Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑަވެލި-ހޯނޑެއްދޫ

މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭ ރައްޔިތުން ނުކުމެ ކަނޑާލައިފި

29 ސެޕްޓެމްބަރު 2018 | ހޮނިހިރު 10:46

ކޯޒްވޭ ކަނޑާލީ ކޯޒްވޭ މަތިން، ރަށު ތެރެއަށް ލޮނުގަނޑު އަރައި، ގިނަ ގެއްލުންތަކެއް ވާތީ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ސެޕްޓެމްބަރު 2018 | ހޮނިހިރު 10:46
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ސަރުކާރުން ތަރައްގީ ކުރަމުންދާ ކޯޒްވޭ

މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ސަރުކާރުން ތަރައްގީ ކުރަމުންދާ ކޯޒްވޭ

އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ސަރުކާރުން ތަރައްގީ ކުރަމުންދާ ކޯޒްވޭ ހޯޑެއްދޫ ރައްޔިތުން ނުކުމެ ކަނޑާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހޯޑެއްދޫ ރައްޔިތުން ނުކުމެ ކޯޒްވޭ ކަނޑާލީ ކޯޒްވޭ މަތިން، ރަށުގެ ތެރެއަށް ލޮނުގަނޑު އަރައި، ގިނަ ގެއްލުންތަކެއް ވާތީއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒު ވިދާޅުވީ މޫސުން ގޯސްވެ ކަނޑު ގަދަވާ ކޮންމެ ފަހަރަކު ކޯޒްވޭއިން ލޮނުގަނޑު ރަށުތެރެއަށް އަރާ ކަމަށާއި، ތިން ފަހަރެއްގެ މަތިން ރައްޔިތުންނަށް ގެއްލުންވާ މިންވަރަށް ރަށުތެރެއަށް ލޮނުގަނޑު އަރާފައިވާ ކަމަށެވެ.

އަޔާޒު ވިދާޅުވީ އޮއިބާރު، ވަރަށް ބޮޑަށް ފެން ދެމޭ އެ ސަރަހައްދު ބައްދާލައި، ވެލީގެ ފާލަމެއް އެޅުމުން، ފެން ދައުރުވާނެ ގޮތެއް ނެތް ކަމަށެވެ. އަދި ކޯޒްވޭ މަތިން ލޮނުގަނޑު އަރާ ކަމަށާއި، ފެން ދައުރު ކުރުމަށް، ތިން ސަރަހައްދެއް ކަނޑާފައި ހުރި ނަމަވެސް، އެތަން ކުޑަވުމުގެ ސަބަބުން، އެކަށީގެންވާ ގޮތެއްގައި އެތަނަކުން ފެނެއް ދައުރު ނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.

ހޯޑެއްދޫއަކީ ދަނޑުވެރިކަމަށް ބަރޯސާވެފައި އޮންނަ ރަށެއްކަން ފާހަގަކުރައްވައި އަޔާޒު ވިދާޅުވީ އެ ރަށު ރައްޔިތުން ދަނޑު ހައްދާ ސަރަހައްދަށް ފެން އަރަން ފެށުމުން، ކޯޒްވޭ ކަނޑާލަން މަޖުބޫރުވީ ކަމަށެވެ. އަދި އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ކަނޑާލީ ހޯޑެއްދޫއާ ކޯޒްވޭ ގުޅޭ ހިސާބު ކަމަށާއި، ދެން އެދޭތެރެއިން ފެން ދައުރުވެ، ރަށަށް ލޮނުގަނޑު އެރުން ކުޑަ ކަމަށް އޭނަ ވިދާޅުވިއެވެ.

"ރައްޔިތުން މުހިންމީ. ކާންބޯން ކުރާ މަސައްކަތް މިއީ. ގެއްލުންވަންޏާ ހައްލުކުރަންޖެހޭނެ. މިކަން ކޮށްގެން އަދަބު ދެންޏާ ހަމަދޭންވީ. ރައްޔިތުންގެ ހައްގުގައި ކައުންސިލުން އަބަދު ވެސް ބަސް ބުނާނަން. މީގެ ކުރިން ވެސް ފެންގަނޑު ރަށުތެރެއަށް ވަނީމަ ރައްޔިތުން ނުކުމެ ރަށުތެ އާންމު ހާލަތަށް ގެނައީ. ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް އެއްވެސް ކަމެއް ނުވި" އަޔާޒު ވިދާޅުވިއެވެ.

އަޔާޒު ވިދާޅުވީ ރަށު ތެރެއަށް ލޮނުގަނޑު ވަންނަ މައްސަލަ ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީގެ ސަމާލުކަމަށް ގެނެސް، ކޯޒްވޭގެ އޮއިދެމޭ ބައި ބޮޑުކުރުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުކޮށް ކޯޒްވޭގެ މައްޗަށް އިތުރަށް ފަސް އަޅައި އެތަން އުސްކުރީ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ސަރުކާރުން ތަރައްގީ ކުރަމުންދާ ކޯޒްވޭ ކަނޑާލާފައި

މިއީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުންކަން ފާހަގަކުރައްވައި އަޔާޒު ވިދާޅުވީ މިކޯޒްވޭ އަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތް ހޯދައިދިނުމަށް ސަރުކާރުން ގާއިމުކުރި ތަނެއް ނޫން ކަމަށާއި، އެތަން ހަދާފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ރައްޔިތުންނަށް އެކަމުގެ ގެއްލުން ބޮޑު ގޮތަށް ކަމަށެވެ.

އަޔާޒު ވިދާޅުވީ ކޯޗްވޭގެ މަސައްކަތް ކުރިއަށްދާތާ 3 އަހަރު ވެފައިވާ ކަމަށާއި، މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބާއި ގުޅިގެން އަދިއްތަ ދުވަހު އެމްޓީސީސީން މަސައްކަތް ފެށި ކަމަށް ވެސް އޭނަ ވިދާޅުވިއެވެ. އަޔާޒު ވިދާޅުވީ ކޯޗްވޭ ނިމިފައިހުރީ 80 އިންސައްތަ މަސައްކަތް ކަމަށެވެ.

ހޯޑެއްދޫ އާއި މަޑަވެލި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުން މަސައްކަތް ނިންމާ ގޮތަށް 29 މިލިއަން ރުފިޔާ އަށެވެ. މިދެރަށް ދެތެރޭ ހަދާ ކޯޒްވޭގެ ދިގުމިނަކީ 440 މީޓަރެވެ. އަދި ކޯޒްވޭގެ ފުޅާމިނުގައި ހަތް މީޓަރު ހުންނާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް