮކްޓޯބަރު 2018 | ހުކުރު 14:17

އެގޮތަށް ފާސްކުރީ ގަރާރެއް ހުށަހެޅުއްވުމަށްފަހު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 5 އޮކްޓޯބަރު 2018 | ހުކުރު 14:17
ރައީސް ޔާމީން ކާމިޔާބު ކުރެއްވި ކަމަށް ބުނެ، ގަރާރު ފާސްކުރި މުޒާހަރާގެ ތެރެއިން

ރައީސް ޔާމީން ކާމިޔާބު ކުރެއްވި ކަމަށް ބުނެ، ގަރާރު ފާސްކުރި މުޒާހަރާގެ ތެރެއިން

ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވި ކަމަށް ޕީޕީއެމުން ކުރި މުޒާހަރާއެއްގައި ނިންމައި، "ގަރާރެއް" ފާސްކޮށްފިއެވެ.

ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ބުނެ، ގަރާރެއް ފާސްކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި މުޒާހަރާގައެވެ. ގާނޫނާ ޚިލާފަށް ބޭއްވި އެ މުޒާހަރާއަށް ގަރާރު ހުށަހެޅުއްވީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ (މުއާ) އެވެ.

Advertisement - newsAdvertisement

އެ ގަރާރު ހުށަހަޅުއްވަމުން މުއާޒު ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވީ 69.77 ޕަސެންޓު ވޯޓުން ކަމަށެވެ.

އޭނާ ހުށަހެޅުއްވި ގަރާރަށް "ވޯޓަށް" އެހިއިރު، ޕީޕީއެމް އޮފީސް ކުރިމަތީގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ލިޔުންތަކެއް ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ތިބި ބަޔަކު ތިއްބެވެ. އެއްވެފައި ތިބި ބައެއް މީހުން ތިބީ މޫނު ނުފެންނަ ގޮތަށް، ޕޯސްޓަރުތަކެއް ހިފަހައްޓައިގެންނެވެ.

ޕީޕީއެމް މުޒާހަރާއަށް އެއްވި ބައެއް މީހުން ޕޯސްޓަރުތަކުން މޫނު ފޮރުވައިގެން: ވޯޓު އޮޅުވާލި ކަމަށް ބުނެ ކުރާ މުޒާހަރާ އެއްވެ، އަޑު އުފުލަނީ މަދު ބަޔަކު--- ފޮޓޯ/ ރާއްޖެއެމްވީ

"އެހެންކަމުން މި ގަރާރު ފާސްވެގެން ދިއުމާ ގުޅިގެން 69.77 ޕަސެންޓުގެ ތަނަވަސް އަޣުލަބިއްޔަތަކުން ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ކަމަށް ހޮވިފައި ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް،" މަދު ބަޔަކާއެކު ކުރިއަށް ގެންދިޔަ މުޒާހަރާގައި މުއާޒު ވިދާޅުވިއެވެ.

ޕީޕީއެމްގެ މުޒާހަރާގައި އެގޮތަށް ބުނެފައި މިވަނީ، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަކީ އިންތިހާބީ ރައީސް ނޫން ކަމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ބުނެފައިވަނިކޮށެވެ.

ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެ ވަޑައިގެންނެވިކަން އެމަނިކުފާނު އިއުލާން ކުރެއްވިތާ، ހަތްވަނަ އަށް ވީ ދުވަހު ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް 96،000 ވުރެ ގިނަ ވޯޓު ލިބޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެއަށްފަހު އެމަނިކުފާނު އިލްތިމާސް ކުރައްވާފައި ވަނީ އިންތިހާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއެކު ސިލްސިލާ މުޒާހަރާތަކެއް އަތޮޅުތެރެ އާއި މާލޭގައި ކުރިއަށް ގެންދިއުމަށެވެ.

އެމަނިކުފާނު އެގޮތަށް އިލްތިމާސް ކުރެއްވިތާ، ތިންވަނަ އަށްވީ ދުވަހު ވެސް، އަތޮޅު ތެރޭގައި މުޒާހަރާތަކެއް ފަށާފައެއް ނުވެއެވެ. މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމައްޗަށް އެއްވާ މީހުން، ދަނީ މަދުވަމުންނެވެ.

އެންމެ ހިނގާ

1

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

2

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

3

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

4

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

5

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް