Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު ފާރިސް މައުމޫން

ފާރިސް ޝަޚްސު އޮޅުވާލި ކަމަށް ބުނާ މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ނިންމާލައިފި

1 އޮކްޓޯބަރު 2018 | ހޯމަ 08:34

މިހަފުތާގެ ތެރޭގައި ހުކުމް ކުރާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 1 އޮކްޓޯބަރު 2018 | ހޯމަ 08:34
ކަފާލާތުގެ ދަށުން ފާރިސް އިއްޔެ ދޫކޮށްލުމުން ގިނަ ބަޔަކު މަރުހަބާ ކިޔަނީ

ކަފާލާތުގެ ދަށުން ފާރިސް އިއްޔެ ދޫކޮށްލުމުން ގިނަ ބަޔަކު މަރުހަބާ ކިޔަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުންކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ހަތަރު މަހާ 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ހޯމަ ދުވަހު ބޭއްވި އަޑުއެހުމަށް ފަހު ފާރިސްގެ ޤާނޫނީ ވަކީލް ހުސައިން ޝަމީމް ރާއްޖެ އެމްވީއަށް ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިމުނީކަން ގާޒީ އިއުލާން ކުރެއްވި ކަމަށާއި ދެން އޮންނާނީ ހުކުމްކުރުން ކަމަށް ވިދާޅުވި ކަމަށެވެ. އަދި މިހަފުތާގެ ތެރޭގައި ހުކުމް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ބޭއްވި އަޑުއެހުމަށް އިޝާރާތް ކުރައްވާ ޝަމީމް ވިދާޅުވީ މައިގަނޑު ގޮތެއްގައި ދެކެވުނީ އިޖުރާއީ މައްސަލައިގެ ވާހަކަ ކަމަށާއި ކްރިމިނަލް ކޯޓުން ފާރިސްއަށް ހުކުމް ކުރިއިރު އިޖުރާއީ ގޮތުން ފުރިހަމަވާން ޖެހޭ އެތައް ކަމެއް ފުރިހަމަނުކޮށް މައްސަލަ ނިންމާލާފައިވާތީ އެވާހަކަ ކަމަށެވެ.

ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގައި ވެސް އަދި ހައިކޯޓުގައި ވެސް ފާރިސްގެ ފަރާތުން އެދެމުން ދިޔައީ ފާރިސް ކުށެއް ކޮށްފިތޯ ކަނޑައެޅުމުގެ ކުރިން އެކަން ބެލުމަށް ބާއްވާ ޝަރީއަތުގެ ކުރިންނާއި ޝަރީއަތުގައި ވެސް ފުރިހަމަވާން ޖެހޭ އިޖުރާއަތްތައް ފުރިހަމަވެފައި ނުވާތީ އެކަން ބަލައިދިނުމަށް ކަމަށެވެ. އަދި އެކަންކަން ދައުލަތުން ވެސް ޤަބޫލު ކުރައްވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ އިޖުރާއީ ނުކުތާތަކުގެ ގޮތުގައި ފާހަގަ ކުރައްވާފައި ވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ކަންކަން ކަމަށާއި އެކަންކަމަކީ އިންސާފްވެރި ޝަރީއަތެއް ހިންގުމަށްޓަކައި ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމަށެވެ.

ފާރިސްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީއެވެ. އެ މައްސަލަ މި އަހަރުގެ ޖުލައި މަހު އިސްތިއުނާފު ކޮށްފައިވާއިރު، މައިގަނޑު 27 ކަމެއް ފާހަގަކޮށްފައިވެއެވެ.

ފާރިސްގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ޕީޕީއެމް އިން ފާރިސް ވަކިކޮށްފައި ވަނިކޮށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމިނާއި އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ ހުއްދަ ނެތި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކޮށްފައިވާކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މި މައްސަލަ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ސިއްރު ތިން ހެކިވެރިޔަކާއި، ފާރިސް ޕާޓީން ވަކިކުރިކަން ސާބިތު ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ސިޓީއެއްގެ އިތުރުން ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރި ކަމަށް ބުނާ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑިންގއެއް ހުށަހަޅާފައިވެއެވެ. އަދި ފާރިސް މި ދައުވާއިން ދިފާއުވުމަށް 47 މީހަކު ހެކީގެ ގޮތުގައި ހުށަހެޅިއިރު 27 ކިތާބީ ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް ހެކިބަސް ނެގީ ހަ މީހެއްގެއެވެ.

ކަފާލާތުގެ ދަށުން ފާރިސް މިހާރު ވަނީ މިނިވަންކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް