Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރުކޮރެއާގެ މައްސަލަ

ޕޮމްޕެއޯ އަނެއްކާވެސް އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރައްވަނީ

4 އޮކްޓޯބަރު 2018 | ބުރާސްފަތި 02:16

ކިމްއާއި ޓްރަމްޕްވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ބައްދަލުކުރައްވާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 4 އޮކްޓޯބަރު 2018 | ބުރާސްފަތި 02:16
ރައީސް ޓްރަމްޕާއެކު ކިމް ބޭއްވެވި ބައްދަލުވުމުގެ ކުރިން ޕޮމްޕެއޯވަނީ ކިމްއާ ބައްދަލުކުރައްވާފައި

ރައީސް ޓްރަމްޕާއެކު ކިމް ބޭއްވެވި ބައްދަލުވުމުގެ ކުރިން ޕޮމްޕެއޯވަނީ ކިމްއާ ބައްދަލުކުރައްވާފައި

ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ކުރެވޭ މަޝްވަރާގެ އިތުރު ބުރެއް ކުރިޔަށް ގެންދެވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އަންނަ އާދީއްތަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ބައްދަލުކުރައްވާނެކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.

ކޮރެއާގެ ލީޑަރާއެކު ބާއްވަވާ ބައްދަލުވުންތަކުގެ އިތުރުން އެމެރިކާގެ ބައިވެރިންކަަމަށްވާ ދެކުނު ކޮރެއާއާއި ޖަޕާނަށްވެސް ޕޮމްޕެއޯ ވަޑައިގަންނަވާނެކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ހެދަރ ނޯއާޓް ވިދާޅުވިއެވެ. މީގެ އިތުރުން އުތުރު ކޮރެއާގެ އެންމެ ގާތް ބައިވެރިޔާ ޗައިނާއަށްވެސް ޕޮމްޕެއޯ ވަޑައިގަންނަވާނެއެވެ.

އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުމާބެހޭ އެއްބަސްވުމެއް އުތުރުކޮރެއާއާއެކު ވެވޭތޯ ކުރަމުންދާ މަސައްކަތުގައި ޕޮމްޕެއޯ އުތުރު ކޮރެއާއަށް ވަޑައިގަންނަވާ މިއީ ހަތަރުވަނަ ފަހަރެވެ.

ޕިޔޯންގޔަންގ އިން އުއްމީދު ކުރަމުންދަނީ އެއްބަސްވުމަކަށް ގޮސްގެން އެ ގައުމަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިގެންދާނެކަމަށެވެ.

ނިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ ކަންކަމާ މަޝްވަރާކުރުމަށް އަނެއްކާވެސް ޕިޔޯންގޔަންގއަށް ވަޑައިގަތުމަށް ޕޮމްޕެއޯއަށް ދައުވަތު އަރުވާފައިވަނީ މިިދިޔަ ހަފްތާގައި ކުރިޔަށްދިޔަ އދގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ރީ ޔޮންގ ހޯ އާ އެކު ބޭއްވެވި ބައްދަލުވުމަށްފަހުއެވެ.

ޕޮމްޕެއޯގެ ދަތުރުފުޅު ހޮނިހިރު ދުވަހު ފައްޓަވާނީ ޖަޕާނުންނެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލުކުރައްވާނެއެވެ.

ޖަޕާނަށްފަހު ޕޮމްޕެއޯ ވަޑައިގަންނަވާނީ ދެކުނުކޮ ކޮރެއާއަށެވެ. އުތުރު ކޮރެއާއާއެކު ސުލްހައިގެ މަގަށް އައުމުގެ މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިން އިންއާ ޕޮމްޕެއޯ ބައްދަލުކުރައްވާނެއެވެ.

އޭގެ ފަހުން ބެއިޖިންއަށް ވަޑައިގަންނަވާނެކަމަށް ނޮއަރޓް ވިދާޅުވި ނަމަވެސް ބައްދަލުކުރައްވާ އޮފިޝަލުން ވިދާޅެއް ނުވެއެވެ.

ޖޫން މަހުގެ 12 ވަނަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ވަނީ ސިންގަޕޫރުގައި ބައްދަލުކުރައްވައި، އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ދެ ޤައުމުގެ ލީޑަރުން ފުރަތަމަ ފަހަރަށް ބޭއްވި މި ބައްދަލުވުމުގައި އުތުރު ކޮރެއާއިން ވަނީ އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލާނެކަމަށް އެއްބަސްވެފައެވެ. އަދި ބަދަލުގައި އެމެރިކާއިން ވަނީ އުތުރު ކޮރެއާއާއި ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމަށް އެއްބަސްވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް