Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ޔާމީނާ ދެކޮޅަށް އެމްއެމްއޭ އިން ފުލުހުންނަށް ހުށަހެޅި މައްސަލަ ނަގައިފި ކަމަށް ބުނެފި

2 އޮކްޓޯބަރު 2018 | އަންގާރަ 08:36

ރައީސް އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާވި ކަމަށް ތުހުމަތުކޮށްފައިވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 އޮކްޓޯބަރު 2018 | އަންގާރަ 08:36
ރައީސް ޔާމީން ކެބިނެޓް ބައްދަލުވުމެއްގެ ރިޔާސަތުގައި

ރައީސް ޔާމީން ކެބިނެޓް ބައްދަލުވުމެއްގެ ރިޔާސަތުގައި

ރައީސް އަބްދުﷲ ޔާމީން މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގގެ މައްސަލައަކާ ގުޅިގެން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހެޅި މައްސަލަ އަބުރާ ނަގާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްއޭ އިން ފުލުހުންނަށް މައްސަލަ ހުށަހެޅިކަން ރައީސް ޔާމީނަށް އެނގިވަޑައިގެން، އެކަމުގެ މައުލޫމާތު ހޯއްދެވުމަށް ގަވަރުނަރު އަހުމަދު ނަސީރަށް ރައީސް ގުޅުއްވި ކަމަށާއި އެމްއެމްއޭގެ ފައިނޭޝަން އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ސިޓީއެއް ފޮނުވާފައި ވަނީ ގަވަރުނަރަށް އެނގިވަޑައިގެން ނޫން ކަމަށް ވިދާޅުވި ކަމަށެވެ.

Advertisement - newsAdvertisement

މުއާޒު ވިދާޅުވީ އެމްއެމްއޭގެ ފައިނޭޝަލް އިންޓަލިޖެންސް ޔުނިޓުން ފުލުހުންނަށް ފޮނުވި ސިޓީގައި ހުރި ވާހަކަތަކުން ރައީސް ޔާމީން ގާނޫނާ ހިލާފުވެފައިވާ އެއްވެސް ކަމެއް އެނގެން ނެތް ކަމަށާއި އެ ސަބަބާ ހުރެ، އެ ސިޓީ އަބުރާ ނަގާފައިވާ ކަަމަށް ގަވަރުނަރު ނަސީރު ވިދާޅުވި ކަމަށް މުއާޒު ކުރެއްވި ޓްވީޓުގައި ވެއެވެ.

އެހެންކަމުން އެމްއެމްއޭގެ ފަރާތުން އެ ވާހަކައިގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް ރައީސް ޔާމީން ގަވަރުނަރު އަރިހުން އެދިވަޑައިގެންނެވި ކަމަށް މުއާޒު ކުރެއްވި ޓްވީޓުގައިވެއެވެ.

މުއާޒު އެގޮތަށް ޓްވީޓު ކުރައްވާފައި ވަނީ އިންތިޚާބަށް ކައިރިވެފައި ވަނިކޮށް ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާވެފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފައި ވަނިކޮށެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވަނީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން (އެފްއައިޔޫ) ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އޭރުގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުވި ސިޓީއަކާ ހަވާލާދީއެވެ. އަލްޖަޒީރާ އިން ބުނީ އެ ސިޓީ އެތަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ފައިސާތައް ޖަމާކޮށްފައި ވަނީ ދެ ފަހަރެއްގެ މަތިން މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުންނަ ރައީސް ޔާމީންގެ އެކައުންޓަށެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު 648،508 ޑޮލަރު އަދި ސެޕްޓެމްބަރު 10 ވަނަ ދުވަހު ޖަމާކުރި 810،635 ޑޮލަރު ކަމަށް އެފްއައިޔޫއާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވެއެވެ.

މުއާޒު ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ވަކި އެކައުންޓެއް ހަމަޖައްސެވި ކަމަށާއި އެ އެކައުންޓަށް ގަވާއިދުން ފައިސާ ލައްވަމުން ގެންދެވި ކަމަށެވެ. އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް އެކަމުގައި ނޫޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް މުއާޒު ވިދާޅުވެފައި ވެއެވެ.

މިކަމާ ބެހޭ ގޮތުން މިހާތަނަށް ގަވަރުނަރުގެ ވެސް އަދި ފުލުހުންގެ ވެސް ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް