Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނީ ވަކީލު ހުސައިން ޝަމީމް

ގާނޫނީ ވަކީލު ޝަމީމުގެ ސަސްޕެންޝަން އުވާލައިފި

23 އޮކްޓޯބަރު 2018 | އަންގާރަ 04:56

ސަސްޕެންޑް ކުރީ މިމަހުގެ 13 ވަނަ ދުވަހު، ތިން މަސް ދުވަހަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އޮކްޓޯބަރު 2018 | އަންގާރަ 04:56
ގާނޫނީ ވަކީލު ހުސައިން ޝަމީމު

ގާނޫނީ ވަކީލު ހުސައިން ޝަމީމު

މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޝަމީމު ސަސްޕެންޑް ކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުންނެވެ. ސަސްޕެންޝަން އުވާލައިފައިވާ ކަމަށް ޝަމީމަށް އަންގަވާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ޑިޕާޓުމެންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޝަމީމު ސަސްޕެންޑް ކޮށްފައި ވަނީ ޝަމީމުގެ ނަމުގައި ހިންގަމުން ގެންދާ ޓްވިޓަރ އެކައުންޓަކުން ޖުޑިޝަރީއާ ބެހޭ ގޮތުން ކޮށްފައިވާ ޓްވީޓަކާ ގުޅިގެން ކަމަށެވެ.

އެ ޓްވީޓާ ގުޅޭ ގޮތުން ޝަމީމުއާ ސުވާލު ކުރުމަށް ފަހު، އެ އަމަލަކީ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ 3.2 ގެ (ހ) އާ ހިލާފު އަމަލަކަށް ވާތީ، އެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ)ގެ ދަށުން ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުގައި ވަކާލާތުކުރުން ތިން މަސް ދުވަހުގެ މުއްދަތަށް މަނާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޝަމީމު ގަވާއިދާ ހިލާފުވެ ކުރައްވާފައި ވަނީ ކޮން ޓްވީޓެއްކަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

މި މަހުގެ 13 ވަނަ ދުވަހު ޝަމީމު ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާއިރު ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާނެއް ވެސް ނަގާފައި ވެއެވެ.

ޝަމީމަކީ މި ފަހުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ވަކީލެވެ. އެގޮތުން މިހާތަނަށް ދެ ފަހަރެއްގެ މަތިން އޭނާ ސަސްޕެންޑް ކޮށްފައިވާއިރު، އެންމެ ފުރަތަމަ ފަހަރު ސަސްޕެންޑް ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އޭގެ ފަހުން ސަސްޕެންޝަން އުވާލައި ހުއްދަ ދިނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިއަހަރުގެ ޖެނުއަރީގައެވެ.

އޭގެ ފަހުން މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ވެސް އޭނާ ސަސްޕެންޑް ކުރިއިރު، އަނބުރާ ހުއްދަ ދީފައި ވަނީ ޖުލައި މަހުގައެވެ.

ޝަމީމް މަތީ ތައުލީމް ހާސިލް ކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީންނެވެ. އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަކީ ޝަމީމާއެކު ކިޔަވާ ވިދާޅުވާން މިޞްރުގައި އުޅުއްވި ބޭފުޅެކެވެ.

މީގެ އިތުރުން ޝަމީމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުލްއުގޫބާތަށް އެންމެ ފަރިތަ އެއް ގާނޫނީ ވަކީލެވެ. ޝަމީމު ވަނީ ގާނޫނުލްއުގޫބާތަށް އަމަލު ކުރަން ފެށުމުގެ ކުރިންނާއި ފަހުން ވެސް އެ ގާނޫނަށް ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތަކެއް ކުރައްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 މާރިޗު 2017

މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން

26 މާރިޗު 2017
މެންބަރުން ވަކިކުރުމުގެ ގާނޫނީ ބާރެއް ދަރުބާރު ފެކްޝަނަށް ލިބިގެންނުވޭ: ރައީސް މައުމޫން
23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް