Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން - އެމެރިކާ

އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރަން އައިސީޖޭއިން އެމެރިކާއަށް އަމުރުކޮށްފި

4 އޮކްޓޯބަރު 2018 | ބުރާސްފަތި 02:21

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަކުރީ އޯގަސްޓް މަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 4 އޮކްޓޯބަރު 2018 | ބުރާސްފަތި 02:21
އީރާނާއި އެމެރިކާއާއި ދެގައުމަކީވެސް އައިސީޖޭގެ ނިންމުންތަކަށް އިހުތިރާމް ނުކުރުމުގެ ރެކޯޑް އޮންނަ ދެ ގައުމު

އީރާނާއި އެމެރިކާއާއި ދެގައުމަކީވެސް އައިސީޖޭގެ ނިންމުންތަކަށް އިހުތިރާމް ނުކުރުމުގެ ރެކޯޑް އޮންނަ ދެ ގައުމު | އީޕީއޭ

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި ދުނިޔޭގެ ބާރުތަކާއެކު ވެފައިވާ އެއްބަސްވުމުން މެއި މަހު އެމެރިކާއިން ވަކިވެ އީރާނާ ދެކޮޅަށް އިއާދަކުރި ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ)އިން އަމުރުކޮށްފިއެވެ.

ފަނޑިޔާރުންވަނީ ކާބޯތަކެއްޗާއި، ބޭސް ހިމެނޭ ގޮތުން އިންސާނީ އެހީގެ ސާމާނާއި ވައިގެ ދަތުރުފަތުރުގެ ސަލާމަތާބެހޭ ތަކެތި އެ ގައުމަށް ފޯރުކޮށްދިނުމަށް ހުރަހެއް އެޅޭ އެއްވެސް މާއްދާއެއް އޮތްނަމަ ނައްތާލެއްވުމަށް އަންގަވާފައެވެ. އެމެރިކާއިންވަނީ އެގައުމުން މިހާރުވެސް އިންސާނީ އެހީގެ ސާމާނު ފޮނުވުމަށް މަނާނުކުރާއިރު ހުކުމަކީ އިރާނު "ބަލިވުމެއް"ކަމަށް ބުނެފައެވެ.

އައިސީޖޭގެ ނިންމުމަކީ އެ މައްޗަށް އަމަލުކުރުން ލާޒިމް އެއްޗަކަށްވީ ނަމަވެސް ތަންފީޒު ކުރުމުގެ ބާރެއް ނޯންނާނެއެވެ.

މިއީ އދ.ގެ މެމްބަރު ގައުމުތަކުގެ މެދުގައި އުފެދޭ ގާނޫނީ ޚިލާފްތަކުގައި ގޮތް ނިންމާ މައި ކޯޓެވެ. ނަމަވެސް އެމެރިކާއާއި އިރާނާ ވެސް މީގެ ކުރިން އެ ކޯޓްގެ ނިންމުންތަކަށް އަޅާނުލައި ދޫކޮށްލާފައިވާ ދެ ގައުމެވެ.

އެމެރިކާ ވަނީ މެއި މަހުގެ ތެރޭގައި ނިއުކްލިއަރ އެއްބަސްވުމުން ވަކިވެ އީރާނަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އޯގަސްޓް މަހުގެ ކުރީކޮޅު އިޔާދަކުރައްވާފައެވެ.

ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެެމެރިކާ އާއި، ރަޝިއާ އާއި، ޗައިނާ އާއި، ފްރާންސާއި، އިނގިރޭސިވިލާތާއި، ޖަރުމަނު ވިިލާތުން، އީރާނާ އެކު، ވި ނިއުކްލިއަރ އެއްބަސްވުން ގާއިމް ކުރީ 2015 ވަނަ އަހަރުއެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއަރ ހަރަކާތްތައް މަދުކުރުމަށް އެއްބަސްވެފައެވެ. އަދި އޭގެ ބަދަލުގައި އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމަށް ދުނިޔޭގެ ބާރުތަކުންވަނީ އެއްބަސްވެފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެ އެއްބަސްވުމަކީ އެއްފަރާތަކަށް ޖެހިފައިވާ އެއްބަސްވުމެއްކަމަށެވެ.

އޯގަސްޓު މ،ަހުގެ ހަތްވަނަ ދުވަހުންފެށިގެން ފިޔަވަޅު އަޅާފައިވާ ދާއިރާ ތަކުގެ ތެރޭގައި:

-އީރާނު ސަރުކާރާއިއެކު އެމެރިކާ ޑޮލަރުގެ މުއާމަލާތްކުރުން

-އިރާނުގެ ރަނާއި އެހެނިހެން މައުދަނުގެ ވިޔަފާރި

-ގްރެފައިޓް،އެލުމެނިއަމް،ދަގަނޑު، ބޯޓުދެލި،ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރެވޭ އިންޑަސްޓްރިއަލް ބޭނުންތައް

-އީރާނުގެ ފައިސާ، ރިއާލް ބޭނުންކޮށްގެން ހިންގޭ ޓްރާންސެކްޝަންތައް

-އީރާނުގެ ދަރަނީގެ މުއާމަލާތްތައް

-އިންޖީނު އުޅަނދު އުފެއްދުމުގެ އިންޑަސްޓްރީ

މިއީ ފުރަތަމަ ފިޔަވަހީގައި ފިޔަވަޅު އަޅާފައިވާ ދާއިރާތައް ކަމަށްވާއިރު ނޮވެމްބަރު މަހުގެ 5ން ފެށިގެން ފިޔަވަޅު އެޅޭ ދާއިރާތަކުގެ ތެރޭގައި އިރާނުގެ ހަކަތައާއި ޝިޕިންގ ދާއިރާ، އަދި ޕެޓްރޯލިއަމް ވިޔަފާރިއާއި، އީރާނުގެ މަރުކަޒީ ބޭންކް މެދުވެރިކޮށް ބޭރުގެ ފަރާތްތަކާއި ހިންގޭ ފައިސާގެ މުއާމަލާތްތައް ހިމެނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 ޖޫން 2017

ގަތަރާމެދު އަޅާފައިވާ ފިޔަވަޅަކީ އިސްލާމީ އުސޫލުތަކާވެސް ޚިލާފް ކަމެއް:ތުރުކީ

13 ޖޫން 2017
ގަތަރާމެދު އަޅާފައިވާ ފިޔަވަޅަކީ އިސްލާމީ އުސޫލުތަކާވެސް ޚިލާފް ކަމެއް:ތުރުކީ
12 ޖޫން 2017

ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

12 ޖޫން 2017
ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު
10 ޖޫން 2017

ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި

10 ޖޫން 2017
ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް އެމެރިކާއިން ގޮވާލައިފި
08 ޖޫން 2017

ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

08 ޖޫން 2017
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި
05 ޖޫން 2017

އދ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އެއްގޮތަކަށްވެސް ބަލައިނުގަންނަަން: އުތުރު ކޮރެއާ

05 ޖޫން 2017
އދ އިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތައް އެއްގޮތަކަށްވެސް ބަލައިނުގަންނަަން: އުތުރު ކޮރެއާ
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
25 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް